03 ޑިސެމްބަރ 2019
ދިވެއްސަކު، އިންޑިވިޖުއަލް ކުޅިވަރަކުން އަމުދުން އެތުލެޓިކްސް އިން ސައުތު އޭޝިއަން ގޭމްސްގައި ރަން މެޑެއްޔެއް ހޯދަފާނެ ކަމަށް މީގެ 10 އަހަރު ކުރިން ދިވެހިން ގަބޫލެއް ނުކުރާނެ އެވެ. މީގެ 35 އަހަރު ކުރިން ފެށި މި ކުޅިވަރު މުބާރާތުގައި 2016 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެ އަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އަކީ 1991 ވަނަ އަހަރު ގައުމީ ފުޓްބޯޅަ ޓީމުން ރިހި މެޑަލް ހޯދުމެވެ. އެހެންވެ ގިނަ ދިވެހިން ހީކޮށްގެން ތިބީ ރަން މެޑެއްޔެއްގެ އުއްމީދު ފުރިހަމަކޮށްދޭނީ ޓީމު ކުޅިވަރަކުން ކަމަށެވެ.
ދިވެއްސަކު، އިންޑިވިޖުއަލް ކުޅިވަރަކުން އަމުދުން އެތުލެޓިކްސް އިން ސައުތު އޭޝިއަން ގޭމްސްގައި ރަން މެޑެއްޔެއް ހޯދަފާނެ ކަމަށް މީގެ 10 އަހަރު ކުރިން ދިވެހިން ގަބޫލެއް ނުކުރާނެ އެވެ. މީގެ 35 އަހަރު ކުރިން ފެށި މި ކުޅިވަރު މުބާރާތުގައި 2016 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެ އަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އަކީ 1991 ވަނަ އަހަރު ގައުމީ ފުޓްބޯޅަ ޓީމުން ރިހި މެޑަލް ހޯދުމެވެ. އެހެންވެ ގިނަ ދިވެހިން ހީކޮށްގެން ތިބީ ރަން މެޑެއްޔެއްގެ އުއްމީދު ފުރިހަމަކޮށްދޭނީ ޓީމު ކުޅިވަރަކުން ކަމަށެވެ.
އެކަމަކު 2016 ވަނަ އަހަރުގެ ގޭމްސް އިން 100 މީޓަރު ދުވުމުންނާއި 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދައި ފުޓްބޯޅައިގެ އެ ކާމިޔާބީއާ އެއްވަރުގެ ކާމިޔާބެއް ހޯދި ދުވުންތެރިޔާ ސާއިދު މި އަހަރުގެ ގޭމްސްގައި، މިއަދު 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައި ދިވެހިންގެ ހުވަފެން ހަގީގަތަކަށް މި ވަނީ ހަދައިދީފަ އެވެ. މިއީ މެޑަލުގެ ކުލަ އާއި މުބާރާތުގެ ފެންވަރަށް ބަލާއިރު ރާއްޖެ އަށް ކުޅިވަރުން ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީ އެވެ.
ސާއިދު ރަން މެޑަލް ހޯދުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: ހުސެއިން ވަހީދު/ އެމްއޯސީ
ޓްރެކް އެންޑް ފީލްޑް އެތުލެޓިކްސްގައި ރާއްޖެ އަށް މިހިސާބަށް އާދެވިދާނެ ކަމުގެ އުއްމީދު ކުރެވެން ފެށީ 2010 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް ގޭމްސްގަ އެވެ. ގަދަގަދަ ޕާކިސްތާން ފަހަތަށް ޖައްސާލައި ރާއްޖޭގެ ސްޕްރިންޓް ރިލޭ ޓީމުން ލޯ މެޑަލް ހޯދުމުންނެވެ. އެއީ ސާއިދުގެ ތަރި އެރުމެވެ. މިހާރުގެ ކޯޗު ހުސެއިން ހަލީމާއި އަލީ ޝަރީފާއި އަޒްނީމް އަހުމަދާ އެކު، ކުޑަކުޑަ ސާއިދު ހޯދި ކާމިޔާބީއާ އެކު އޭނާއާ މެދު އުއްމީދުކުރެވި ޖެމެއިކާ އަށް ތަމްރީނަށް ފޮނުވާލީ އެވެ. ޒުވާން އުމުރެއްގައި އާއިލާއާ ރަށްޓެހިންނާ ދުރަށް ދުރު ގައުމަކަށް ދިއުމަކީ އޭނާ އޭރުވީ ބޮޑު ގުރުބާނީއެކެވެ.
