16 ނޮވެމްބަރ 2019
ޕްރައިވެޓް ސެކްޓާ މިހާރަށް ވުރެ ބޮޑަށް ހުޅުވާލަައިދީ، ތައުލީމާއި ސިއްހީ ދާއިރާގައި މަސައްކަތް ކުރެވޭނެ އިތުރު ފުރުސަތުތައް އެ މީހުންނަށް ފަހިވުމުން ރައްޔިތުންގެ ފުދުންތެރިކަން ކުރިއަރައިދާނެ ކަމަށް ވިލާގެ ޗެއާމަން ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ޕްރައިވެޓް ސެކްޓާ މިހާރަށް ވުރެ ބޮޑަށް ހުޅުވާލަައިދީ، ތައުލީމާއި ސިއްހީ ދާއިރާގައި މަސައްކަތް ކުރެވޭނެ އިތުރު ފުރުސަތުތައް އެ މީހުންނަށް ފަހިވުމުން ރައްޔިތުންގެ ފުދުންތެރިކަން ކުރިއަރައިދާނެ ކަމަށް ވިލާގެ ޗެއާމަން ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ވިޔަފާރިވެރިޔާ އަދި އެތައް ބަޔަކަށް އަމިއްލަ ގޮތުން މާލީ އެހީތެރިކަން ވެދެއްވާ ގާސިމްގެ ވިލާ ކޮލެޖުގައި ހިންގާ، އިނގިރޭސި ވިލާތުގެ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑު (ޔޫވީ) ގެ ގްރެޖުއޭޝަން ހަފުލާ ޝަރަފުވެރި ކޮށްދެއްވަމުން އޭނާ ވިދާޅުވީ، ތައުލީމާއި ސިއްހީ ދާއިރާގައި މަސައްކަތް ކުރެވޭނެ ފުރުސަތާއި އިތުރު ޔަގީންކަން ދިނުމުން ރައްޔިތުން ސަރުކާރަށް ބަރޯސާވާ މިންވަރު ކުޑަވާނެ ކަމަށެވެ.
އެހެންވެ، އަމިއްލަ ފަރާތްތަކުން ހިންގާ އެފަދަ ތަންތަން 99 އަހަރަށް ކުއްޔަށް ނުދެވެނީ ކީއްވެގެންތޯ ގާސިމް އެއްސެވި އެވެ.
ތައުލީމް ފޯރުކޮށްދިނުމަށް ވިލާ ކޮލެޖަށް މާލެ އިން ބިން ދީފައި ވަނީ 35 އަހަރަށް ކަމަށާއި ފާއިތުވި 12 އަހަރުގެ ތެރޭގައި އެތަނަށް ގިނަ އިންވެސްޓްމަންޓުތަކެއް ކޮށްފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި މިހާރު ހުރި ފިޔަވަޅުން ވިލާ ކޮލެޖު ކުރިއަށް ޖެހެން އެބަޖެހޭ ކަމަށް ވިދާޅުވި އެވެ.
އޭނާ އެހެން ވިދާޅުވި އިރު، ވިލާ ކޮލެޖު، ޔުނިވަސިޓީ އަކަށް ބަދަލުކުރަން އެ ތަނުން އެކި ސަރުކާރުގައި އެދޭތާ އެތައް ދުވަހެއް ވެއްޖެ އެވެ. އެންމެ ފަހުން، މި ސަރުކާރުން ބުނެފައި ވަނީ އަމިއްލަ ފަރާތްތަކަށް ޔުނިވާސިޓީ ހިންގުމުގެ ހުއްދަ ދެވޭނީ ގާނޫނެއްގެ ތެރެއިން ކަމަށެވެ.
ކުޑަކުދިން ވެސް ފުރަތަމަ ފަށަނީ ފިރުކެން ކަމަށާއި ހިނގައިގަނެ ދުއްވައި ގަންނަނީ އޭގެ ފަހުން ކަން ފާހަގަކުރައްވައި ގާސިމް މިއަދު ވިދާޅުވީ ވިލާ ކޮލެޖު އޮތީ ދުއްވައި ގަންނަ ހިސާބުގައި ކަމަށެވެ.
