29 ނޮވެމްބަރ 2022
އިދިކޮޅު ފަރާތްތަކާ ގުޅިގެން އެމްޑީޕީގެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން މިހާރު ބޭނުން ނުވާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ފަރާތްތަކާ ގުޅިގެން އެމްޑީޕީގެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން މިހާރު ބޭނުން ނުވާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
މީގެ ކުރިން ސަރުކާރަށް ފާޑުވިދާޅުވަމުން ގެންދެވި މީކާއިލް އެހެން ވިދާޅުވީ، އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ދެ ފެކްޝަންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފެކްޝަންގައި ހުންނެވުމަށް ފަހު، މިހާރު ފަޅި ބަދަލު ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނާ މީކާއިލް ގުޅިވަޑައިގެންފި ކަމަށް ތުހުމަތުކޮށް ސޯޝަލް މީޑިއާގައި ވާހަކަ ދައްކަން ފެށުމުންނެވެ.
ކުރީގެ ރައީސް ނަޝީދުގެ ފެކްޝަނުން ސަރުކާރުގެ ފެކްޝަނަށް ބަދަލުވީތޯ "މިހާރު" އިން ސުވާލު ކުރުމުން މީކާއިލް ވިދާޅުވީ ފެކްޝަނަކީ އޭނާ އަބަދުވެސް ވަރަށް ފޫހިވާ ބަހެއް ކަމަށެވެ.
މީކާއިލް ވިދާޅުވީ ވަކި ފެކްޝަނަކަށް ވުރެ ބޮޑަށް އޭނާ ބަހުސް ކުރަނީ މައްސަލަތަކަށް ކަމަށެވެ. މީގެ ކުރިން ވެސް ފާޑު ކިޔާފައި ހުރި ކަންކަން މިހާރު ވެސް އަނބުރާ ނުގެންދަވާ ކަމަށާއި އަދިވެސް އެ ސްޓޭންޑުގައި ހިފަހައްޓަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު، ޕާޓީއެއްގެ ޓިކެޓުގައި އިންތިހާބުވާއިރު، ވަކި ހަމަތަކަކާއި އުސޫލެއް ހިފަހައްޓަން ޖެހޭ ކަމަށާއި ޓިކެޓު ދޭ އިރު އެމްޑީޕީގެ ވިޕާ ހިލާފު ނުވާނެ ކަމަށް ބުނާ އިގުރާރެއްގައި މެންބަރުން ސޮއި ކުރައްވާފައިވާ ކަމަށް މީކާއިލް ވިދާޅުވި އެވެ. އެހެންވެ، ވިޕްތަކަށް އިހުތިރާމް ކުރުމަކީ އަބަދުވެސް ގަބޫލު ކުރައްވާ ސިޔާސަތެއް ކަމަށް މީކާއިލް ވިދާޅުވި އެވެ.
"މިއަދު އަޅުގަނޑަށް ފާޑުކިޔަނީ އަމިއްލަ ޕާޓީގެ ވިޕާ އެއްގޮތަށް ކަންކަން ކުރަމުން ދާތީ. އަޅުގަނޑަށް އެކަން ވަނީ ބޮޑު ޖޯކަކަށް. ޕީޕީއެމާ ގުޅިގެން ކަންކަން ނުކޮށް އަމިއްލަ ޕާޓީގެ ވިޕާ އެއްގޮތަށް މި ވޯޓު ދެނީ،" މީކާއިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތްތަކާއި މައްސަލަތަކަށް ފާޑު ކިޔުމަކީ އޮންނަން ޖެހޭ ކަމެކެވެ. ނަމަވެސް އޭގެ މާނައަކީ އިދިކޮޅު ޕީޕީއެމާ ގުޅިގެން ސަރުކާރު "ދުއްވާލަން" މަސައްކަތް ކުރުން ނޫން ކަމަށް ވިދާޅުވި އެވެ.
"ވަކި މީހަކަށް އެއްޗެއް ބުނާކަށް ބޭނުމެއް ނުވޭ. އެކަމަކު މަންޒަރު ފެންނަނީ ބަޖެޓަށް ވޯޓު ނުދީ، ޕީޕީއެމް މެންބަރުން ނެރޭ ވިޕްތަކާ އެއްގޮތަށް ވޯޓު ދޭ ތަން،" މީކާއިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފާޑު ވިދާޅުވާންޖެހޭ ކަންކަަމަށް ދެން ވެސް ފާޑު ވިދާޅުވާނެ އެވެ. އަދި އެމްޑީޕީގެ ސަރުކާރު ދަމަހައްޓަން ވެސް މަސައްކަތް ކުރައްވާނެ ކަމަށް މީކާއިލް ވިދާޅުވި އެވެ.