"ޖެމެއިކާ އަށް ފުރިއިރު އުއްމީދަކީ ރާއްޖެ އަށް މެޑެއްޔެއް ހޯދައިދިނުން. އޭރު ހިތަކަށް ނާރާ ރަން މެޑަލް ނުވަތަ ރިހި މެޑަލް ލިބޭނެޔޭ. ބޭނުންވެފައި ހުރީ ކޮންމެވެސް މެޑެއްޔެއް ހޯދައިދޭން،" ސާއިދު މިއަދު "މިހާރު" އަށް ބުންޏެވެ.
ޖެމެއިކާގެ ހައި ޕާފޯމަންސް ޓްރެއިނިން ސެންޓަރުގެ ތަމްރީންތަކުން ލިބުނު ކުރިއެރުމާ އެކު އޭނާ 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް ނެގީ އެވެ. އެއީ ރާއްޖެ އަށް ބައިނަލްއަގްވާމީ ގޭމްސް އަކުން ލިބުނު ފުރަތަމަ ރަން މެޑެއްޔެވެ. އަދި އެ ގޭމްސްގެ 200 މީޓަރު ދުވުމުން އޭނާ ރިހި މެޑަލް ހޯދި އެވެ.
ހަސަން ސާއިދު (މ) ރަން މެޑަލް ދައްކާލަނީ. --އެމްއޯސީ ފޮޓޯ: ހުސެއިން ވަހީދު
އެހެންވެ ބޮޑު ދެ ގޭމްސްގައި ހޯދި ދެ ރަން މެޑެއްޔާ އެކު ސާއިދު ދިވެހިރާއްޖޭގެ ކުޅިވަރު ތާރީހުން ޖާގަ ހޯދީ އެންމެ ކާމިޔާބު އެތުލީޓުގެ ގޮތުގަ އެވެ. އެކަމަކު ކުރީގެ ރަން މެޑެއްޔަށް ވުރެ މިއަދުގެ ރަން މެޑަލް ހުރިހާ ގޮތަކުން ވެސް ހާއްސަ ވެފައި ބުރަދަން ބޮޑެވެ. ސަބަބަކީ އޭނާ މިއަދު އެ ފަހަތަށް ޖައްސާލީ އޭޝިއާގެ ފެންވަރުގެ ދުވުންތެރިން ތިބި އިންޑިއާ އާއި ސްރީ ލަންކާގެ ދުވުންތެރިން ކަމަށްވާތީވެ އެވެ.
"ވަރަށް އުފާވެއްޖެ މިހާ ފަހުރުވެރި ކާމިޔާބެއް ހޯދައިދެވުމުން. އަޅުގަނޑަށް ލިބުނު ޝަރަފަކަށްވީ ނަމަވެސް އެންމެ އުފާވަނީ ގައުމަށް ކާމިޔާބު ހޯދައިދެވުމުން. އަޅުގަނޑު އުއްމީދުކޮށްގެން ހުރީ ކެރިއަރުގައި މެޑެއްޔެއް ހޯދަން. އެ އަމާޒަށް މި ވާސިލްވެވުނީ ދެ ރަން މެޑެއްޔާ އެކު. އެހެންވެ މިއީ އުއްމީދު ކުރި ވަރަށް ވުރެ ވެސް ބޮޑު ކާމިޔާބެއް،" ސާއިދު ބުންޏެވެ.
Dear Maldivians, Stand up and sing the national anthem on top of your lungs. Proud moment! #TeamMaldives ? pic.twitter.com/Xp7PVTI1n1
— Marzooq (Mare') (@AhmedMarzooq) December 3, 2019
ސާއިދު މި ކާމިޔާބީ މި ހޯދީ ޖުލައި މަހު އޮން އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ނަތީޖާތައް ދަށްވެފައި އޮއްވާ އަލުން އާ ހިތްވަރަކާ އެކު ފެށި މަސައްކަތުގަ އެވެ. އެ ގޭމްސްގައި 200 މީޓަރު ދުވުމުން ލޯ މެޑަލް ހޯދި ނަމަވެސް 100 މީޓަރު ދުވުމުން ދިޔައީ ހަތަރު ވަނަ އަށެވެ.
"އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ދިޔައީ ދަށްކޮށް. އެހެންވެ މި ފަހަރު ސައުތު އޭޝިއަން ގޭމްސް އަށް ތައްޔާރުވީ ސީދާ 100 މީޓަރު ދުވުމަށް ފޯކަސްކޮށްގެން. ބޭނުންވީ ކޮންމެވެސް އެއް އިވެންޓަކަށް ސަމާލުކަންދީގެން މެޑަލް ނަގަން. މި ފަހަރު ވެސް 200 މީޓަރު ދުވާނަން. އެކަމަކު އެއަށް ހާއްސަކޮށްގެން މާބޮޑަށް ތަމްރީނެއް ނަހަދަން،" ސާއިދު ބުންޏެވެ.
ހަސަން ސާއިދުގެ ކަރުގައި ރަން މެޑަލް އެޅުވުމަށް ފަހު ޝަރަފްވެރި މެހެމާން ރާއްޖޭގެ އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސް ތޮލާލް އޭނާގެ ގައިގައި ބައްދާލަނީ. --އެމްއޯސީ ފޮޓޯ: ހުސެއިން ވަހީދު
މެޑަލުގެ ގޮތުން ބަލާއިރު މިއީ ސާއިދުގެ އެންމެ ބޮޑު ކާމިޔާބަށްވީ ނަމަވެސް އޭނާ ވަނީ ނިސްބަތުން މިއަށް ވުރެ ބޮޑު ކާމިޔާބެއް މީގެ ކުރިން ހޯދައިދީފަ އެވެ. އެއީ 2017 ވަނަ އަހަރު އިންޑިއާގެ އޮޑިޝާގައި ބޭއްވި އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުގެ ފައިނަލަށް ދިއުމެވެ. އެއީ ރާއްޖެ އަށް ކުޅިވަރުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު އެއް ޝަރަފެވެ. ދުނިޔޭގެ ހަތް ބިލިއަން މީހުންގެ ތެރެއިން 4.4 ބިލިއަން މީހުން ނިސްބަތްވާ މި ބިޔަ އޭޝިއާގެ އެންމެ ބާރު އަށް ދުވުންތެރިންގެ ތެރެއިން ސާއިދު ޖާގަ ހޯދުމަކީ ދިވެއްސަކަށް ކުޅިވަރުގައި ހާއްސަކޮށް އިންޑިވިޖުލް ކުޅިވަރެއްގައި ދެވިދާނެ ކަމަށް މީގެ ކުރިން ދިވެހިން ގަބޫލުކުރި ހިސާބެއް ނޫނެވެ.
މިއަދުގެ ރަން މެޑެއްޔާ އެކު ސާއިދު ވެފައިވަނީ ދުނިޔޭގެ އާބާދީގެ 22 ޕަސެންޓް ހިއްސާކުރާ އަދި ދުނިޔޭގެ އެންމެ އާބާދީ ބޮޑު ސަބް ކޮންޓިނެންޓް ކަމަށްވާ 1.7 ބިލިއަން މީހުން ނިސްބަތްވާ ދެކުނު އޭޝިއާގެ އެންމެ ބާރު ދުވުންތެރިޔާ އެވެ. ދެކުނު އޭޝިއާގެ އެންމެ ބާރު ދުވުންތެރިޔަކީ ދިވެއްސެކޭ، މިއަދު ފަހުރުވެރިކަމާ އެކު ދިވެހިންނަށް ބުނެވޭނެ އެވެ.
ސާއިދަކީ އޭޝިއާގެ އިވެންޓަކުން ރާއްޖެ އަށް މެޑަލް ހޯދައިދިން ފުރަތަމަ ދުވުންތެރިޔާ ވެސް މެ އެވެ. އެގޮތުން ޓައިވާނުގައު ބޭއްވި އޭޝިއަން ގްރޯން ޕްރީ އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުން ލޯ މެޑަލް ހޯދަފައިވެ އެވެ.
