Roadha Mihaaru
މީހުން ބިނާކުރުމުގެ ހޭދަ އިތުރު ކުރަންޖެހޭ: ގާސިމް

ގައުމުގެ ތަރައްގީ އަށް މީހުން ބިނާކުރަން ކުރާ ހޭދަ އިތުރުކުރަންޖެހޭ: ގާސިމް

24 ސެޕްޓެމްބަރ 2021

ގައުމުގެ ތަރައްގީ އަށް އަދި ތަހުޒީބު މުޖުތަމައަކަށް އެދޭ ނަމަ މީހުން ބިނާކުރަން ކުރާ ހޭދަ އިތުރުކުރަންޖެހޭ ކަމަށް ވިލާގެ ފައުންޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގައުމުގެ ތަރައްގީ އަށް އަދި ތަހުޒީބު މުޖުތަމައަކަށް އެދޭ ނަމަ މީހުން ބިނާކުރަން ކުރާ ހޭދަ އިތުރުކުރަންޖެހޭ ކަމަށް ވިލާގެ ފައުންޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ގާސިމްގެ ވިލާ ކޮލެޖުގެ ދަސްވެނިވުމުގެ ހަފުލާގައި އޭނާ ވިދާޅުވީ، އުފާވެރި އާއިލާތަކާއި ސަރުކާރުގެ މުއައްސަސާތައް ހަރުދަނާވެ ވިޔަފާރިތައް ކުރިއަރާނީ ގާބިލް މީހުން ތިބެގެން ކަމަށެވެ.

އެކަން ހާސިލު ކުރުމަށް މީހުން ބިނާކުރުމަށް ހޭދަކުރަންޖެހޭ ކަމަށާއި ބައެއް ކުންފުނިތަކުން މީހުން ބިނާކުރުމަށް އިންވެސްޓްމަންޓު ކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މަތީ ތައުލީމަށް ސަރުކާރުން ކުރާ ހޭދަ އިތުރުވުމަކީ ހިތްހަމަޖެހުމެއްކަން ފާހަގަކުރެއްވި އެވެ.

"މީހުން ބިނާކުރުމަށް ޝައުގުވެރިވަޑައިގެން ގިނަ ބޭފުޅުން އިންވެސްޓު ކޮށްދިނުމަށް އިހުތިރާމާއެކު މި ފުރުސަތުގައި ވެސް އަޅުގަނޑު އިލްތިމާސްކުރަން،" މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވި އެވެ.

ވިލާ ކޮލެޖުގައި މިއަދު ބޭއްވި ގްރެޖުއޭޝަން ހަފުލާގައި އެ ކޮލެޖުގެ ޗެއާމަން ގާސިމް އަދި ވިލާ ކޮލެޖުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ވިލާ ކޮލެޖުގައި މިއަދު ބޭއްވި ގްރެޖުއޭޝަން ހަފުލާގައި އެ ކޮލެޖުގެ ޗެއާމަން ގާސިމް އަދި ވިލާ ކޮލެޖުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

އޭނާ ވިދާޅުވި ގޮތުގައި ހަޟާރަތްތައް ބިނާވެ، ކުރިއަރައި ދިޔަ ސަބަބާ މެދު ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ. އިއްޔެ ނުވާނެ ކަމަށް ބުނި އެތައް ކަމެއް މިހާރު ފެންނަނީ ކީއްވެގެންތޯ ސުވާލު އުފެދޭ ކަމަށް ވިދާޅުވެ، އެ ސުވާލުތަކުގެ ޖަވާބުގައި ގާސިމް ވިދާޅުވީ އެކަންކަން ކާމިޔާބުވީ މީހުން ބިނާކޮށްގެން ކަމަށެވެ.

ރާއްޖެ ކުރިއަރައިދިއުމަށް ވަރަށް ބޭނުންވާ ކަމަށާއި ދިވެހިން އާ އީޖާދުތައް ފަށައި އަޑުއަހަން އިންތިހާއަށް ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ވެނި ކާމިޔާބު މަޝްރޫއުގެ މޭސްތިރިންނަކީ ފަންނުވެރިންނަކީ ދިވެހިންނޭ ބުނެ ފަހުރުވެރިވާން ބޭނުން،" ގާސިމް ވިދާޅުވި އެވެ.

މީގެ 14 އަހަރުކުރިން ހުޅުވި ވިލާ ކޮލެޖުން ތަފާތު އަށް ދާއިރާއަކުން ތައުލީމާ ތަމްރީނުގެ 117 ޕްރޮގްރާމެއް އުފައްދައި ކިޔަވައި ދީފައިވެ އެވެ. އެ މަސައްކަތުން މިހާތަނަށް 13،526 ދަރިވަރުން ގްރެޖުއޭޓުވެފައިވެ އެވެ. މި އަހަރު ވެސް 1،459 ދަރިވަރުން ދަސްވެނިވާނެ އެވެ.