ހައުސިން އަދި ކޮންސްޓްރަކްޝަން މިނިސްޓްރީ ހިންގާ ޓިނު ބިލްޑިންގާއި އެންވަޔަރަންމެންޓް މިނިސްޓްރީ ހިންގާ ގްރީން ބިލްޑިންގުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއް ބާއްވައިދިނުމަށް އެމްޑީޕީން އެދެން ނިންމައިފި އެވެ.
16 ޑިސެމްބަރ 2024
ހައުސިން އަދި ކޮންސްޓްރަކްޝަން މިނިސްޓްރީ ހިންގާ ޓިނު ބިލްޑިންގާއި އެންވަޔަރަންމެންޓް މިނިސްޓްރީ ހިންގާ ގްރީން ބިލްޑިންގުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއް ބާއްވައިދިނުމަށް އެމްޑީޕީން އެދެން ނިންމައިފި އެވެ.
އެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވީ އިއްތިފާގުން އަލިފާނުގެ ހާދިސާ ހިނގީ މަޖިލީހުގެ މި އަހަރުގެ ފަހު ޖަލްސާ ބޭއްވި ދުވަހު ކަމަށާއި އެހެންވެ އެ ހާދިސާއާ ގުޅިގެން މަޖިލިހުގެ ތެރެއިން އެއްވެސް މަސައްކަތެއް ކުރަން ފުރުސަތު ނުލިބޭ ކަމަށެވެ.
އެ މަސައްކަތްތައް ކުރަން ދައުރުން ބޭރުގައި ކުއްލި ޖަލްސާއެއް ބާއްވައިދޭން އެމްޑީޕީން މިއަދު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ދަންނަވާނެ ކަމަށް ނާޒިލް ވިދާޅުވި އެވެ. ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވެނީ މަދުވެގެން 31 މެންބަރުންގެ ސޮޔާ އެކު އެކަމަށް އެދުމުންނެވެ.
އެހެންކަމުން އެފަދަ ޖަލްސާއެއް ހަމައެކަނި އެމްޑީޕީގެ 12 މެންބަރުން އެދިގެން ނުބޭއްވޭނެ ކަމަށާއި އަލިފާނުގެ މި ހާދިސާއަކީ ރައްޔިތުން އިންތިހާ އަށް ކަންބޮޑުވާ މައްސަލައަކަށް ވާތީ ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ ތާއީދު ވެސް ބޭނުންވާ ކަން ނާޒިލް ފާހަގަކުރެއްވި އެވެ.
މަޖިލީހުގެ ކުއްލި ޖަލްސާއެއްގެ އިތުރުން އަލިފާނުގެ ހާދިސާއާ ގުޅޭ ފުރިހަމަ ތަހުގީގެއް މަޖިލީހުގެ 241 ކޮމިޓީން ކުރަން ވެސް އެމްޑީޕީން ވަނީ ހުށަހަޅައިފަ އެވެ.
ނާޒިލް ވިދާޅުވި ގޮތުގައި ހައުސިން މިނިސްޓްރީއާ ޖެހިގެން ހުރި ގްރީން ބިލްޑިންގަށް އަލިފާންގަނޑު ފެތުރި، އެ އިމާރާތް އެއްކޮށް އަނދައިގެން ދިޔުމުގައި އެމްއެންޑީއެފްގެ އިހުމާލު ވަރަށް ބޮޑަށް އެބަ އޮތެވެ. އެހެންވެ އެ މައްސަލަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހަޅަން އެ ޕާޓީން ވަނީ ނިންމައިފަ އެވެ.
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ވިދާޅުވީ، ރައްޔިތުންގެ އެތައް މުދަލަކާއި ލިޔުންތައް ހުރި މުހިންމު ތިން މިނިސްޓްރީއެއް އަނދައިގެން ދިޔުމަކީ ވަރަށް ބޮޑު ކަމެއް ކަމަށާއި ނަމަވެސް، އެކަމުގައި ސަރުކާރުގެ ސީރިއަސް ކަމެއް ނުފެންނަ ކަމަށެވެ.
ގްރީންބިލްޑިން އެނދީ ސިފައިންގެ އިހުމާލުން: އެމްޑީޕީ
"ރިޔާސީ ބަޔާނުން ރައްޔިތުންނަށް ލިބުނީ މާޔޫސްކަން"
"މަސްވެރިންނަށް ފައިސާ ހޯދަދޭން މަސައްކަތް ކުރާނަން"
އެމްޑީޕީގެ ޕީޖީ ލީޑަރަކަށް ނާޒިލް
"އިންޑިއާ އައުޓް" ހުއްޓުވާ ބިލާ މެދު ގޮތެއް ނިންމަނީ
"ފ.އަތޮޅު ވިއްކާލުމަށް ތާއީދުކޮށް ވާހަކަ ނުދައްކަން"
އެ ބޮޑު ގޯހަށް ފަހު އެމްޑީޕީން އަނެއް ކޮޅަށް!
"ބެންޗާ ކުޅެނީ ބޭނުންވާ ކަންތައްތައް ނުވެގެން"
"ބެންޗު ބަދަލުކުރުމަކީ މުޅި ޖުޑިޝަރީއަށްދޭ ހަމަލައެއް"
މެންބަރުން ނެރުނީ މަޖިލިސް ގަވައިދާ ހިލާފަށް: ނާޒިލް