ސާއިދު ރަން މެޑަލް ހޯދުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: ހުސެއިން ވަހީދު/ އެމްއޯސީ
ސާއިދުގެ ކުރީގެ ކާމިޔާބީތަކަށް ބަލާއިރު އޭނާ 200 މީޓަރު ދުވުމުން އޭޝިއާގެ 10 ވަނަ ވެސް ހޯދައިފަ އެވެ. އަދި 2016 ވަނަ އަހަރުގެ އޮލިމްޕިކްސްގައި 100 މީޓަރު ދުވުމުގެ ޕްރިލިމިނަރީ ބުރުގެ ދެ ވަނަ ހީޓުގެ އެއް ވަނަ ވަނަ ބޮޑު ތަފާތަކާ އެކު ހޯދައި، އޮލިމްޕިކްސްގެ ބުރެއް ކާމިޔާބުކުރި ފުރަތަމަ ދިވެހި އެތުލީޓުގެ ޝަރަފް ވެސް ހޯދި އެވެ. އިސްލާމީ ގައުމުތަކުގެ މެދުގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު މުބާރާތް، އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ 100 މީޓަރު ދުވުމުން ހަތަރު ވަނަ މަގާމް ވެސް ހޯދައިފައިވެ އެވެ. އަދި 2016 ވަނަ އަހަރުގެ އިންޑިއަން ގްރޯން ޕްރީ އެތުލެޓިކްސް މުބާރާތުގެ 100 މީޓަރު ދުވުމުގެ ރޭހުން ރަން މެޑަލް ހޯދާފައިވެ އެވެ.
އެތުލެޓިކްސްގެ އިތުރުން ޖުމްލަކޮށް ހުރިހާ ކުޅިވަރަކަށް ބެލިޔަސް 100 މީޓަރު ދުވުމަކީ ވަރަށް މުހިއްމު އަދި އިސްކަމެއްދޭ އިވެންޓެކެވެ. މި އިވެންޓަކީ އެންމެ ބާރު ދުވުންތެރިޔާ ކަނޑައަޅާ އިވެންޓަށްވުމާ އެކު މިއީ އެރުލެޓިކްސްގައި އެންމެ ބޮޑު ސަމާލުކަން ވެސް ލިބޭ އިވެންޓެކެވެ. އެހެންވެ ސައުތު އޭޝިއަން ގޭމްސް އިން ރާއްޖޭގެ ފުރަތަމަ ރަން މެޑަލް ވެސް މި ހޯދީ އާދައިގެ އިވެންޓަކުން ނޫނެވެ. އަދި އެ މެޑަލް ހޯދައިދިނީ ވެސް އާދައިގެ އެތުލީޓެއް ނޫނެވެ. ސާއިދަކީ މިހާތަނަށް ހޯދި ކާމިޔާބީ އާއި ކުރި މަސައްކަތަށް ބަލާއިރު އެވަރުގެ ކާމިޔާބެއް ލިބުން އެންމެ ހައްގު އެއް އެތުލީޓެވެ!
ސާއިދު ރަން މެޑަލް ހޯދައިފި، ތާރީޚީ ކާމިޔާބީއެއް
ސައުތު އޭޝިއަން ގޭމްސް ސެޕްޓެމްބަރަށް ފަސްކޮށްފި
ސައުތު އޭޝިއަން ގޭމްސް ތާރީހަށް ބާއްވާނަން: ނޭޕާލް
ސައުތު އޭޝިއަން ގޭމްސް ދެން އޮންނާނީ ޕާކިސްތާނުގައި
ރައީސް ހޫނު މަރުހަބާއަކާ އެކު ދެއްވީ ޔަގީންކަން
ފަސް މެޑެއްޔާ އެކު ރާއްޖެ އަށް ކާމިޔާބު ގޭމްސް އެއް!
ސާއިދުގެ ބޮޑު އުފަލަކީ ގައުމަށް ކާމިޔާބީ ހޯދައިދެވުން
ސާއިދަށް 200 މީޓަރު ދުވުމުން ލޯ މެޑަލް
ފުޓްބޯޅަ: ބަންގާޅު އަތުން ވެސް ރާއްޖެއަށް ޕޮއިންޓެއް
ސެމީން އިންޑިއާ އަތުން ރާއްޖެ ބަލިވެއްޖެ