09 މާޗް 2023
އިންގްލެންޑުގެ ޓޮޓެންހަމް ހޮޓްސްޕާސް ކަޓުވާލައި އިޓަލީގެ އޭސީ މިލާނުން 11 އަހަރަށް ފަހު ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ރޭ ޖާގަ ހޯދައިފި އެވެ.
އިންގްލެންޑުގެ ޓޮޓެންހަމް ހޮޓްސްޕާސް ކަޓުވާލައި އިޓަލީގެ އޭސީ މިލާނުން 11 އަހަރަށް ފަހު ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ރޭ ޖާގަ ހޯދައިފި އެވެ.
ޓޮޓެންހަމްގެ ދަނޑުގައި ރޭ ކުޅުނު ދެ ވަނަ ލެގު 0-0 އިން އެއްވަރުވި ނަމަވެސް މިލާނަށް ކުރި ލިބުނީ ސެން ސީރޯގައި ކުޅުނު ފުރަތަމަ ލެގު 1-0 އިން ކާމިޔާބުކޮށްފައިވާތީވެ ދެ ލެގުގެ އެގްރިގޭޓުންނެވެ. ފުރަތަމަ ލެގުގައި މިލާނުގެ ހަމައެކަނި ގޯލް ޖަހައިދިނީ ބްރަހިމް ޑިއާޒް އެވެ.
ޗެމްޕިއަންސް ލީގުގެ ދެ ވަނަ އަށް އެންމެ ކާމިޔާބު ޓީމު ކަމަށްވާ މިލާން އެންމެ ފަހުން މުބާރާތުގެ ގަދަ އަށަކަށް ދަތުރުކުރީ 2012 ވަނަ އަހަރު އެވެ. އެ ފަހަރު އިންގްލެންޑުގެ އާސެނަލް ކަޓުވާލައި ކުއާޓާ އަށް ދިޔަ ނަމަވެސް ސްޕެއިނުގެ ބާސެލޯނާ އަތުން ކެޓީ އެވެ.
އެ ފަހަރު މިލާން ޓީމުގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން މިހާރު ހިމެނޭ ހަމައެކަނި ކުޅުންތެރިޔަކީ ޒަލަޓާން އިބްރަހިމޮވިޗެވެ. އެކަމަކު މި މުބާރާތުގެ ނޮކްއައުޓް ބުރަށް މިލާނުން ކަނޑައެޅި ސްކޮޑުގައި އޭނާ ނުހިމެނެ އެވެ.
ރޭގެ މެޗުގައި މިލާނުގެ ތަފާތަކަށްވީ ޑިފެންސް ލައިނެވެ. ހާއްސަކޮށް އަނިޔާގައި ހަތަރު މަސް ދުވަހު ހުރެފައި އެނބުރި އައި ގޯލްކީޕަރު މައިކް މައިނަން އާއި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޑިފެންޑަރު ފިކާޔޯ ޓޮމޯރީ ވަނީ، ޓޮޓެންހަމްގެ ކެޕްޓަން ހެރީ ކޭން ހުއްޓުވުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.
ފުރަތަމަ ހާފުގައި ހަމަހަމަ ކުޅުމެއް ފެނުނު ނަމަވެސް ޓޮޓެންހަމުން ދެ ވަނަ ހާފުގައި ކުރިއަށް ޖެހި ނުރައްކާކުރި އެވެ. މި ހާފުގައި އެ ޓީމަށް އެންމެ ބޮޑު މައްސަލައަކަށްވީ، 78 ވަނަ މިިނެޓުގައި ދެ ވަނަ ރީނދޫކާޑާ އެކު ކްރިސްޓިއަން ރޮމޭރޯ އަށް ރަތްކާޑެއް ދެއްކުމުންނެވެ.
ޓޮޓެންހަމް އަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ މެޗުގެ ފަހު ވަގުތެވެ. އޭރިއާ ތެރެއިން ކޭން ބޮލުން ފޮނުވާލި ބާރު ބޯޅަ ހުއްޓުވީ މައިނަން އެވެ. އެ ބޯޅަ ގޯލަށް ވަން ނަމަ ނަތީޖާ ނެރެން އިތުރު ވަގުތަށް ދިޔައީހެވެ.
