19 ޖުލައި 2018
ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓް (ޖުލައި 19) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މެންޗެސްޓާ ޔުނައިޓެޑުން ފްރާންސްގެ ތަރި ޕައުލް ޕޮގްބާ ދޫކޮށްލަން އުޅޭކަމަށް ދެކެވޭ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށާއި އޭނާ ވިއްކާލަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓް (ޖުލައި 19) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މެންޗެސްޓާ ޔުނައިޓެޑުން ފްރާންސްގެ ތަރި ޕައުލް ޕޮގްބާ ދޫކޮށްލަން އުޅޭކަމަށް ދެކެވޭ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށާއި އޭނާ ވިއްކާލަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
މޮރީނިއޯ ބުނީ ވޯލްޑް ކަޕްގައި ކުޅުނު ޔުނައިޓެޑްގެ ހުރިހާ ކުޅުންތެރިންނަށް އޭނާ މެސެޖެއްކުރި ކަމަށާއި މުބާރާތަށް ފަހު ހަމައެކަނި ތަފާތު މެސެޖެއްކުރީ ޕޮގްބާ އަށް ކަމަށެވެ. އެއީ ޕޮގްބާގެ ޓީމު ފްރާންސަށް ދުނިޔޭގެ ޗެމްޕިއަން ޓްރޮޕީ ލިބުމުން މަރުހަބާ ކިއުމުގެ ގޮތުން ކަމަށެވެ.
ވޯލްޑް ކަޕްގައި ޕޮގްބާގެ ފަރާތުން ފެނުނު މޮޅު ކުޅުން ކުރިއަށް އޮތް ސީޒަނުގައި ޔުނައިޓެޑުގައި ވެސް އޭނާ އަށް ތަކުރާރުކުރެވޭނެ ކަމަށް މޮރީނިއޯ ވަނީ ބުނެފަ އެވެ.
"ޕޮގްބާ އަކީ ދުނިޔޭގެ ޗެމްޕިއަނެއް. އަހަރެންގެ އުއްމީދަކީ ވޯލްޑް ކަޕުގައި އޭނާ ދެއްކި ކުޅުން އަދި އެ ފޯމު ކުރިއަށް އޮތް ސީޒަނުގައި ވެސް ތަކުރާރުކުރުން. އަހަންނަށް ފެނޭ މީޑިއާގައި ޕޮގްބާގެ ޓްރާންސްފާގެ ވާހަކަތަކެއް ދެކެވޭތަން. އެކަމަކު އޭގައި ހަގީގަތެއް ނެތް. ޕޮގްބާ ވިއްކާލަން ޖެހޭ ސަބަބެއް ނެތް،" މޮރީނިއޯ ބުންޏެވެ.
ނިމިދިޔަ ސީޒަނުގައި ޕޮގްބާ އާއި މޮރީނިއޯއާ ދެމެދު މައްސަލަތަކެއް ޖެހުނު ކަމަށް މީޑިއާގައި އަޑުފެތުރުނެވެ. މި ފަހަރުގެ ވޯލްޑް ކަޕްގެ ތެރެއިން ޕޮގްބާ ވެސް ވަނީ އެކަމާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ. ޕޮގްބާ ބުނީ މޮރީނިއޯއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތައް ވަރަށް އަަވަހަށް ހައްލު ކުރެވުނު ކަމަށެވެ.
އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޔުވެންޓަސް އިން ވަނީ ޕޮގްބާ އަލުން އެ ޓީމަށް ގެންދަން މަސައްކަތް ފަށައިފަ އެވެ. ޔުވެންޓަސް ދޫކޮށް ޕޮގްބާ ޔުނައިޓެޑަށް ބަދަލުވީ 2016 ވަނަ އަހަރު އެވެ. އެ ފަހަރު ޔުނައިޓެޑުން ވަނީ ޕޮގްބާގެ ސޮއި ހޯދަން 116 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އެއް ދައްކައިފަ އެވެ.
އަންނަ މަހު 11 ވަނަ ދުވަހު އިނގިރޭސި ޕްރިމިއާ ލީގު ފަށާއިރު މި ފަހަރުގެ ވޯލްޑް ކަޕަށް ފަހު ކުޅުންތެރިންނަށް ބޮޑު ޗުއްޓީއެއް ދޭން ޖެހުމުން މޮރީނިއޯ ވަނީ ރަނގަޅު ޕްރީ ސީޒަނެއް ކުރިއަށް ނުގެންދެވޭނެތީވެ އޭނާގެ ކަންބޮޑުވުން ހިއްސާ ކޮށްފަ އެވެ.
