29 ޖެނުއަރީ 2019
ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގައި މާޗު މަހު ބާއްވާ ގޮތަށް ކުރިން ހަމަޖެހިފައި އޮތް ސައުތު އޭޝިއަން ގޭމްސް އަންނަ ސެޕްޓެމްބަރު މަހަށް ފަސްކޮށްފި އެވެ.
ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގައި މާޗު މަހު ބާއްވާ ގޮތަށް ކުރިން ހަމަޖެހިފައި އޮތް ސައުތު އޭޝިއަން ގޭމްސް އަންނަ ސެޕްޓެމްބަރު މަހަށް ފަސްކޮށްފި އެވެ.
މާޗު މަހު ގޭމްސް ނުބޭއްވޭނެކަމަށް ކުރިން ވެސް ބެލެވިފައިވާތީ ރާއްޖޭގެ އިތުރުން ބައެއް އެހެން ގައުމުތަކުން އައީ ސީދާ ތާރީހެއް ހޯދަން ސައުތު އޭޝިއާ އޮލިމްޕިކް ކައުންސިލް (އެސްއޭއޯސީ) ގައި އެދެމުންނެވެ. އެ ޖަމިއްޔާ އިން ބުނީ ގޭމްސްގެ ސީދާ ތާރީހު ނިންމާނީ މާޗު 1 ވަނަ ދުވަހު ބާއްވާ ބައްދަލުވުމުގައި ކަމަށެވެ. އެކަމަކު ސެޕްޓެމްބަރުގައި އޮންނާނެކަން މިހާރު ކަށަވަރެވެ.
ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތަކީ ރާއްޖޭން ވެސް އެންމެ ބޮޑަށް ތައްޔާރުވާ އެއް ގޭމްސް އެވެ. ސެޕްޓެމްބަރު މަހަށް ފަސްވުމަކީ އެއްގޮތުން ބަލާއިރު ރާއްޖެ އަށް ލިބުނު ފައިދާއެއް ކަމަށް ބައެއް ފަރާތްތަކުން ދެކެ އެވެ. އެއީ ޖުލައި މަހު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ވާ ތައްޔާރީތަކާއި ލިބޭ ކާމިޔާބީއާ އެކު ސައުތު އޭޝިއަން ގޭމްސް އަށް ތާޒާކަންމަތީ ދިއުމުގެ ފުރުސަތު ލިބޭނެތީ އެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން 15 މެޑަލް ހޯދަން އަމާޒުކޮށް ރާއްޖޭން ވަނީ ތައްޔާރީތައް ފަށައިފަ އެވެ.
މި ފަހަރުގެ ގޭމްސްގައި ރާއްޖޭން ވާދަކުރާނީ ފުޓްބޯޅަ، އެތުލެޓިކްސް، ވޮލީބޯޅަ ބެޑްމިންޓަން، ހޭންޑްބޯޅަ، ޝޫޓިން، ސްވިމިން، ޓެނިސް، ޓޭބަލް ޓެނިސް އަދި ކްރިކެޓާއި ބާސްކެޓްބޯޅަ އެވެ.
އެންމެ ފަހުގެ ގޭމްސްގައި ރާއްޖޭގެ ދުވުންތެރިޔާ ހަސަން ސާއިދު ވަނީ 100 މީޓަރު ދުވުމުންނާއި 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދައިފަ އެވެ. އަދި ފެތުންތެރިޔާ އައިމިނަތު ސަޖަން ވަނީ ލޯ މެޑެއްޔެއް ހާސިލްކުރި އެވެ.
ބިލިއަން މީހުންގެ ތެރޭ ހުރި އެންމެ ބާރު ދުވުންތެރިޔާ!
ސާއިދު ރަން މެޑަލް ހޯދައިފި، ތާރީޚީ ކާމިޔާބީއެއް
ސައުތު އޭޝިއަން ގޭމްސް ތާރީހަށް ބާއްވާނަން: ނޭޕާލް
ސައުތު އޭޝިއަން ގޭމްސް ދެން އޮންނާނީ ޕާކިސްތާނުގައި
ރައީސް ހޫނު މަރުހަބާއަކާ އެކު ދެއްވީ ޔަގީންކަން
ފަސް މެޑެއްޔާ އެކު ރާއްޖެ އަށް ކާމިޔާބު ގޭމްސް އެއް!
ސާއިދުގެ ބޮޑު އުފަލަކީ ގައުމަށް ކާމިޔާބީ ހޯދައިދެވުން
ސާއިދަށް 200 މީޓަރު ދުވުމުން ލޯ މެޑަލް
ފުޓްބޯޅަ: ބަންގާޅު އަތުން ވެސް ރާއްޖެއަށް ޕޮއިންޓެއް
ސެމީން އިންޑިއާ އަތުން ރާއްޖެ ބަލިވެއްޖެ