Roadha Mihaaru
އަމިއްލަ ސަންދޯކަށް ތިޖައްސަވަނީ މޮހޮރު: މަލީހު

އަމިއްލަ ސަންދޯކަށް ތިޖައްސަވަނީ މޮހޮރު: މަލީހު

22 ނޮވެމްބަރ 2020

އެމްޑީޕީން މިހާރު އެ ގެންދަނީ ބައިކޮޅަށް ގޯލްް ޖަހަމުން ކަމަށާއި އެ ޕާޓީން އަމިއްލަ ސަންދޯކަށް މިހާރު އެ ގެންދަނީ މޮހޮރު ޖަހަމުން ކަމަށް ވިދާޅުވެ، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ. އޭނާ އެހެން މި ވިދާޅުވީ، މިނިސްޓަރު ކަމުން ވަކިކުރަން އެމްޑީޕީން މިއަދު ނިންމުމުން އެކަމާ ހިތްޕުޅުހަމަޖެހިވަޑައިނުގެންނެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްޑީޕީން މިހާރު އެ ގެންދަނީ ބައިކޮޅަށް ގޯލްް ޖަހަމުން ކަމަށާއި އެ ޕާޓީން އަމިއްލަ ސަންދޯކަށް މިހާރު އެ ގެންދަނީ މޮހޮރު ޖަހަމުން ކަމަށް ވިދާޅުވެ، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ. އޭނާ އެހެން މި ވިދާޅުވީ، މިނިސްޓަރު ކަމުން ވަކިކުރަން އެމްޑީޕީން މިއަދު ނިންމުމުން އެކަމާ ހިތްޕުޅުހަމަޖެހިވަޑައިނުގެންނެވެ.

މަލީހު ކުރެއްވި ޓްވީޓެއްގައި އޭނާ ވިދާޅުވީ އެމްޑީޕީގައި އޮތީ އެހެން ޕާޓީތަކުގެ ވަޒީރުން ކެބިނެޓުން ބޭރުކުރުމުގެ ހީލަތްތެރި ޕްލޭނެއް ކަމަށެވެ.

މަލީހު މަގާމުން ވަކިކުރަން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް ނަސީމް، އެ ޕާޓީގެ ޕީޖީ އަށް ހުށަހެޅީ މައްސަލައިގައި މިއަދު ނިންމީ މަލީހްގެ އިތުބާރު ނެތް ކަަމަށެވެ. އަދި އޭނާ މަގާމުން ދުރުކުރަން ވޯޓު ނެގުމުގެ މަސައްކަތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވައިގެން ކުރިއަށް ގެންދަން ވެސް ފާސްކުރި އެވެ.

މަލީހަށް ބޮޑެތި ފާޑުކިއުންތަކާ އެކު އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ނިންމައި ތުހުމަތުތައް ގުޅުވަނީ، އަދާކުރައްވަން ޖެހިވަޑައިގަންނަވާ ޒިންމާއަކާ ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މަލީހަށް އިތުބާރު ނެތުނީ އެމްޑީޕީ އަށް ހުށަހެޅި މައްސަލައިގައި ބުނެފައިވާ ގޮތުގައި، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ދަށުން ހިންގާ ކޭމުން ހަދަން ޖެހޭ ގަވާއިދުތަކެއް މަލީހުގެ ވަޒީރު ކަމަށް ދެ އަހަރުވި އިރު ވެސް ނުހެދުމުންނެވެ. އެއީ ރާއްޖޭގެ ޓެލެކޮމް ސިނާއަތް ފުރިހަމަކޮށް، ރެގިއުލޭޓްކޮށް ހިންގަން ކޮންމެހެން ބޭނުންވާ ގަވާއިދުތަކަކަށް ވެފައި އެ ގަވާއިދުތައް ނުހެދި ލަސްވާ ކޮންމެ ދުވަހަކު ދައުލަތާއި ރައްޔިތުންނަށް ގެއްލުންތަކެއްވާ ކަމަށް މައްސަލައިގައިވެ އެވެ.

މަލީހް މިއަދު ވެސް ތަކުރާރު ކުރެއްވި ގޮތުގައި އެމްޑީޕީން އޭނާއާ ދެކޮޅަށް ނުކުތީ، ޒިންމާއެއް އަދާނުކުރައްވައިގެންނެއް ނޫނެވެ. ސަބަބަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގައި އޭނާ ދެއްކެވި ވާހަކަތަކެއް އެމްޑީޕީ އަށް ގަބޫލުނުކުރެވުން ކަަަމަށް ވިދާޅުވި އެވެ.

"ތިމަންނާމެންގެ ވެރިކަމުގައި ގާނޫނުއަސާސީގެ މާއްދާ 27 އަށް އިތުބާރު ނެތް ކަމަށް ތިޔަ ފާސްކުރީ،" މަލީހް ވިދާޅުވި އެވެ.

އެ ނިންމުމަކީ، އޭނާ ވިދާޅުވި ގޮތުގައި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތާޖު އަޅައިގެން އުޅޭ އެމްޑީޕީން ބައިކޮޅަށް ޖެހި ގޯލެކެވެ.

