Roadha Mihaaru
މޮރީނިއޯގެ މޭން މެނޭޖްމެންޓް ކަމަކުނުދޭ: ޕޮގްބާ

މޮރީނިއޯގެ މޭން މެނޭޖްމެންޓް ކަމަކުނުދޭ: ޕޮގްބާ

17 އެޕްރީލް 2021

މެންޗެސްޓާ (17 އޭޕްރީލް) - ޓޮޓެންހަމްގެ ކޯޗް ހޯޒޭ މޮރީނިއޯގެ މޭން މެނޭޖުމެންޓް ކުޅުންތެރިންނަށް ކަމުނުދާ ކަމަށް، މޮރީނިއޯ އާއެކު މަސައްކަތް ކުރި މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑާ ޕައުލް ޕޮގްބާ ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މެންޗެސްޓާ (17 އޭޕްރީލް) - ޓޮޓެންހަމްގެ ކޯޗް ހޯޒޭ މޮރީނިއޯގެ މޭން މެނޭޖުމެންޓް ކުޅުންތެރިންނަށް ކަމުނުދާ ކަމަށް، މޮރީނިއޯ އާއެކު މަސައްކަތް ކުރި މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑާ ޕައުލް ޕޮގްބާ ބުނެފި އެވެ.

ރެކޯޑް ޓްރާންސްފާ އަގަކަށް ޔުނައިޓެޑަށް ޕޮގްބާ ބަދަލުވީ، ޔުނައިޓެޑްގެ ކޯޗް ކަމާ މޮރީނިއޯ ހަވާލުވި ފަހުންނެވެ. މޮރީނިއޯގެ ކޯޗް ކަމުގެ ދަށުން 2017 ގައި އިނގިރޭސި ލީގް ކަޕާއި ޔޫރޮޕާ ލީގްގެ ޗެމްޕިއަންކަން ޔުނައިޓެޑުން ހޯދިއިރު ޕޮގްބާ އަކީ އެ ކާމިޔާބުތަކުގައި މުހިންމު ހިއްސާއެއްވި ކުޅުންތެރިޔެކެވެ. ޑިސެމްބަރު 2018 ގައި ޔުނައިޓެޑްގެ ކޯޗް ކަމުން މޮރީނިއޯ ވަކި ކުރުމުގެ ކުރިން ޕޮގްބާ އާއި މޮރީނިއޯގެ ގުޅުން އޮތީ ގޯސް ވެފަ އެވެ. އެ އަހަރު ސެޕްޓެމްބަރުގައި ޔުނައިޓެޑްގެ ވައިސް ކެޕްޓަން ކަމުން ޕޮގްބާ ދުރު ކުރަން މޮރީނިއޯ ނިންމި އެވެ.

ސުކައި ސްޕޯޓްސް އަށް މި ހަފުތާގައި ދިން އިންޓަވިއުގައި ޕޮގްބާ ބުނީ މޮރީނިއޯ މަސައްކަތް ކުރަނީ ކުޅުންތެރިނާ ދެކޮޅަށް ކަމަށެވެ. އަދި ބައެއް ކުޅުންތެރިންނަކީ ނެތް ބައެއް ކަމަށް މޮރީނިއޯ ހަދާ ކަމަށް ޕޮގްބާ ތުހުމަތު ކުރި އެވެ.

"އޮލޭ [ގަނާ ސޮލްސަޔާ] އާއެކު އަހަރެން މިކުރާ ތަޖުރިބާ ތަފާތު. ސަބަބަކީ އޭނާ މަސައްކަތެއް ނުކުރާނެ ކުޅުންތެރިންނާ ދެކޮޅަކަށް،" އިންޓަވިއުގައި ޕޮގްބާ ބުންޏެވެ. "ކުޅުންތެރިން އެކަހެރިކޮށް ބައެއް ކުޅުންތެރިނަކީ ނެތް ބައެއް ކަމަށް ނުހަދާނެ. އެއީ މޮރީނިއޯ އާއި އޮލޭގެ ތަފާތަކީ."

ޕޮގްބާ ބުނީ މޮރީނިއޯ އާއެކު އެއް ދުވަހު ރަނގަޅު ގުޅުމެއް އޮވެފައި އެއްވެސް ސަބަބެއް ނެތި އަނެއް ދުވަހު ގުޅުން ގޯސް ވެދާނެ ކަމަށެވެ. އަދި އެހެންވީ ކީއްވެގެން ކަމެއް ކުޅުންތެރިޔާ އަށް ވެސް ނޭންގޭނެ ކަމަށް ފްރާންސްގެ މިޑްފީލްޑަރު ބުންޏެވެ.