ޔުނައިޓެޑްގެ ފުލް ޓީމަށް ކުޅޭ ނުވަ ކުޅުންތެރިއަކަށް އެމެރިކާގެ ޕްރީ ސީޒަން ޓުއާގައި ބައިވެރިނުވެވެ އެވެ. އަދި އަލަށް ޔުނައިޓެޑަށް ސޮއިކުރި ޕޯޗުގަލްގެ އުއްމީދީ ފުލްބެކް ޑިއޭގޯ ޑަލޮޓަށް އަނިޔާވެ އޭނާ އަށް ސީޒަނުގެ ފުރަތަމަ މެޗުތަކުގައި ނުކުޅެވޭނެ އެވެ. އަދި ވިސާ މައްސަލަައިގައި އެމެރިކާ ޓުއާގައި ޗިލީގެ ފޯވާޑް އަލެކްސިސް ސަންޗޭޒަށް ވެސް ބައިވެރިނުވެވިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.
"ޕްރީ ސީޒަން ވަރަށް ގޯސް. އަހަރެން މިހެން ބުނަން ޖެހޭ. ޕްރީ ސީޒަނުގައި މި ފަހަރު އޮތް ހަމައެކަނި ޕޮޒިޓިވް ކަމަކީ ޒުވާން ކުޅުންތެރިންނަށް ޔުނައިޓެޑް ޓީމާ އެކު ތަމްރީންތައް ހަދާލައި މެޗުތަކެއް ކުޅެލަން ފުރުސަތު ދެވުން. މީގެން ކުރިއަށް އޮތް ސީޒަނަށް ކުރާނީ ކުޑަ ފައިދާއެއް،" މޮރީނިއޯ ބުންޏެވެ.
"އަހަރެން ހާސްވަނީ އެންމެ ކަމަކާ. އެހާ ރަނގަޅަށް ތައްޔާރުނުވެ ބައިވަރެއް ކުޅުންތެރިންތަކެއް ގޮވައިގެން ޕްރިމިއާ ލީގުގައި ކުޅެން ފަށަން ޖެހޭތީ."
އަންނަ މަހު ނުވަ ވަަނަ ދުވަހު އިންގްލެންޑަށް ޓްރާންސްފާ މާކެޓް ބަންދުވާއިރު، އިތުރު ކުޅުންތެރިއަކު ޔުނައިޓެޑުން ނުގެންނާނެ ކަހަލަ ވާހަކަތަކެއް މޮރީނިއޯ ވަނީ ދައްކައިފަ އެވެ. އަދި އެ ޓީމާ ގުޅުނު ބްރެޒިލްގެ ފްރެޑް ޓީމާ ގުޅޭނީ އަންނަ ހަފްތާގައި ކަމަށް މޮރީނިއޯ ވަނީ ބުނެފަ އެވެ.
މޮރީނިއޯގެ މޭން މެނޭޖްމެންޓް ކަމަކުނުދޭ: ޕޮގްބާ
ޕޮގްބާ ނަމޫނާ ދައްކަން މޮރީނިއޯ ގޮވާލައިފި
ޕޮގްބާ އަކީ ވައިރަހެއްގެ ގޮތުގައި މޮރީނިއޯ ސިފަކޮށްފި
ޕޮގްބާ ވިއްކާލަން މޮރީނިއޯ ނިންމައިފި
ޕޮގްބާ އަށް މޮރީނިއޯ ތައުރީފްކޮށްފި
ޕޮގްބާއާ ގުޅޭ ސުވާލުތަކާ އެކު މޮރީނިއޯ ރަތަށް
"ބޭބެއާ ދެކޮޅަށް ކުޅެން ޖެހޭތީ ޕޮގްބާ ހުރީ އުފަލުން"
ޕޮގްބާ ފެއިލްކޮށްލީ މާބޮޑަށް އެނގިގެން އުޅޭ ނޫސްވެރިން
ޔުނައިޓެޑް ޖެހިޖެހިގެން ތިން ވަނަ މެޗުން ބަލިވެއްޖެ
ޕޮގްބާއަށް ހޭދަކުރި އަދަދު ހަނދާން ނައްތާލާ: މޮރީނިއޯ