30 އޮކްޓޯބަރ 2019
ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި އާމްދަނީން ޓެކްސް ނެގުމުގެ ބިލު އޮތީ މަހުޖަނުންނާއި ބޮޑެތި ވިޔަފާރިވެރިންނަށް ރެކެވޭ ގޮތަށް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް އެ ބިލަށް ވަރަށް ބޮޑަށް މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި އާމްދަނީން ޓެކްސް ނެގުމުގެ ބިލު އޮތީ މަހުޖަނުންނާއި ބޮޑެތި ވިޔަފާރިވެރިންނަށް ރެކެވޭ ގޮތަށް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް އެ ބިލަށް ވަރަށް ބޮޑަށް މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.
އިންކަމް ޓެކްސް ނެގުމުގެ ބިލަށް މަޖިލިހުގައި ބަހުސް ކުރައްވައި މީކާއިލް ވިދާޅުވީ އަވަށްޓެރި ގައުމުތަކަށް ބަލާ އިރު، މަހުޖަނުންގެ އަތުން ޓެކުހުގެ ގޮތުގައި ނަގަނީ ވަރަށް މަތީ ރޭޓުތަކެއް ކަމަށެވެ. އެކަމަކު، މި ސަރުކާރުން ހުށަހަޅާފައި އޮތީ ވިޔަފާރިވެރިން އަތުން ކުޑަ އަދަދެއް ނަގަން ކަމަށް އޭނާ ވިދާޅުވި އެވެ.
ވިޔަފާރިވެރިންގެ އަތުން އެހާ ކުޑަ އަދަދަކަށް ޓެކްސް ނަގަން އުޅޭ އިރު ވެސް ފެނިގެންދާ މަންޒަރަކީ އެ ވިޔަފާރިވެރިން "ރޯ މަހެއް ތެޅޭހެން ތެޅޭ ތަން" ކަމަށް ވެސް މީކާއިލް ވިދާޅުވި އެވެ. އަދި 19 ވަނަ މަޖިލިހުން ވެސް ފެނިގެން ދަނީ އެ މަންޒަރު ކަމަށް ވިދާޅުވެ، މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމާއި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމަށް މީކާއިލް ވަނީ ފާޑު ވިދާޅުވެފަ އެވެ.
މީކާއިލް ވިދާޅުވީ އިގްތިސާދުގެ މައިބަދައަކީ މަހުޖަނުން ނޫން ކަމަށާއި ރާއްޖޭގެ އިގްތިސާދުގެ މައިބަދައަކީ މެދުފަންތީގެ ދިވެހިން ކަމަށެވެ. އެކަމަކު، ބިލް ހުށަހަޅާފައި އޮތީ މެދުފަންތީގެ ވިޔަފާރިވެރިންނަށް ބުރަވާ ގޮތަށާއި މަހުޖަނުންނާއި ބޮޑެތި ވިޔަފާރިވެރިންނަށް ރެކެވޭ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
މީކާއިލް ވިދާޅުވި ގޮތުގައި ބީޕީޓީގެ ގޮތުގައި ކުންފުންޏަކުން ދައްކާ އެއްޗަކާ ހުރެ، އެއީ ޑަބަލް ޓެކްސޭޝަން ކަމަށް ބަލައިގެން ޑިވިޑެންޑުން ޓެކްސް ނުނަގާ ނަމަ، އިންކަމް ޓެކްސް ބިލްގެ ބޭނުމެއް ނެތެވެ.
"މިހާރު ވެސް އެ ބޭފުޅުން ދައްކަވަމުން ގެންދަވާ އަދަދުތައް ދައްކަވާފައި ދެން މުސާރައިގެ ގޮތުގައި ކުޑަ ކުޑަ އެއްޗެއް ޖައްސަވާލައްވައިގެން ދައުލަތަށް ކުޑަ ކުޑަ އެއްޗެއް ދައްކަމުންދާ މަންޒަރު އަޅުގަނޑުމެންނަށް ފެނިގެން ދާނީ މިހާރު އޮތް ގޮތަށް ބިލް ފާސްވެއްޖެ ކަމުގައިވާ ނަމަ،" މީކާއިލް ވިދާޅުވި އެވެ.
އިޖުތިމާއީ ރައްކާތެރިކަމާއި އިޖުތިމާއީ އަދާލަތު ރާއްޖޭގައި ގާއިމު ކުރުމުގެ މަފްހޫމް ތަންފީޒު ކުރަން ބޭނުންވާ ނަމަ، ޑިވިޑެންޑުން ޓެކްސް ނަގަން ޖެހޭ ކަމަށް ވެސް މީކާއިލް ވިދާޅުވި އެވެ. ޑިވިޑެންޑުން ޓެކްސް ނުނަގާ ނަމަ، މަހުޖަނުން އިންކަމް ޓެކުހުން ރެކޭ ތަން ފެންނާނެ ކަމަށް ވެސް މީކާއިލް ވިދާޅުވި އެވެ.
"މިހާރު ވެސް ފެނިގެން މިދަނީ ޑިވިޑެންޑުން ޓެކްސް ނުނަގާ އިރު ވެސް މި މަޖިލިހުގައި އަމިއްލަ މަސްލަހަތު ދިފާއު ކުރެއްވުމުގައި (އުޅުއްވާ ތަން). ހަގީގަތުގައި މި ބަހުސްގައި ބައިވެރި ނުވެވޭނެ އެ ބޭފުޅުންނަށް،" ގާސިމާއި ސިޔާމަށް އިޝާރާތް ކުރައްވައި މީކާއިލް ވިދާޅުވި އެވެ.
މީކާއިލް ވިދާޅުވީ ރައްޔިތުންނަށް އިތުރު ފައިސާކޮޅެއް ދޭން ޖެހިދާނެތީ "ކުޑަ ކުއްޖަކަށް ކިރު ތައްޓެއް ނުދިނީމަ ރޯހެން" ބައެއް ވިޔަފާރިވެރިން ރޮމުންދާ ކަމަށެވެ.
އަންނަ މަހު އިންކަމް ޓެކްސް ނަގަން ފަށަން ފާސްކޮށްފި
އިންކަމް ޓެކްސް ނަގަން ގާސިމްގެ ވޯޓެއް ނުލިބުނު!
ރިސޯޓު ވިއްކާލާއިރު ޓެކުހެއް ނަގަންޖެހޭ: އަލީ ހުސެއިން
ޓެކްސް ފިޔަވައި އެހެން ކަންކަން ހުށަހެޅޭ ގޮތް ހަދައިފި
ސަރުކާރާ ދެކޮޅުވާން މީކާއިލް މިހާރު ބޭނުމެއް ނުވޭ
"ވިޕަށް ވޯޓުނުދޭން ނިންމީ ރާއްޖެއަށް ގެއްލުންވެދާނެތީ"
ނަރުދަމާ އާއި ފުޓްސަލްދަނޑު: އެހެން ސުވާލެއް ނެތީތަ؟
ސަރުކާރާ ޖައްސާލަނީ އޭ ހީކުރަންޏާ 2023 އުނދަގޫވާނެ
އިންތިހާބަށް "ނުފޫޒު ފޯރުވާތީ" ކުއްލި މައްސަލައެއް!
އިންތިހާބާ ދިމާކޮށް މިގޮތަށް ނުފޫޒު ފޯރުވިދާނެތަ؟