08 ސެޕްޓެމްބަރ 2021
ރ. އަލިފުށީގައި އެއާޕޯޓު އަޅަން ނިންމާފައި ވަނީ ވަކި މީހަކު ރުއްސަން ކަމަށާއި އެކަމަށް ރައްޔިތުންގެ ޓެކްސް ފައިސާ މިސްމެނޭޖް ކޮށްގެން ނުވާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެ އެވެ.
ރ. އަލިފުށީގައި އެއާޕޯޓު އަޅަން ނިންމާފައި ވަނީ ވަކި މީހަކު ރުއްސަން ކަމަށާއި އެކަމަށް ރައްޔިތުންގެ ޓެކްސް ފައިސާ މިސްމެނޭޖް ކޮށްގެން ނުވާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެ އެވެ.
މާލެ ރައްޔިތުންނަށް ގޯތި ދިނުމަށް ގޮވާލައި މަޖިލީހަށް މިއަދު ހުށަހެޅި މައްސަލައަށް ބަހުސް ކުރައްވަމުން މީކާއިލް ވިދާޅުވީ ގައުމެއް ތަރައްގީ ކުރާއިރު ސަރުކާރުން އިސްކަން ދޭންޖެހޭ ތަރުތީބެއް އޮންނަން ޖެހޭ ކަމަށެވެ.
މާލޭގެ އެތައް ބަޔަކު ނިކަމެތި ހާލުގައި ބޯހިޔާވަހިކަމެއް ވެސް ނެތި ތިއްބާ ކުއްލިއަކަށް ސަރުކާރުން 451 މިލިއަން ރުފިޔާގެ އެއާޕޯޓެއް އެޅުމުގެ މަޝްރޫއު އިއުލާން ކުރުމުން އެ ރައްޔިތުންނާ ދެން ކުރިމަތިލާނީ ކިހިނެއްތޯ މީކާއިލް ސުވާލުކުރެއްވި އެވެ.
"ކޮންމެ ރެއަކުހެން ކުރު އަތް މައްޗަށް ބޯލައިގެން ހަތް ފޫޓު އަށް ފޫޓުގެ ކުޑަ ގޮޅިއެއްގައި އޮއްވައި ކުއްލިއަކަށް އެއާޕޯޓެއް އޮތް އަތޮޅެއްގެ 451 މިލިއަން ރުފިޔާގެ އެއާޕޯޓެއް އަޅަން ނިންމެވި ކަމަށް ސަރުކާރުން އިއުލާން ކުރި ހަބަރު މާލޭގެ މެންބަރުންނަށް އިވުމަކީ އަޅުގަނޑުމެންގެ ރައްޔިތުންނަށް މޫނު ދައްކާލާނެ ގޮތެއް ރައީސް ވިދާޅުވެ ބައްލަވާ،" މީކާއިލް ވިދާޅުވި އެވެ.
އަލިފުށީ އެއާޕޯޓް މަޝްރޫއަކީ ބަޖެޓުގައި ވެސް ނެތް މަޝްރޫއެއް ކަމަށާއި ވަކި މީހަކު ރުއްސަން ރައްޔިތުންގެ ޓެކްސް ފައިސާ މިސް މެނޭޖު ކޮށްގެން ނުވާނެ ކަމަށް މީކާއިލް ވިދާޅުވި އެވެ. އަދި ސަރުކާރުން ޓެކްސް ފައިސާ ހަރަދު ކުރަމުންދާ ގޮތާ ގުޅޭ ގޮތުން ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭ ކަމަށް ވެސް މީކާއިލް ވިދާޅުވި އެވެ.
"ރ. އަތޮޅުގައި އިފުރު ކިޔާ އެއާޕޯޓެއް މިހާރު ވެސް 15 މިނެޓުން ދެވޭ އެއާޕޯޓެއް އޮއްވައި 451 މިލިއަން ރުފިޔާގެ ބޮޑު ޕްރޮޖެކްޓެއް ހިންގާތީ ކޮން ޖަވާބެއްތޯ ދެވޭނީ،" މީކާއިލް ވިދާޅުވި އެވެ.
މާލެއިން ގެދޮރު ދޫކޮށްލާ ފަރާތްތަކަށް ހުޅުމާލެއިން ގޯތި ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު 2008 ގައި ހިންގެވި "ވެށިފަހި" މަޝްރޫއު މި ސަރުކާރުން ވެސް ކުރިޔަށް ގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބުގައި އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ވައުދު ވެފައިވާ ކަމަށް މީކާއިލް ވިދާޅުވި އެވެ.
ނަމަވެސް ވެރިކަަމަށް ތިން އަހަރުވީ އިރު އެފަދަ އެއްވެސް މަޝްރޫއެއް ހިނގާފައި ނުވާތީ އެކަމާ ހިތާމަކުރައްވާ ކަމަށް މީކާއިލް ވިދާޅުވި އެވެ. އަދި މާލެ ރައްޔިތުންނަށް ހާލަތު ރަނގަޅު ކޮށް ކޮންމެވެސް މިންވަރެއްގެ ތަސައްލީއެއް ދިނުމަށްޓަކައި ކުރިޔަށް އޮތް ދެ އަހަރުގެ ތެރޭގައި ވެސް އެ މަޝްރޫއު ކުރިޔަށް ގެންދާނެކަމަށް އުންމީދު ކުރައްވާ ކަމަށް މީކާއިލް ވިދާޅުވި އެވެ.
ސަރުކާރާ ދެކޮޅުވާން މީކާއިލް މިހާރު ބޭނުމެއް ނުވޭ
އަނެއްކާވެސް އިންޖީނުތަކުގެ އުނދަގުލުގެ ވާހަކަ
ބޭއިންސާފުގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނަން: މަލީހު
މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީ ޕީޖީއަށް
މިނިސްޓަރު ޝިދާތާ އިސްތިއުފާ ދީ: އެމްޑީޕީގެ މެމްބަރުން
ބިލް ފަރުމާކުރީ މަހުޖަނުންނަށް ރެކެވޭ ގޮތަށް: މީކާއިލް
ކަފާލާތުގެ ބިލުން ފައިދާ އޮތީ އެމްޑީޕީއަށް:ޝުޖާއު
އިޒްރޭލު ޕާސްޕޯޓް މަނާކުރާ ބިލް ތާށިވެއްޖެ: އެމްޑީޕީ
ހިލޭ ޑިގްރީ އަކީ ސްކޭމެއް ނޫން، ހުއްޓާނުލާތި:އެމްޑީޕީ
ދަރިވަރުންނަށް ފައިސާ ނުފޮނުވާ ކަމުގެ ޝަކުވާ!