05 މާޗް 2021
ލަންޑަން (މާޗް 5) - ޓޮޓެންހަމް ހޮޓްސްޕާސްގައި މި ވަގުތު ގެރެތު ބޭލް ހުރި ކަމުގައި ވިޔަސް އޭނާއާ މެދު ގޮތެއް ނިންމާނީ ރެއާލް މެޑްރިޑުން ކަމަށް ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
ލަންޑަން (މާޗް 5) - ޓޮޓެންހަމް ހޮޓްސްޕާސްގައި މި ވަގުތު ގެރެތު ބޭލް ހުރި ކަމުގައި ވިޔަސް އޭނާއާ މެދު ގޮތެއް ނިންމާނީ ރެއާލް މެޑްރިޑުން ކަމަށް ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
ޓޮޓެންހަމް ދޫކޮށް 2013 ވަނަ އަހަރު އޭރު ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 86 މިލިއަން ޕައުންޑަށް ރެއާލަށް ބަދަލުވުމަށް ފަހު ބޭލް ވަނީ އެ ޓީމާ އެކު ހަތަރު ޗެމްޕިއަންސް ލީގާއި ދެ ލަލީގާ ކާމިޔާބުކޮށްފަ އެވެ. އެއް އަހަރުގެ ލޯން އެއްބަސްވުމެއްގެ ދަށުން މި ސީޒަނުގައި ޓޮޓެންހަމާ ބޭލް ގުޅުނުއިރު، ސީޒަންގެ ފުރަތަމަ މެޗުތަކުގައި އަނިޔާ އާއި ފޯމު ގެއްލުމުގެ ސަބަބުން ބޭލް އަށް އެންމެ އެކަށީގެންވާ ކުޅުމެއް ނުދެއްކެ އެވެ. އެހެން ނަމަވެސް ފަހަކަށް އައިސް ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ބޭލް އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ލަނޑު ޖެހުމުގެ އިތުރުން ލަނޑު ޖަހަން ފުރުސަތު ވެސް ތަނަވަސްކޮށްދެ އެވެ.
މޮރީނިއޯ ބުނީ ވިސްނަން ޖެހޭ ކަމަކީ އަދިވެސް ބޭލްގެ ކޮންޓްރެކްޓް އޮތީ ރެއާލުގައި ކަމަށާއި ވަކި ގޮތެއް ނިންމާނީ ވެސް އެ ޓީމުން ކަމުގައި ކަމަށެވެ.
"ބޭލްގެ މުސްތަގުބަލާ ބެހޭގޮތުން ތި މީހުން (ނޫސްވެރިން) ސުވާލުކުރަންވީ ޒިދާންއާ. އެއީ ބޭލް އަކީ އަދިވެސް ރެއާލްގެ ކުޅުންތެރިއެއް. އޭނައާ ބެހޭގޮތުން ގޮތެއް ނިންމާނީ ވެސް ރެއާލުން. ހަގީގަތަކީ އަހަރެމެން ބޭލް ބޭނުންވިޔަސް މީގެ ކޮންޓްރޯލްގައި އޮތީ މި ސީޒަނުގައި އޭނާ އަހަރެމެން ޓީމުގައި ހުންނަ މުއްދަތުގައި ކުރެވޭ ކަންތަކުގައި. އޭނާ އެނބުރި ރެއާލަށް ދިޔައީމަ ދެން މީގެ ނިންމުންތަކެއް އަންނަންޖެހެނީ،" މޮރީނިއޯ ބުންޏެވެ.
ޓޮޓެންހަމްގައި ލޯން އެއްބަސްވުމުގެ ދަށުން ކުޅުނު ނަމަވެސް ބޭލްގެ އަހަރެއްގެ މުސާރައިގެ ދެބައިކުޅަ އެއްބައި ދެނީ ރެއާލުންނެވެ. ބޭލް އަށް އަހަރަކު މުސާރައިގެ ގޮތުގައި 30 މިލިއަން ޔޫރޯ ލިބެ އެވެ. އުމުރުން 31 އަހަރުގެ ބޭލް ރެއާލާ އެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އެބައޮތެވެ.
ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ދާދި ފަހުން ބޭއްވި މަޝްވަރާތަކުގައި ބޭލް ވަނީ ރެއާލްގެ ކިބައިން އޭނާގެ އެއްބަސްވުމަށް އިހުތިރާމްކުރަން އެދިފަ އެވެ. އެ ގޮތުން ބޭލްގެ އެދުމަކީ ކޮންޓްރެކްޓް އޮތްގޮތަށް ބޭއްވުމަށް ފަހު ރެއާލްގެ އަންނަ ސީޒަނުގެ ޕްލޭނުން އޭނާ އަށް ފުރުސަތު ނެތިއްޖެނަމަ ޓޮޓެންހަމްގައި މިހާރު ހުރި ޑީލް އިތުރު އެއް އަހަރަށް އާ ކުރުމެވެ. އެއީ ހަމަ ދެ ބައިކުޅަ އެއްބައި މުސާރަ ރެއާލުން ދޭ ގޮތަށެވެ. ރިޕޯޓްތައް ބުނާގޮތުގައި ރެއާލުން މި ހުށަހެޅުމާ މެދު ގޮތެއް ނިންމާނީ މި ސީޒަން ނިމުމުންނެވެ.
މޮރީނިއޯ ބޭނުންވާތީ ޓޮޓެންހަމުން ރާމޮސް އަށް ފާރަލަނީ
"ރެއާލުން ބޭލް އަށް އިހުތިރާމެއް ނުކުރޭ"
ޓޮޓެންހަމާ އެކު ބޭލްގެ އަމާޒު ތަށި ހޯދުން
ތިއާގޯ ލިވަޕޫލަށް، ބޭލް އެނބުރި ޓޮޓެންހަމް އަށް
މޮޔައެއް ނޫނީ ރެއާލް މެޑްރިޑް ދޫކޮށްނުލާނެ: މޮރީނިއޯ
ހަ މަހަށް ފަހު ބޭލްގެ ފުރަތަމަ ފެނިލުން އެއްވަރު
ބޭލް ކްލަބު ފުޓްބޯޅަ އިން ރިޓަޔާ ކުރަނީ
ބޭލްގެ ހެޓްރިކުން ސްޕާސް ގަދަ ހަތަރެއްގެ އުންމީދުގައި
ޓޮޓެންހަމްގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި
މޮރީނިއޯގެ މޭން މެނޭޖްމެންޓް ކަމަކުނުދޭ: ޕޮގްބާ