26 ނޮވެމްބަރ 2019
ލަންޑަން (ނޮވެމްބަރު 20) - ޓޮޓެންހަމްގައި ހެރީ ކޭން ފަދަ ފޯވާޑެއް ހުއްޓައި ޒަލަޓާން އިބްރަހިމޮވިޗް ގެންނަން ޖެހޭ ބޭނުމެއް ނެތް ކަމަށް ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
ލަންޑަން (ނޮވެމްބަރު 20) - ޓޮޓެންހަމްގައި ހެރީ ކޭން ފަދަ ފޯވާޑެއް ހުއްޓައި ޒަލަޓާން އިބްރަހިމޮވިޗް ގެންނަން ޖެހޭ ބޭނުމެއް ނެތް ކަމަށް ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
އުމުރުން 38 އަހަރުގެ އިބްރަހިމޮވިޗް މީގެ ކުރިން ވަނީ މޮރީނިއޯއާ އެކު އިންޓަ މިލާނާއި މެންޗެސްޓާ ޔުނައިޓެޑްގައި މަސައްކަތްކޮށްފަ އެވެ. އިބްރަހިމޮވިޗް މިހާރު ކުޅެމުން އަންނަ އެލްއޭ ގެލެކްސީއާ އެކު ހަދާފައިވާ އެއްބަސްވުން އަންނަ މަހު ހަމަވާނެ އެވެ. އޭނާ އަލުން ޔޫރަޕްގެ ކްލަބަކަށް ބަދަލުވާނެ ކަމަށް ބެލެވިފައިވާއިރު، ގިނަ ޓީމުތަކުން އަންނަނީ އޭނާގެ އޭޖެންޓް މިނޯ ރައިއޯލާއާ ވާހަކަ ދައްކަމުންނެވެ.
ޓޮޓެންހަމް ކޯޗުކަމާ މިދިޔަ ހަފްތާގައި ހަވާލުވި މޮރީނިއޯ ވަނީ ޖެނުއަރީ ޓްރާންސްފާ މާކެޓްގައި މާ ބޮޑު ހަރަދެއްނުކުރާނެ ކަމަށް ބުނެފަ އެވެ. ޓޮޓެންހަމް ގޮވައިގެން ޗެމްޕިއަންސް ލީގުގެ މެޗަކަށް ފުރަތަމަ ފަހަރަށް ނުކުތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޮރީނިއޯ ބުނީ އިބްރަހިމޮވިޗް ގެންނަން ޝައުގުވެރިކަމެއް ނެތް ކަމަށެވެ.
"އަހަރެމެންގެ އަތުގައި އެބަހުރި އިންގްލެންޑްގައި ހުރި އެންމެ މޮޅު ސްޓްރައިކަރު ކޭން. އޭނާ ހުއްޓައި އިބްރަހިމޮވިޗް ގެންނަން ޖެހޭ ބޭނުމެއް ނެތް. އެއީ މި ޓީމުގެ ސްޓައިލުގައި އެ ކަހަލަ ދެ ފޯވާޑުންނެއް ބޭނުމެއް ނުކުރެވޭނެ އެންމެ ރަނގަޅަށް،" މޮރީނިއޯ ބުންޏެވެ.
އޭނާ ބުނީ އިބްރަހިމޮވިޗްގެ ކިބައިގައި އަދިވެސް އެންމެ ބޮޑު ލީގުތަކުތަކުގައި ކުޅެވޭނެ ފެންވަރު ހުންނާނެ ކަމަށެވެ.
"އިބްރަހިމޮވިޗާ އަަހަންނާ ހާއްސަ ގުޅުމެއް އޮންނާނެ. އެއީ އޭނަ އަކީ ވަރަށް މޮޅު ކުޅުންތެރިޔެއް އަދި އަހަންނާ އެކު މަސައްކަތްތަކެއް ވެސް ކުރި ކުޅުންތެރިޔެއް. އެކަމަކު އަހަރެންގެ ޓޮޓެންހަމްގެ ޕްރޮޖެކްޓްގައި އޭނާގެ ބޭނުމެއް އޮތްހެނެއް ހިއެއްނުވޭ،" މޮރީނިއޯ ބުންޏެވެ.
ކޭން ބުނީ ޓޮޓެންހަމުން ތަށްޓެއް ހޯދަން ކުރަމުން އަންނަ މަސައްކަތުގައި މޮރީނިއޯ އަށް ތަފާތެއް ގެނެވޭނެ ކަމަށް ގަބޫލުކުރާކަމަށެވެ.
މޮރީނިއޯގެ ކޯޗުކަމުގައި ޓޮޓެންހަމުން ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ ހޮނިހިރު ދުވަހު ވަނީ ރަށުންބޭރުގައި ވެސްޓް ހޭމް ޔުނައިޓެޑް އަތުން 3-2 އިން މޮޅުވެފަ އެވެ. މިރޭ އަމިއްލަ ދަނޑުގައި އޮލިމްޕިއާކޯސް އަތުން ޓޮޓެންހަމް މޮޅުވެއްޖެނަމަ ބާކީ އެއް މެޗު އޮއްވައި މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގައެއް ކަށަވަރުވާނެ އެވެ.
ޔުނައިޓެޑް ޗެމްޕިއަންސް ލީގުން ޖާގަ ޔަގީންކުރުމާ ގާތަށް
ޓޮޓެންހަމް ކަޓުވާލައި މިލާން ކުއާޓާ ފައިނަލަށް
ކޮންޓޭގެ ގޭމްޕްލޭން ސެންސީރޯގައި މިފަހަރު ދިމައެއް ނުވި
އެތުލެޓިކޯ ފުލަށް، ޓޮޓެންހަމުން މާސޭ ކަޓުވާލައިފި
ލިވަޕޫލް ދެ ވަނަ ބުރަށް، ޓޮޓެންހަމް އިންތިޒާރުގައި
ސްޕޯޓިން އިން ފަހު ވަގުތު ޓޮޓެންހަމް ބަލިކޮށްފި
ޓޮޓެންހަމްގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި
މޮރީނިއޯގެ މޭން މެނޭޖްމެންޓް ކަމަކުނުދޭ: ޕޮގްބާ
ލަދުވެތި ނަތީޖާއާ ހެދި މޮރީނިއޯ މާޔޫސްވެފައި
ބޭލްއާ މެދު ގޮތެއް ނިންމާނީ ރެއާލުން: މޮރީނިއޯ