ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުގެ މަގާމުން މަލީހު ޖަމާލު ވަކިކޮށްދިނުމަށް އެދި، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕަށް މިރޭ ހުށަހަޅައިފި އެވެ.
16 ނޮވެމްބަރ 2020
ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުގެ މަގާމުން މަލީހު ޖަމާލު ވަކިކޮށްދިނުމަށް އެދި، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕަށް މިރޭ ހުށަހަޅައިފި އެވެ.
ގަލޮޅު ދެކުނުގެ ދާއިރާގެ މެމްބަރު މީކާއިލް ނަސީމް އިސްވެ ހުންނަވައި ރައްޔިތުންގެ މަޖިލީހުގެ 10 މެމްބަރުންގެ ސޮޔާއެކު ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، މަގާމުގައި ހުންނަވާތާ ދެ އަހަރު ވެގެންދިޔައިރު ވެސް ޓެލެކޮމިއުނިކޭޝަން ގާނޫނުގެ ދަށުން ކޮމިއުނިކޭޝަން އޮތޯރިޓީން ހަދަންޖެހޭ އެއްވެސް ގަވާއިދެއް ހަދާފައި ނުވާ ކަމަށެވެ. އެ ގާނޫނުން ހަދަން ލާޒިމްކޮށްފައިވާ ގަވައިދުތަކަކީ ރާއްޖޭގެ ޓެލެކޮމް ސިނާއަތް ފުރިހަމައަށް ރެގިއުލޭޓްކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ގަވައިދުތަކަކަށްވެފައި އެ ގަވައިދުތައް ނުހެދި ލަސްވެގެންދާ ކޮންމެ ދުވަހަކީ ދިވެހި ދައުލަތަށާއި ރައްޔިތުންނަށް އެތައް ގެއްލުންތަކެއް ކުރިމަތިކުރުވާ ކަމެއް ކަމަށް ބުންޏެވެ.
މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަގާމުގާ ހުންނެވި މަލީހު ޖަމާލުގެ އިތުބާރުނެތްކަމަށް މަޖިލީހުން ފާސްކޮށްދިނުމަށް އެދި އެމް.ޑީ.ޕީ ޕާލަމެންޓްރީ ގްރޫޕަށް ހުށަހަޅައިފިން. pic.twitter.com/AP4csT1aRC
— Mickail Naseem ? (@MickailNaseem) November 15, 2020
ގަވައިދުތައް ހެދުމަށް މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި މުވައްޒަފުން ކުރެއްވި މަސައްކަތަށް މިނިސްޓަރުގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ލިބިފައިނުވާ ކަމަށާއި އަދި އެކަމަށް ހުރަސް އަޅާފައިވާކަމުގެ ތުހުމަތު ވެސް ކޮށްފައިވެ އެވެ.
"މިނިސްޓަރު އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަގާމުގައި މުހައްމަދު މަލީހު ޖަމާލް އިތުރަށް ބެހެއްޓުމަކީ މި ޕާޓީގެ އިތުބާރު އޮތް ކަމަކަށް ނުވާތީ އާއި ގިނަ ރައްޔިތުންތަކެއް އޭނާ މަގާމުން ވަކިކުރުމަށް ކެނޑިނޭޅި އެދެމުންދާތީ މިނިސްޓާ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ މަގާމުން އޭނާ ވަކިކުރަން ހުށަހެޅީމެވެ،" އެ މައްސަލައިގައި ވެ އެވެ.
މީކާއިލްގެ އިތުރުން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑަ)، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ، ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް، ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު، މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން، ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު، ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން އަދި މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ސޮއިކުރައްވާފައި ވެ އެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓުގައި މިނިސްޓަރުކަމުގައި ހުންނެވި މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދިއުމާ މެދު ގޮތެއް ނިންމާނީ، މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕީޖީންނެވެ.
މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފާސްކޮށްދިނުމަށް އެދި އެމްޑީޕީގެ ޕީޖީއަށް ހުށަހެޅިއިރު، ރާއްޖޭގައި ބަރުލަމާނީ ނިޒާމަކަށް ޖާގަ ނުދެއްވާނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހަށް ފާޑުވިދާޅުވުމުން މަޖިލީހުގެ ބައެއް މެމްބަރުންގެ ނުރުހުން މަލީހަށް ވަނީ އަމާޒުވެފަ އެވެ. މީގެ ކުރިން ވެސް، އެމްޑީޕީގެ މެމްބަރުންގެ ފާޑުކިޔުން އެންމެ ބޮޑަށް އަމާޒުވެފައިވާ އެއް މިނިސްޓަރަކީ މަލީހެވެ.
ވީޓީވީގެ ޕްރޮގްރާމެއްގައި މިދިޔަ ހުކުރު ދުވަހު މަލީހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ގާނޫނު ހަދާ ތަނެއް ކަމަށާއި ސަރުކާރު ހިންގުމުގެ ކަންކަމުގައި މެމްބަރުން އުޅުއްވަން ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. ނަމަވެސް ބައެއް މެމްބަރުންގެ އަމަލުތައް އެއާ ހިލާފުކަން މަލީހު ފާހަގަކުރެއްވި އެވެ. އޭނާ އެހެން ވިދާޅުވުމާ އެކު، އެމްޑީޕީގެ މަޖިލީހުގެ މެމްބަރުންގެ އެތައް ފާޑުކިޔުމެއް އަމާޒުވި އެވެ.
ބޭއިންސާފުގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނަން: މަލީހު
އަމިއްލަ ސަންދޯކަށް ތިޖައްސަވަނީ މޮހޮރު: މަލީހު
އިމްރާން ސަލާމަތްވެއްޖެ، މަލީހަކަށް އިތުބާރެއް ނެތް
އިތުރު ޖަލްސާއެއް ނުބޭއްވޭނެކަމަށް ކަނޑައަޅަން އެދިއްޖެ
"ނަޝީދު ވަކިކުރަން އުޅެގެން އެމްޑީޕީ ވާނީ ބަލި"
ސޮއި ހަމަނުވާތީ ނަޝީދުގެ މައްސަލަ ކުރިއަށް!
ސަރުކާރު ބަންދަސް މަޖިލިސް ބާއްވަން ނިންމައިފި
ނަޝީދާއި އީވާގެ މައްސަލަ އަނބުރާ ގެންނަން ނިންމައިފި
ޑިމޮކްރެޓުން ލާން ކޮމިޓީތައް އަލުން އެކުލަވާލަނީ؟
ނަޝީދު ކުޅުއްވި "ޑްރާމާ" އަމީންއާންމުގެ ސިޓީން ސާފު!