12 ޑިސެމްބަރ 2018
ވެލެންސިއާ، ސްޕެއިން (ޑިސެމްބަރު 12) - ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ރަށުންބޭރުގައި ވެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗުގައި މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ނަމޫނާ އަކަށްވާން އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ގޮވާލައިފަ އެވެ.
ވެލެންސިއާ، ސްޕެއިން (ޑިސެމްބަރު 12) - ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ރަށުންބޭރުގައި ވެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗުގައި މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ނަމޫނާ އަކަށްވާން އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ގޮވާލައިފަ އެވެ.
ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް ޕޮގްބާ އަށް ފުރަތަމަ އެގާރައިން ފުރުސަތު ނުދޭއިރު، ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގައި އޭނާ އެ ޓީމު ދޫކޮށްލަފާނެ ކަމަށް މީޑިއާގައި ވަނީ އަޑުފެތުރިފަ އެވެ.
ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ޔުނައިޓެޑަށް ޖާގަޔަގީންވެފައިވާއިރު، މިރޭ އެ ޓީމު ވެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗުން ޕޮގްބާ އަށް ފުރަތަމަ އެގާރައިން ފުރުސަތު ދޭން މޮރީނިއޯ ވަނީ ނިންމައިފަ އެވެ. މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މޮރީނިއޯ ބުނީ ޕޮގްބާ ތަފާތު ދައްކަންވީ ވަގުތު މިއީ ކަމަށެވެ.
"އޭނަ (ޕޮގްބާ)ގެ މޮޅު ކުޅުން ފެންނާނެ ކަމަށް އަހަރެން އުއްމީދުކުރަނީ. އަދި ޓީމަށް އޭނަގެ ސަބަބުން ރަނގަޅު ފައިދާތަކެއް ވާނެ ކަމަށް ވެސް އުއްމީދުކުރަން،" މޮރީނިއޯ ބުންޏެވެ. "ޕޮގްބާ ކަހަލަ ޓޮޕް ލެވެލްގެ ކުޅުންތެރިން ޓީމުގައި އެބަތިބި އެ ހިސާބަށް ދާން ރަނގަޅު ކުޅުމެއް ދައްކައި ނަމޫނާ އަކަށް ވާން ޖެހޭ. އަހަރެން ދެކެނީ މިއީ އެ ވަގުތު ކަމަށް."
ޕޮގްބާގެ ޔުނައިޓެޑާ ގުޅުނީ 2016 ވަނަ އަހަރު 89 މިލިއަން ޕައުންޑަށެވެ. ދާދި ފަހުން ޔުވެންޓަސްގެ މިޑްފީލްޑަރު މިރަލެމް ޕިޔަނިޗް ވަނީ މޮރީނިއޯގެ ކޯޗުކަމުގައި ޕޮގްބާ އަށް ޔުނައިޓެޑްގައި މޮޅު ކުޅުން ނުދެއްކޭ ކަމަށާއި އަލުން ޔުވެންޓަސް އިން އޭނާ އަށް މަރުހަބާ ކިޔާނެ ކަމަށް ބުނެފަ އެވެ.
މޮރީނިއޯގެ ކޯޗުކަމުގައި ޕޮގްބާގެ މޮޅު ކުޅުން ނުދެއްކޭ ކަމަށް ބުނާ ވާހަކަތަކާ ބެހޭގޮތުން ނޫސްވެރިއަކު މޮރީނިއޯއާ ސުވާލުކުރުމުން އޭނާ ވަނީ އެ ކަމާ ބެހޭގޮތުން ވާހަކަ ދައްކަން ދެކޮޅު ހަދައިފަ އެވެ.
"ތިއީ ރަނގަޅު މިސްރާބަކުން އައި ސުވާލެއް ކަމަށް ނުދެކެން. ތިއީ އަހަރެން ޖަވާބު ދޭން ނޫނީ އަޑުއަހަން ބޭނުންވާ މޭރުމަކުން އައި ސުވާލެއް ނޫން. ތި ސުވާލު ތިއަށް ވުރެން ރަނގަޅަށް ކުރެވޭނެ. އަހަންނަށް ތި ސުވާލު އައި ގޮތް ކަމަކު ނުދޭ،" މޮރީނިއޯ ހިތްހަމަ ނުޖެހިފައި ހުރެ ބުންޏެވެ.
ދެ ވަނަ ބުރު ޔަގީންވެފައިވުމުން މިރޭގެ މެޗުގައި ގިނަ އާ ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށް މޮރީނިއޯ ވަނީ ބުނެފަ އެވެ. ވެލެންސިއާ ދަނޑުގައި ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 1 ޖަހާއިރު އެވެ.
މޮރީނިއޯގެ މޭން މެނޭޖްމެންޓް ކަމަކުނުދޭ: ޕޮގްބާ
ޕޮގްބާ އަކީ ވައިރަހެއްގެ ގޮތުގައި މޮރީނިއޯ ސިފަކޮށްފި
ޕޮގްބާ ވިއްކާލަން މޮރީނިއޯ ނިންމައިފި
ޕޮގްބާ ވިއްކާލަން ޖެހޭ ސަބަބެއް ނެތް: މޮރީނިއޯ
ޕޮގްބާ އަށް މޮރީނިއޯ ތައުރީފްކޮށްފި
ޕޮގްބާއާ ގުޅޭ ސުވާލުތަކާ އެކު މޮރީނިއޯ ރަތަށް
"ބޭބެއާ ދެކޮޅަށް ކުޅެން ޖެހޭތީ ޕޮގްބާ ހުރީ އުފަލުން"
ޕޮގްބާ ފެއިލްކޮށްލީ މާބޮޑަށް އެނގިގެން އުޅޭ ނޫސްވެރިން
ޔުނައިޓެޑް ޖެހިޖެހިގެން ތިން ވަނަ މެޗުން ބަލިވެއްޖެ
ޕޮގްބާއަށް ހޭދަކުރި އަދަދު ހަނދާން ނައްތާލާ: މޮރީނިއޯ