"ކޮންމެ ކެންޑިޑޭޓަކު ވެސް ފަހުރުވެރިކަމާއެކީ ޕޯޑިއަމަށް އަރާފަ ބުނި މިއީ ސަރުކާރުގެ ކެންޑިޑޭޓޭ. އެމްޑީޕީގައި އަޅުގަނޑު ވައުދު ވީ ވެސް ސަރުކާރަށް ވާގިވެރިވެ، ޖަވާބުދާރީ ކުރުވަން، ފާރަވެރިވާން. އެހެންވީމާ އެ ގޮތަށް އަމަލު ވެސް ކުރަން ޖެހޭ،" އޭނާ ވިދާޅުވި އެވެ
މިއަދު އަޅުގަނޑަށް ފާޑުކިޔަނީ އަމިއްލަ ޕާޓީގެ ވިޕާ އެއްގޮތަށް ކަންކަން ކުރަމުން ދާތީ. އަޅުގަނޑަށް އެކަން ވަނީ ބޮޑު ޖޯކަކަށް. ޕީޕީއެމާ ގުޅިގެން ކަންކަން ނުކޮށް އަމިއްލަ ޕާޓީގެ ވިޕާ އެއްގޮތަށް މި ވޯޓު ދެނީ،"--- މީކާއިލް
ސަރުކާރަށް އެއްބާރުލުން ދޭންޖެހޭ ކަމަށް މީކާއިލް މިހާރު ވިދާޅުވި ނަމަވެސް އޭނާ މަޖިލީހުގައި މީގެ ކުރިން ކުރައްވާފައިވާ ބަހުސްތަކުގައި ވަނީ އެކި މައްސަލަތަކާ ގުޅުވައި ސަރުކާރަށް ފާޑުވިދާޅުވެ އެވެ. އަދި ސަރުކާރު ޖަވާބުދާރީ ނުކުރުވައި މެންބަރުން އަމިއްލަ ފައިދާ އަށް މަސައްކަތް ކުރައްވާ ކަމާއި ސަރުކާރުން މަޖިލީހަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތު ވެސް މީކާއިލް ކުރިން ކުރެއްވި އެވެ.
ނަޝީދުގެ ފެކްޝަންގެ މެންބަރުންނާ އެއް ވިސްނުމެއްގައި މަޖިލީހުގައި ބަހުސް ކުރައްވައި އެ މެންބަރުންނާ އެއްކޮށް މީކާއިލް މަސައްކަތް ކުރެއްވި އެވެ.
ނަމަވެސް ފަހަކަށް އައިސް މީކާއިލް ސަރުކާރަށް ފާޑުވިދާޅުވުން އެއްކޮށް ކަހަލަ ގޮތަކަށް ވަނީ ހުއްޓިފަ އެވެ.
ނަޝީދު ފެކްޝަންގެ ހުރިހާ މެންބަރުން ދެކޮޅު ހެއްދެވި ޓެކްސް ބިލާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ވެސް މީކާއިލް ވަނީ އެއީ ސަރުކާރުން ހެޔޮ ނިޔަތެއްގައި ރައްޔިތުންގެ ފައިދާއަށްޓަކައި ގެންނަ ބަދަލެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެ އެ ބިލަށް ތާއީދު ކުރައްވައިފަ އެވެ.
އަންނަ އަހަރުގެ ބަޖެޓަށް ނަޝީދުގެ ފެކްޝަންގެ ބައެއް މެންބަރުން ދެކޮޅަށް ވޯޓު ދިން ނަމަވެސް މީކާއިލްގެ ވާހަކައިގައި ޖުމުލަ ގޮތެއްގައި ވަނީ ބަޖެޓަށް ތައުރީފު ކުރައްވައިފަ އެވެ.
އަލިފުށީގައި އެއާޕޯޓު އަޅަނީ މީހަކު ރުއްސަން: މީކާއިލް
އަނެއްކާވެސް އިންޖީނުތަކުގެ އުނދަގުލުގެ ވާހަކަ
ބޭއިންސާފުގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނަން: މަލީހު
މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީ ޕީޖީއަށް
މިނިސްޓަރު ޝިދާތާ އިސްތިއުފާ ދީ: އެމްޑީޕީގެ މެމްބަރުން
ބިލް ފަރުމާކުރީ މަހުޖަނުންނަށް ރެކެވޭ ގޮތަށް: މީކާއިލް
ކަފާލާތުގެ ބިލުން ފައިދާ އޮތީ އެމްޑީޕީއަށް:ޝުޖާއު
އިޒްރޭލު ޕާސްޕޯޓް މަނާކުރާ ބިލް ތާށިވެއްޖެ: އެމްޑީޕީ
ހިލޭ ޑިގްރީ އަކީ ސްކޭމެއް ނޫން، ހުއްޓާނުލާތި:އެމްޑީޕީ
ދަރިވަރުންނަށް ފައިސާ ނުފޮނުވާ ކަމުގެ ޝަކުވާ!