16 ޖުލައި 2024
ކަފާލާތުގެ ދަށުން ބަންދުން ދޫކުރެވޭ ގޮތަށް ޖިނާއީ އިޖްރައާތުގެ ގާނޫނު އިސްލާހު ކުރުމުން އޭގެ ފައިދާ އޮތީ އެމްޑީޕީ އަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ކަފާލާތުގެ ދަށުން ބަންދުން ދޫކުރެވޭ ގޮތަށް ޖިނާއީ އިޖްރައާތުގެ ގާނޫނު އިސްލާހު ކުރުމުން އޭގެ ފައިދާ އޮތީ އެމްޑީޕީ އަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ޝުޖާއު މިހެން ވިދާޅުވީ ޖިނާއީ މައްސަލަތަކުގައި ކުށް ސާބިތުވެ ޖަލު ހުކުމް ތަންފީޒު ކުރަމުންދާ މީހުން ވެސް އިސްތިއުނާފު މަރުހަލާ ނިމެންދެން ކަފާލާތުގެ ދަށުން ބަންދުން ދޫކުރެވޭ ގޮތަށް ސަރުކާރުގެ ފަރާތުން ޖިނާއީ އިޖުރައާތުގެ ގާނޫނަށް ހުށަހެޅި އިސްލާހަށް ބަހުސް ކުރައްވަމުންނެވެ.
އޭނާ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތަހުގީގު ހިނގަމުން ދިޔަ ދުވަސްވަރު ޕީޕީއެމް އިން އެންމެ ބޮޑަށް ވަކާލާތު ކުރީ އެ މައްސަލަ އަށް ކަމަށާއި އެމްޑީޕީގެ ބާރު މަޖިލީހުގައި އޮތް ނަމަވެސް އެފަދަ އެއްވެސް އިސްލާހެއް ގެނެސްފައި ނުވާ ކަމަށެވެ.
ރައްޔިތުން އޭރު އެކަމަށް ވަރަށް ބޮޑަށް އެދިފައިވާތީ ކަފާލާތުގެ ދަށުން ދޫކުރެވޭ ގޮތަށް ގާނޫނެއް ގެންނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ކަމަށާއި މިއަދު އެމްޑީޕީ އިދިކޮޅުގައި އޮއްވާ އެފަދަ ގާނޫނެއް ގެނައުމަކީ ސަރުކާރުގެ ނިޔަތް ރަނގަޅު ކަން ދައްކުވައިދޭ ކަމެއް ކަމަށް ޝުޖާއު ވިދާޅުވި އެވެ.
"ކަފާލާތުގެ ގާނޫނެއް އައުމުން ފޮނި މީރުކަން ލިބޭނެ ކަމަށް އުންމީދު ކުރާނީ ޔަގީނުން ވެސް އެމްޑީޕީން." ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވި ގޮތުގައި މިހާރު އެންމެ ބޮޑަށް ދެކެވެނީ އެމްޑީޕީގެ ވެރިކަމުގައި ކުންފުނިތަކުގައި ހިންގާފައިވާ ބޮޑެތި ކޮރަޕްޝަންގެ ވާހަކަތަކެވެ. އޭގެ ތެރެއިން ކޮންމެވެސް ބަޔަކަށް ދައުވާ ކުރާނެ ކަމަށާއި ސާބިތުވެއްޖެ ނަމަ ބައެއް ފަރާތްތައް ޖަލަށް ވެސް ލާފާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
ކަފާލާތުގެ ގާނޫނެއް އައުމުން ފޮނި މީރުކަން ލިބޭނެ ކަމަށް އުންމީދު ކުރާނީ ޔަގީނުން ވެސް އެމްޑީޕީން -- ޝުޖާއު
އެހެން ނަމަވެސް ކަފާލާތުގެ ގާނޫނު އޮތުމުން އެ ފަރާތްތަކަށް ވެސް އުންމީދެއް އެބައޮތް ކަމަށާއި އެއީ 2018 ގައި ޕީޕީއެމް އަށް އޮތް ފުރުސަތެއް ނޫން ކަމަށް ޝުޖާއު ވިދާޅުވި އެވެ.
"މިސާލެއްގެ ގޮތުން މި ދަންނަވަނީ، އެމްޑީޕީން ވެރިކަމަށް ކުރިމަތިލާ މީހަކު ޖަލަށް ލާފައި އޮތަސް ކަފާލާތުގެ ގާނޫނު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގެނައުމުން އޭނަ އަށް އެބަ އޮތް އުންމީދެއް،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ޖަލުތަކުގައި އިންސާފު ނުލިބިފައި އަދި ވާނުވާ ޖަހާފައި އެތައް ބައިވަރު މީހުން ތިބި އިރު ކަފާލާތުގެ ދަށުން ދޫކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރުމުން އެ މައްސަލަ އަށް ވެސް ބޮޑު ހައްލެއް އަންނާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
ކަފާލާތަކީ ކޯޓުން ކަނޑައަޅާ ޝަރުތުތަކެއްގެ ދަށުން ނުވަތަ ކޯޓުން ކަނޑައަޅާ އަދަދަކަށް ކޯޓުގައި ފައިސާ ބެހެއްޓުމަށް ފަހު ބަންދު ދޫކުރާ އުސޫލެވެ. ޖިނާއީ އިޖުރައާތުގެ ގާނޫނު މިހާރު އޮންނަ ގޮތުން ކަފާލާތު ދެވެނީ ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުންނަށް އެކަންޏެވެ.
އެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން މަނަދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު ހުސްނީ މުބާރަކް ހުށަހެޅުއްވި ބިލުގައިވާ ގޮތުން މީހެއްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމެއް އިސްތިއުނާފް ކޮށްފިނަމަ އެ މައްސަލަ ނިމެންދެން ކަފާލާތުގެ ދަށުން އޭނާ ބަންދުން ދޫކުރެވިދާނެ އެވެ.
ނަމަވެސް މީހުން މެރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި މަސްތުވާތަކެތި ޓްރެފިކް ކުރުން ފަދަ ބޮޑެތި ކުށްތައް ސާބިތުވެފައިވާ މީހުންނަށް ކަފާލާތު ނުދެވޭނެ ކަމަށް އެ ބިލްގައިވެ އެވެ. އިސްތިއުނާފް މަރުހަލާގައި ކުށްވެރިންނަށް ކަފާލާތު ދެވޭނީ އިސްތިއުނާފް މައްސަލާގައި އެކަށީގެންވާ އަސާސެއް އޮތުމާއި އަދި ކޯޓުން ކަނޑައަޅާ ޝަރުތުތަކަށް އަމަލު ކުރާނެ ކަމާއި އަދި އިތުރަށް ބަންދުކޮށްގެން ހާސިލްވާނެ މަސްލަހަތެއް ނެތްކަން އެ މީހާގެ ފަރާތުން ސާބިތުކޮށް ދިނުމުން ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން ދަށު ކޯޓުތަކުގައި ކުށް ސާބިތުވާ މީހުންނަށް ވެސް އަދަބު ކަނޑައެޅުމުގެ ކުރިން ކަފާލާތުގެ އުސޫލުން ދޫކުރެވޭ ގޮތަށް އެ ބިލްގައި ހިމަނާފައިވެ އެވެ. ނަމަވެސް މިގޮތަށް ދޫކުރެވޭނީ އެ މީހަކު ބަންދުން ދޫކުރުމަކީ އިންސާފު ގާއިމްކުރަން މުހިންމު ކަމެއް ކަމުގައި ސާބިތުކޮށް ދިނުމުން ކަމަށް ބިލްގައިވެ އެވެ.
ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ކަފާލާތު ދިނީ 2018 ވަނަ އަހަރު ޖަލުގައި އޭރު ތިއްބެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމަށެވެ.
އެ ތިން ބޭފުޅުން ހައި ކޯޓުން ކަފާލާތުގެ އުސޫލުން ބަންދުން ދޫކުރީ އެ ބޭފުޅުންގެ މައްޗަށް އިއްވި ޖަލު ހުކުމް އިސްތިއުނާފް ކުރަން ހުށަހަޅާފައިވާތީ އިސްތިއުނާފް ނިމެންދެނެވެ.
ނަމަވެސް އޭގެފަހުން ހައި ކޯޓުން ނިންމާފައިވަނީ އިސްތިއުނާފް މަރުހަލާގައި ކަފާލާތު ދެވޭނެ އުސޫލެއް ރާއްޖޭގެ ގާނޫނުގައި ނެތުމުން އެގޮތަށް ކަފާލާތު ނުދެވޭނެ ކަމަށެވެ.
އިސްތިއުނާފް ނިމެންދެން ކުށްވެރިންނަށް ބެއިލް ދޭންވީތަ؟
އިޒްރޭލު ޕާސްޕޯޓް މަނާކުރާ ބިލް ތާށިވެއްޖެ: އެމްޑީޕީ
ހިލޭ ޑިގްރީ އަކީ ސްކޭމެއް ނޫން، ހުއްޓާނުލާތި:އެމްޑީޕީ
ހިލޭ ޑިގްރީ ޕްރޮގްރާމް ހިންގީ ސްކޭމެއް ގޮތަށް: ޝުޖާއު
ދަރިވަރުންނަށް ފައިސާ ނުފޮނުވާ ކަމުގެ ޝަކުވާ!
އިސްތިއުނާފު ނިމެންދެން ކަފާލާތު ދެވޭގޮތަށް ހަދަނީ
ސަރުކާރުގެ އިގްތިސާދީ ރިފޯމް ބިލަށް ތާއީދު: އެމްޑީޕީ
މެމްބަރުންގެ އަދަދު ހިފަހައްޓަން މުޅި މަޖިލިސް ތާއީދު
"ބަނގުރޫޓް"ކޮށްލި ކަމުގެ ތުހުމަތާ އެކު ހޫނު ބަހުސެއް
މަސްވެރިންނަށް ފައިސާ ދޭން ގޮވާލައި ކުއްލި މައްސަލައެއް