ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ގަވައިދުން ނުބާއްވައި، މިނިސްޓަރުންނާ ސުވާލުކުރުން ޖަލްސާތަކަށް އެޖެންޑާނުކޮށް ލަސްކުރާތީ، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް ނަސީމް މަޖިލީހަށް ހުށަހެޅުއްވި ގަރާރު މިއަދު ބޭރުކޮށްލައިފި އެވެ.
05 މެއި 2025
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ގަވައިދުން ނުބާއްވައި، މިނިސްޓަރުންނާ ސުވާލުކުރުން ޖަލްސާތަކަށް އެޖެންޑާނުކޮށް ލަސްކުރާތީ، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް ނަސީމް މަޖިލީހަށް ހުށަހެޅުއްވި ގަރާރު މިއަދު ބޭރުކޮށްލައިފި އެވެ.
އެ ގަރާރު މަޖިލީހަށް ބަލައިގަތުމާ މެދު މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި 61 މެންބަރުން ގަރާރާ ދެކޮޅަށް ވޯޓު ދެއްވި އެވެ. ގަރާރާ އެއްކޮޅަށް ވޯޓު ދެއްވީ އެމްޑީޕީ އަށް ނިސްބަތްވާ 11 މެންބަރެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހަފުތާއަކު ތިން ދުވަހު ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ގަވައިދުގައި ބަޔާންކުރާއިރު، މީގެ ދެ ހަފުތާ ކުރިން އެގޮތަށް ޖަލްސާތައް ބާއްވާފައެއް ނުވެ އެވެ. ޖަލްސާ ނުބޭއްވީ ތަޅުމުގައި ކުރާނެ މަސައްކަތެއް ނެތުމުން ކަމަށް ރިޔާސަތުން ވިދާޅުވެފައި ވެ އެވެ.
މިނިސްޓަރުންނާ ސުވާލުކުރުމަށް 14 ދުވަހުގެ ނޯޓިސްއެއް ދީ، އެ ނޯޓިސް މުއްދަތު ހަމަވުމުން މިނިސްޓަރުން މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރުމުގެ ފުރުސަތު މެންބަރުންނަށް ދޭން ވާނެ ކަމަށް ވެސް މަޖިލީހުގެ ގަވައިދުގައި އޮވެ އެވެ. އެކަމަކު، އެ މުއްދަތު ހަމަވާއިރު ވެސް ބައެއް މިނިސްޓަރުން މަޖިލީހަށް ހާޒިރުކޮށްފައެއް ނުވެ އެވެ.
އެހެންވެ، އޭގެ ކަންބޮޑުވުން ފާޅުކުރައްވައި، މީކައިލް ހުށަހެޅުއްވި ގަރާރުގައި ބުނީ މިނިސްޓަރުންނާ ސުވާލުކުރުން ލަސްކޮށް، މަޖިލީހުގެ ޖަލްސާތައް އާންމު އުސޫލުން ނުބޭއްވުމަކީ މަޖިލީހުގެ ރައީސް އުސޫލާ ހިލާފަށް ކުރައްވާ ކަމެއް ކަމަށެވެ.
އެއީ ވެރިކަން ހިންގުމުގެ ބާރުން ކުރާ ކަންކަން ބަލައި، ޖަވާބުދާރީކުރުވަން މަޖިލީހުގެ މައްޗަށް ގާނޫނުއަސާސީން މަތިކޮށްފައިވާ ދުސްތޫރީ ވާޖިބަށް ހުރަސްއެޅޭ ކަމެއް ކަމަށް ވެސް ގަރާރުގައި ބުންޏެވެ.
ބަހުސުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ މެންބަރުން ވަނީ ގަރާރަށް ފާޑުވިދާޅުވެ، މަޖިލީހުގެ މަސައްކަތްތައް އެންމެ ރަނގަޅަށް ކުރިއަށްދާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް، އެމްޑީޕީގެ މެންބަރުން ވަނީ މަޖިލީހުގެ މަސައްކަތްތަކަށް ރިޔާސަތުން ހުރަސްއަޅަމުންދާ ކަމަށް ވިދާޅުވެފަ އެވެ.
އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް
"ބެންޗު ބަދަލުކުރުމަކީ މުޅި ޖުޑިޝަރީއަށްދޭ ހަމަލައެއް"
މިނިސްޓަރު އިހުސާން ވަކިކުރަން މަޖިލީހަށް ހުށަހަޅައިފި
އޮޅުވާލި ފޯމުތަކުގެ ހެކިންނަށް ފިޔަވަޅު އެޅިތޯ ބަލަނީ
މަޖިލީހުގެ ކުއްލި ޖަލްސާއެއް ބާއްވަން އެމްޑީޕީން އެދެނީ
އިބޫގެ މައްޗަށް ތަހުގީގެއް ހިންގަން އުޅެނީ ބިރުދައްކަން
ގޮނޑި ގެއްލޭ މެންބަރުން ހޮވަން އެމްޑީޕީން އެހީވަނީ
އެމްޑީޕީން ގޮވާލީ ބަޖެޓު ހަރަދުކުރި ގޮތް ހާމަކުރަން!
ސިޔާސީ މުވައްޒަފުންގެ އަދަދާ ގުޅޭ ކުއްލި މައްސަލަ ބޭރު
އިޒްރޭލްޕާސްޕޯޓު މަނާކުރާ ބިލް "ތާށިވި" ސަބަބު ހޯދަނީ