މަލީހް ވިދާޅުވި ގޮތުގައި ދޫ މޯގޭޖްކޮށްފައި ސެޓްފިކެޓެއް އެމްޑީޕީއާ ހަވާލުކޮށްފައެއް ނޯންނާނެ އެވެ.

"މަކަރުވެރި ހީލަތްތެރި ގޮތުގައި ކޯލިޝަންގެ މިނިސްޓަރުން ބޭރު ނުވާނެ. މަކަރުވެރި ހީލަތްތެރި ގޮތެއްގައި ކޯލިޝަންގެ މިނިސްޓަރުން ބޭރު ކުރުމުގެ ނުބައި ޕްލޭން ކުރިއަސް ގެންދަވަނީ. މުޅި އެތި ޖަހައިގަތުމުގެ ޕްލޭން. ސުޕަމެޖޯރިޓީ ސުޕަ މައިނޯރިޓީއަށް ވެސް ބަދަލުވެދާނެ،" މަލީހް ވިދާޅުވި އެވެ.

މަލީހް ވިދާޅުވެފައި ވަނީ ބޭއިންސާފުގެ މަތީގައި ކުޑަކަކޫ ނުޖައްސަވާނެ ކަަމަށާއި އޭނާއާ މެދު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް ބޭފުޅުން ހިތްހަމަޖެހިވަޑައިނުގަތީ، ބަރުލަމާނީ ނިޒާމާ ގުޅޭ ގޮތުން ވީޓީވީގެ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. އެއީ، ގާނޫނުއަސާސީން ވަޒީރަކަށް ވެސް ލިބިފައި އޮންނަ ހައްގެއް ކަމަށާއި ރިޔާސީ ނިޒާމުގެ ދިފާއުގައި ވާހަކަ ދެއްކެވުމަކީ އަބަދުވެސް ކުރާނެ ކަމެއް ކަމަށް މަލީހް ވިދާޅުވި އެވެ.

އެ ޕްރޮގްރާމްގައި މަލީހް ވާހަކަ ދެއްކެވީ އެމްޑީޕީގެ ބައެއް މެމްބަރުން ތާއީދުކުރައްވާ ބަރުލަމާނީ ނިޒާމާ ދެކޮޅަށެވެ.

"އަޅުގަނޑު އެ ޕްރޮގްރާމްގައި ދެއްކީ އެއްގޮތަކަށް ވެސް ގާނޫނުއަސާސީއާ ޚިލާފު ވާހަކައެއް ނޫން. އަޅުގަނޑަކީ ރިޔާސީ ނިޒާމަށް ތާއީދުކުރާ މީހެއް. ދެ ވަނަ ކަމަކީ، ސަރުކާރު ހިނގާނެ ގޮތް ކަނޑައަޅުއްވަނީ ރައީސުލް ޖުމްހޫރިއްޔާ. މަޖިލީހަކުން ނޫން، އެއީ ވެސް ގާނޫނުއަސާސީގައި އޮންނަ ވާހަކައެއް،" މަލީހް ވިދާޅުވެފައިވެ އެވެ.

ކޭމްގެ ގަވާއިދާ ގުޅުވައި އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމުގެ ބަދަލުގައި، އެ މައްސަލައިގައި ވޯޓަކަށް ދާން ޖެހޭ ސަބަބަކީ "ގާނޫނުއަސާސީގެ 27 ވަނަ މާއްދާ އިން ލިބިދޭ ހައްގެއްގެ ބޭނުން ކުރުން" ލިއުއްވަން މަލީހް ވަނީ އެދިވަޑައިގެންފަ އެވެ.

ކޭމުން ހަދަން ޖެހޭ ގަވާއިދެއް ނުހެދުމުން، އޭނާގެ މައްސަލައެއް ކަމުގައި ދައްކަވާއިރު އެއީ ގާނޫނީ ވަކި ޝަހުސެއް ކަމަށް މަލީހް ވިދާޅުވި އެވެ. ކޭމް ހިންގަނީ ބޯޑެއް އައްޔަންކޮށް، ސީއީއޯއަކު އައްޔަންކޮށްގެން ކަން ވެސް މަލީހް ފާހަގަކުރެއްވި އެވެ.

އިތުބާރު ނެތް ކަމުގެ މައްސަލައިގައި ހަވާލާދީފައިވާ ގަވާއިދަކީ، މަލީހް ވިދާޅުވި ގޮތުގައި، 2015 ގައި ފާސްކުރި ގާނޫނުގެ ދަށުން ތިން މަސް ދުވަހުގެ ތެރޭގައި ހަދަން ޖެހޭ ގަވާއިދެކެވެ. މި ސަރުކާރު ވެރިކަމަށް އައިސް ކަންކަން އިސްލާހުކުރަން ފަށައި، އެ ގަވާއިދު ހަދަން އޭނާ ކޭމް އަށް އިލްތިމާސްކުރެއްވި ކަމަށާއި އެ ލިއުންތައް ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.