Roadha Mihaaru
ސަރުކާރު ބަންދަސް މަޖިލިސް ބާއްވަން ނިންމައިފި

މާދަމާ ސަރުކާރު ބަންދަސް މަޖިލިހުގެ ޖަލްސާ ބާއްވަން ނިންމައިފި

10 ސެޕްޓެމްބަރ 2023

މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ކަނޑައެޅުއްވިޔަސް ކުރިން ރާވާފައިވާ ގޮތަށް މަޖިލިހުގެ ޖަލްސާ މާދަމާ އޮންނާނެ ކަމަށް މަޖިލިހުގެ އިދާރާ އިން ދެންމެ ބުނެފި އެވެ.

މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ކަނޑައެޅުއްވިޔަސް ކުރިން ރާވާފައިވާ ގޮތަށް މަޖިލިހުގެ ޖަލްސާ މާދަމާ އޮންނާނެ ކަމަށް މަޖިލިހުގެ އިދާރާ އިން ދެންމެ ބުނެފި އެވެ.

"...އަދި މާދަމާ އަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވި ނަމަވެސް މާދަމާ މަޖިލީހުގެ ޖަލްސާ މިހާރު އާންމު ކޮށްފައިވާ އެޖެންޑާއާ އެއްގޮތަށް ކުރިއަށް ދާނެ ވާހަކަ ވެސް ދަންނަވަމެވެ،" މަޖިލިހުގެ އިދާރާ އިން މީޑިއާ އަށް ފޮނުވި މެސެޖެއްގައި ވެ އެވެ.

މާދަމާގެ ޖަލްސާގެ އެޖެންޑާގައި އޮތް ހަމައެކަނި ކަމަކީ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ގޮތެއް ނިންމުމެވެ.

އެކަމަކު، އެ ކަން އެޖެންޑާ ކޮށްފައި ވަނިކޮށް، ނަޝީދާއި މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންނަން ނިންމާފައިވާ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް "މިހާރު" އަށް މިރޭ ވިދާޅުވި އެވެ.

ނަމަވެސް މަޖިލިހުގެ އިދާރާގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ، މަޖިލިހުގެ ނަޝީދާއި އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެނައިކަން އެ އިދާރާ އަށް އެމްޑީޕީން އަންގާފައި ނުވާ ކަމަށެވެ.