އެ ބޯޅަ ހުއްޓުވުމަށް ފަހު މައިނަން އުފެއްދި ކައުންޓާ އެޓޭކުގައި މިލާނުން ގޯލް ޖަހައި މޮޅުވުމާ ވަރަށް ގާތަށް ދިޔަ އެވެ. އެކަމަކު ޑިވޮކް އޮރީގީ ފޮނުވާލި ބޯޅަ އަމާޒުވީ ދަނޑި އަށެވެ. އޭގެ ކުރިން ވެސް ޑިއާޒް އާއި ސަންދްރޯ ޓޮނާލީ އަދި އޮލިވިއޭ ޖިރޫ އަށް މިލާން މޮޅުކޮށްދޭން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވި އެވެ.
ގޯލްބްލެޑާ ނެގުމަށް ކުރި އޮޕަރޭޝަނަށް ފަހު ރޭ ބެންޗަށް ދިޔަ ޓޮޓެންހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ ކާމިޔާބު ހޯދަން ބޭނުންވާ ވަރުގަދަ ބިންގަލެއް އަޅާފައި ނެތުމުން އޭނާގެ ޓީމަށް ކާމިޔާބާ ހަމައަށް ދިއުމަށް އިތުރު ވަގުތު ބޭނުންވާނެ ކަމަށެވެ.
ޗެމްޕިއަންސް ލީގުން ކެޓުމާ އެކު މި ސީޒަނުގައި ވެސް ތަށްޓެއްގައި އަތްލުމުގެ ފުރުސަތު ޓޮޓެންހަމް އަށް ގެއްލިފައިވާތީ ކޮންޓޭގެ މަގާމާ މެދު ވަނީ ސުވާލުތައް އުފެދިފަ އެވެ. ކޮންޓޭ ބުނީ އެކަމާ ވާހަކަދައްކާނީ ސީޒަން ނިމުމުން ކަމަށެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާ އިން މިހާތަނަށް ޖާގަ ހޯދާފައިވަނީ މިލާނުގެ އިތުރުން ޖަރުމަނުގެ ބަޔާން މިއުނިކާއި އިންގްލެންޑުގެ ޗެލްސީ އާއި ޕޯޗުގަލްގެ ބެންފީކާ އެވެ. އަނެއް ހަތަރު ޖާގަ އަށް ވާދަކުރަނީ އިޓަލީގެ އިންޓަ މިލާނާއި ޕޯޗުގަލްގެ ޕޯޓޯ، އިންގްލެންޑުގެ މެންޗެސްޓާ ސިޓީ އާއި ޖަރުމަނުގެ އާރްބީ ލީޕްޒިގް، އިޓަލީގެ ނަޕޯލީ އާއި ޖަރުމަނުގެ އެއިންޓްރެކްޓް ފްރެންކްފަޓް އަދި ސްޕެއިނުގެ ރެއާލް މެޑްރިޑާއި އިންގްލެންޑުގެ ލިވަޕޫލެވެ. އެ މެޗުތައް އޮންނާނީ އަންނަ ހަފުތާގަ އެވެ.
ރެއާލް މެޑްރިޑް އޮތީ ކަންބޮޑުވާން ޖެހޭ ފަދަ ހާލަތެއްގައި: އަންޗެލޮޓީ
މިލާން ފުރަތަމަ މޮޅު ހޯދިއިރު ކަމަރްޑާ އަށް ރެކޯޑެއް
ޔުނައިޓެޑް ޗެމްޕިއަންސް ލީގުން ޖާގަ ޔަގީންކުރުމާ ގާތަށް
މިލާން 16 އަހަރަށް ފަހު ޗެމްޕިއަންސް ލީގު ސެމީ އަށް
ކުއާޓާގައި ރެއާލް-ޗެލްސީ އަދި ބަޔާން-ސިޓީ
ކޮންޓޭގެ ގޭމްޕްލޭން ސެންސީރޯގައި މިފަހަރު ދިމައެއް ނުވި
އެތުލެޓިކޯ ފުލަށް، ޓޮޓެންހަމުން މާސޭ ކަޓުވާލައިފި
ލިވަޕޫލް ދެ ވަނަ ބުރަށް، ޓޮޓެންހަމް އިންތިޒާރުގައި
ސްޕޯޓިން އިން ފަހު ވަގުތު ޓޮޓެންހަމް ބަލިކޮށްފި
ޔޫރޮޕާ ލީގު: މިލާނާއި ޓޮޓެންހަމް އަނެއް ބުރަށް