ވިލާ ކޮލެޖުގައި ހިންގާ ޔޫވީގެ ޕްރޮގްރާމްތަކުން ވަނަ ހޯދި ދަރިވަރުންނާއެކު، އެ ކޮލެޖުގެ ފައުންޑަރު ގާސިމް ފޮޓޯއަކަށް ހުއްޓިލައިގެން - ފޮޓޯ: ވިލާ ކޮލެޖު
އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގެ ކުރިއެރުމަށް، އެކި ގައުމުތަކުގައި ކަންކަން ހިނގާ މަގު ދެނެގަނެ އަހުލުވެރިވުން އިންތިހާ އަށް ބޭނުންތެރި އެވެ. ދިރާސާކުރުމުގެ ސަގާފަތް ރަނގަޅަށް އަށަގެންނެވުމަށް ކުރާ މަސައްކަތް އިތުރުކުރުން ވަރަށް މުހިއްމު ކަމަށާއި އޭރުން އިތުބާރު ހިފޭ ހަމަތަކުގެ މަތިން ކުރާ ދިރާސާތަކުގެ އަލީގައި މައްސަލަތަކަށް ފުރިހަމަ ހައްލެއް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ. އެހެންވެ، ގާސިމް ވަނީ ވިލާ ކޮލެޖުން މިއަދު ދަސްވެނިވި ދަރިވަރުންގެ ކިބައިން ދިރާސާ ކުރުމުގެ ވައްޓަފާޅި ހަރުލެއްވުމަށް އެދިވަޑައިގެންފަ އެވެ.
"ދުނިޔޭގެ ހަޔާތުގައި ހޭދަކުރާ ކޮންމެ ދުވަހަކީ އާ ކަންތައްތަކެއް، އާ މައްސަލަތަކެއް އުފެދެމުންދާ ދުވަހެއް. އެ މައްސަލަތަކަށް ހައްލު ހޯދަން ކުރިން ކަންތައް ކުރި ގޮތް، އިހު އޮތް ގޮތް އެއީ މިހާރު އެންމެ ރަނގަޅު ގޮތް ކަމަށް ބެލޭކަށް ނެތް. އެހެނީ މިއަދަކީ އާ ދުވަހެއް. މާދަމާ ވެގެން ދާނީ މާ ތަފާތު އާ ދުވަހަކަށް. އެހެންވެ ކުރިން ހުރި މައުލޫމާތާއި ހުނަރުން ފުއްދާލެވޭކަށް ނެތް،" ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ގާސިމް ވިދާޅުވި އެވެ.
މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވީ، މި ޒަމާނުގައި އެކިއެކި ސިނާއަތުތަކުގެ އަމާޒު ބަދަލުވެފައިވާ ކަމަށާއި އިލްމާއި ހުނަރު އަދި ތަޖުރިބާ ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދިއުމުގެ މުހިއްމުކަން ގަބޫލު ކުރަންޖެހޭ ކަމަށެވެ. އޭނާ ވަނީ މަސައްކަތުގެ އަަހުލާގަށް އިސްކަންދިނުމާއި އަނެކުންނަށް އިހްތިރާމް ކުރުމާއި ދުރަށް ވިސްނައި ގޮތް ނިންމާ އަދި މަސައްކަތުގައި ތެދުވެރި، ހީވާގީ މީހަކަށް ވުމަށް ދަރިވަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
"ވިލާކޮލެޖަށް 17 އަހަރު، މަސައްކަތަށް ފަހުރުވެރިވޭ"
މަތީ ތައުލީމްގެ ބިލު: ތުހުމަތާއި ތައުރީފް ގާސިމަށް!
މީހުން ބިނާކުރުމުގެ ހޭދަ އިތުރު ކުރަންޖެހޭ: ގާސިމް
ކޮރަޕްޝަންގެ ވިހަ ނައްތާލައި ގައުމު ތާހިރުކުރަން ޖެހޭ
ވިލާ ކޮލެޖަށް 10 އަހަރު ފުރިއްޖެ
ވިލާ ކޮލެޖުން މަތީ ވަނަ ހޯދި ދަރިވަރުންނަށް އެވޯޑްދީފި
ވިލާ ކޮލެޖުން އާ ދެ ޑިގްރީ ޕްރޮގްރާމެއް ފަށައފި
ޔުނިވާސިޓީތަކަށް ބަދަލުކޮށްފި ނަމަ އިގުތިސާދީ ފައިދާވާނެ
ޓޭލާސް ޔުނިވާސިޓީގެ ކޯސްތަކެއް ވިލާ ކޮލެޖަށް
ސެޕްޓެމްބަރު އިންޓޭކަށް ވިލާ އިން ހުޅުވާލައިފި