Roadha Mihaaru
ކޮންޓޭގެ ގޭމްޕްލޭން ސެންސީރޯގައި މިފަހަރު ދިމައެއް ނުވި

ކޮންޓޭގެ ގޭމްޕްލޭން ސެންސީރޯގައި މިފަހަރު ދިމައެއް ނުވި

15 ފެބުރުއަރީ 2023

މިލާން (ފެބްރުއަރީ 15) - މީގެ ކުރިން ސެން ސީރޯ ސްޓޭޑިއަމްގައި ކޯޗު ކޮށްދީ ކާމިޔާބު ހޯދި އެންޓޯނިއޯ ކޮންޓޭގެ ޓޮޓެންހަމް ހޮޓްސްޕާސް ރޭ އެ ދަނޑުގައި އޭސީ މިލާން އަތުން 1-0 ން ބަލިވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މިލާން (ފެބްރުއަރީ 15) - މީގެ ކުރިން ސެން ސީރޯ ސްޓޭޑިއަމްގައި ކޯޗު ކޮށްދީ ކާމިޔާބު ހޯދި އެންޓޯނިއޯ ކޮންޓޭގެ ޓޮޓެންހަމް ހޮޓްސްޕާސް ރޭ އެ ދަނޑުގައި އޭސީ މިލާން އަތުން 1-0 ން ބަލިވެއްޖެ އެވެ.

އިންޓަ މިލާނަށް ކޯޗުކޮށް ދިން ކޮންޓޭ ވަނީ މީގެ ކުރިން ސެންސީރޯގެ ދަނޑުގައި އޭސީ މިލާނާ ދެކޮޅަށް ވެސް ނަތީޖާ ނެރެފަ އެވެ. އިންޓަ އަށް 2020-2021 ގެ ލީގު ޗެމްޕިއަންކަން ވެސް އޭނާ ހޯދައި ދިނީ އެ ސްޓޭޑިއަމްގައި ހޯމް މެޗުތައް ކުޅެގެންނެވެ.

އެކަމަކު ރޭ މެޗުގައި ޓޮޓެންހަމް ގޮވައިގެން އޭނާ އަށް މިލާން އާ ދެކޮޅަށް ނަތީޖާއެއް ނުނެރެވުނެވެ. ފެށި ގޮތަށް މިލާނުން ލީޑް ނެގި އެވެ. ބްރަހިމް ޑިއާޒް ޖެހި ލަނޑުން މެޗުގެ ހަތްވަނަ މިނެޓްގައި މިލާނުން ނަތީޖާ ނެރުނެވެ.

ކޮންޓޭ މަސައްކަތް ކުރީ ބޯޅަކޮންޓްރޯލްކޮށް ޕާސް ޖަހައިގެން ނަތީޖާއަށް ބަދަލު ގެނެވޭނެ ފޯމިއުލާއެއް ހޯދުމަށެވެ. އެކަމަކު އެ ޕްލޭން މަސައްކަތެއް ނުކުރި އެވެ. ސްޓެފާނޯ ޕިއޯލީގެ ޓީމަށް ރަނުގެ ދެ ޗާންސެއް ލިބުނެވެ. ރަފޭލް ލެއޯ އާއި އޮލިވާ ޖިރޫ އަށް ލިބުނު ދެ ފުރުސަތު ބޭނުމެއް ނުކުރެވުނެވެ.

މި ދެ ޓީމު ކުޅޭ ދެވަނަ ލެގް ލަންޑަންގައި ކުޅޭނީ އަންނަ މަހު އަށްވަނަ ދުވަހު އެވެ.