13 އެޕްރީލް 2023
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ އޮތް އިޓަލީ ދެ ޓީމުގެ ކުރިމަތިލުމުގައި، ނަޕޯލީގެ މައްޗަށް 1-0 އިން އޭސީ މިލާން ކުރި ހޯދައިފި އެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ އޮތް އިޓަލީ ދެ ޓީމުގެ ކުރިމަތިލުމުގައި، ނަޕޯލީގެ މައްޗަށް 1-0 އިން އޭސީ މިލާން ކުރި ހޯދައިފި އެވެ.
ބޮޑު ލީޑެއްގައި އިޓާލިއަން ލީގުގެ އެއް ވަނައިގައި އޮތް ނަޕޯލީ ވަނީ މިދިޔަ ހަފުތާގައި ލީގުގައި މިލާން އަތުން 4-0 އިން ބަލިވެފަ އެވެ. އެކަމަކު ރޭގެ މެޗުގައި ނަޕޯލީ ވަނީ އެ މެޗަށް ވުރެ މާ ރަނގަޅަށް ކުޅެ، ގިނަ ވަގުތު މެޗު ކޮންޓްރޯލް ވެސް ކޮށްފަ އެވެ.
އެގޮތުން މެޗުގެ ވަރަށް ކުރީކޮޅު ނަޕޯލީގެ ޖޯޖިއާ ވިންގާ ކިވިޗާ ޚްވަރަސްހޭލިއާ އަށް ލީޑު ނަގަން ރަނުގެ ފުރުސަތެއް ލިބުނެވެ. ގޯލް ކުރިމަތިން ހުހަށް ހުރެ އޭނާ ފޮނުވާލި ބޯޅަ މިލާން ޑިފެންޑަރުން ބްލޮކްކުރީ އެވެ.
ފުރަތަމަ 20 މިނެޓަށް ފަހު މިލާނުން ކުޅުން ރަނގަޅުކުރިއިރު، އެ ޓީމުގެ ރަފައެލް ލިއާއޯ ގޯލް ޖެހުމާ ވަރަށް ގާތަށް ދިޔަ އެވެ. މެދުތެރެއިން ލިބުނު ބޯޅަ ހިފައިގެން ކުރިއަށް އަރައި އޭނާ ބޯޅަ ފޮނުވާލުމުން ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.
މިލާނުން ލީޑު ނެގީ 40 ވަނަ މިނެޓުގައި ބްރަހިމް ޑިއާޒް އުފެއްދި ފުރުސަތެއްގައި އިސްމާއީލް ބެނަސޭރް އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި، އެ ޓީމުގެ ޑިފެންޑާރު ސިމޮން ކިޔޭ ބޮލުން ފޮނުވާލި ބޯޅައެއް ހުރަސް ދަނޑީގައި ޖެހުނެވެ.
ދެ ވަނަ ހާފުގައި ނަޕޯލީން އަލުން ކޮންޓްރޯލް ނަގައި ފުރުސަތުތަކެއް ވެސް ހޯދި އެވެ. އެކަމަކު 74 ވަނަ މިނެޓުގައި އެ ޓީމުގެ މިޑްފީލްޑަރު ޒަމްބޯ އަންގުއިސާ އަށް ދެ ވަނަ ރީނދޫކާޑާ އެކު ރަތްކާޑެއް ދެއްކުމުން އެކަކު މަދުވެ، އުނދަގުލާ ކުރިމަތިވި އެވެ. އެކަމަކު ފަހު ވަގުތު އެ ޓީމުން ދެ ބޯޅައެއް ގޯލަށް ފޮނުވާލި އެވެ. މި ދެ ބޯޅަ ވެސް ސަލާމަތްކުރީ މިލާނުގެ ގޯލްކީޕަރު މައިކް މެނިއާ އެވެ.
އަންގާރަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ނަޕޯލީން ދެ ވަނަ ލެގަށް ނުކުންނައިރު ކަންބޮޑުވުމަކީ މެދުތެރޭގެ މައި ތަނބު ކަމަށްވާ އަންގުއިސާ ސަސްޕެންޑްވެފައިވުމެވެ. އަދި ކާޑު ހަމަވުމުގެ ސަބަބުން، އެ ޓީމުގެ ޑިފެންޑަރު މިން-ކައެ ކިމް އަށް ވެސް ނުކުޅެވޭނެ އެވެ. އެކަމަކު އަނިޔާގެ ސަބަބުން މިލާންއާ ދެކޮޅަށް ދެ މެޗުގައި ވެސް ނުކުޅެވުނު ނައިޖީރިއާ ފޯވާޑް ވިކްޓަ އޮސިމެން އެ މެޗަށް ފިޓްވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މިލާން އާއި ނަޕޯލީގެ ތެރެއިން ކުރި ހޯދާ ޓީމެއް ސެމީގައި ވާދަކުރަން ޖެހޭނީ އިޓަލީގެ އިންޓަ މިލާން ނުވަތަ ޕޯޗުގަލްގެ ބެންފީކާއާ އެވެ. މި ދެ ޓީމުގެ ފުރަތަމަ ލެގު އިންޓަ ވަނީ 2-0 އިން ކާމިޔާބުކޮށްފަ އެވެ.
އެމްބާޕޭ ރެއާލާ އެކު ޗެމްޕިއަންސް ލީގު ފެށީ ގޯލަކުން
ނަޕޯލީގެ ރައީސް މިޑީއާއަށް ހުރަސްއަޅައިފި
މެސީ ނެތި ތިން އަހަރަށްފަހު ބާސާއަށް ކުއާޓާގެ ޖާގައެއް
މަރުގެ ގުރޫޕުން ނިއުކާސަލް ސަލާމަތެއް ނުވި
އާޖެންޓީނާގެ ޒުވާން ނިކޯ ރެއާލުގައި ވިދާލައިފި
މިލާންގެ ސަޕޯޓަރުން ކުރީގެ ކީޕަރަށް ފުރައްސާރަ ކޮށްފި
ނަޕޯލީން ފަހަތުން އަރައި މިލާން ހުއްޓުވައިފި
ބިންހެލުމުގެ އަސަރެއް ނުކުރި، ރެއާލަށް މެޗު
އެތުލެޓިކޯއާ އެއްވަރުކުރަން ގޯލު ޖެހީ ލާޒިއޯގެ ކީޕަރު
"ނަތީޖާ އަނބުރާލެވޭނެ ފެންވަރު މިލާންގެ އެބަހުރި"