ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
29 އެޕްރީލް 2025
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވީ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހުށަހެޅީ ޕީޖީ ގްރޫޕްގައި ވަރަށް ބޮޑަށް މަޝްވަރާ ކުރުމަށްފަހު 12 މެމްބަރުންގެ ސޮޔާއެކު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެކަމާ ގުޅިގެން އަޅުގަނޑުމެން މި ނޯ ކޮންފިޑެންސް މަޖިލީހަށް ހުށަހެޅީ." ނާޒިލް ވިދާޅުވި އެވެ.
އިދިކޮޅު އެމްޑީޕީން އެ މައްސަލަ ހުށަހަޅާފައިވަނީ މާލޭގެ އިމާރާތެއްގެ ނުވަ ވަނަ ފްލޯއިން މި މަހުގެ 18 ވަނަ ދުވަހު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި މިނިސްޓަރު އަމީނަށް ކުރާ ތުހުމަތުތަކާ ގުޅިގެންނެވެ.
އެ މައްސަލާގައިވާ ގޮތުން އެ ހާދިސާގައި އަމީންގެ އާއިލާ ބަޔަކު ހިމެނޭ ކަމަށާއި އެ ހާދިސާގެ ކުރިން ޒުވާނުންތަކެއް މަސްތުވާތަކެތި ބޭނުންކޮށް ޕާޓީކޮށްފައިވަނީ އަމީން ދިރިއުޅުއްވާ މއ. މާންދޫގޭދެކުނުގައި ކަން ވަނީ ފާހަގަކޮށްފަ އެވެ. އެހެންނަމަވެސް، ފުލުހުން އެ މައްސަލާގައި މައުލޫމާތު އާންމު ކުރުމުގައި އެންމެ ފުރަތަމަ މަސައްކަތް ކޮށްފައިވަނީ އެ މި ކަންކަން ސިއްރު ކުރުމަށް ކަމަށާއި އެ ގެ ބަލައި ފާސްކުރުމަށް ހިންގި އޮޕަރޭޝަންގެ މައުލޫމާތު ވެސް ސިއްރުކޮށްފައިވާ ކަމަށް މައްސަލާގައިވެ އެވެ.
އިތުބާރު ނެތް ކަމުގެ މައްސަލާގައިވާ ގޮތުން މައްސަލާގައި ހިމެނޭ އަމީންގެ އާއިލާ ބޭފުޅުން ހިމާޔަތްކޮށް، ޖިނާއީ ހުކުމަކުން ބަރީއަކުރުމަށް މިނިސްޓަރު އަމީން ފުލުހުންގެ އިދާރާއަށް ނުފޫޒު ފޯރުވާފައިވާ ކަން އެ ކަންކަމުން ހާމަވާ ކަމަށެވެ. އަދި އެއީ މިނިސްޓަރުގެ ހައިސިއްޔަތުން ލިބިގެންވާ ބާރުގެ ބޭނުންކޮށް، އަމިއްލަ މަންފާ އާއި މަސްލަހަތު ކުރިއެރުވުމަށް ހިންގޭ ކަންކަން ކަމަށް ވެފައި މިނިސްޓަރު އަމީން ގާނޫނާ ހިލާފުވެފައިވާ ކަމަށް ވެސް އެ މައްސަލާގައިވެ އެވެ.
ފެންޓޯނިއާގޭގެ ނުވަ ވަނަ ފަންގިފިލާގެ ފެންލައިޓުން، ޖެހިގެން ހުރި ހ. މިޓާޒްގޭގެ ގުދަނުގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓިފައި އޮތްކަން ފުލުހުންނަށް ރިޕޯޓުކުރީ 18 ވަނަ ދުވަހުގެ ހެނދުނު 8:30 ހާއިރު އެވެ.
އެ ޒުވާނާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ހެންވޭރު ޕޮލިސް ސްޓޭޝަން ސަރަހައްދުގައި ކޮންމެ ރެޔަކު ބާއްވަމުންދާ ސިލްސިލާ އެއްވުމުގައި ވެސް ބައެއް މީހުން ވަނީ، އެ މައްސަލައިގެ ތަހުގީގަށް އަމީން ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށް، އޭނާ މަގާމުން ވަކިކުރުމަށް ގޮވާލައިފަ އެވެ.
ނަމަވެސް އަމީން ކުރިން ވިދާޅުވެފައިވަނީ އެ މައްސަލާގައި އެއްވެސް ނުފޫޒެއް ނުފޯރުވާ ކަމަށާއި އަދި އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ވަރުގެ ކަމެއް ނުކުރައްވާ ކަމަށެވެ.
ނަޝީދަކީ ޑިމޮކްރަސީއާ ބީރައްޓެހި ބޭފުޅެއް: އިދިކޮޅު
ފުލުހުންގެ ހައްގުތައް އިދިކޮޅުން ދިފާއުކުރާނެ: އަދުރޭ
މަޖިލީހުގެ ހަމަނުޖެހުންތައް ބަލާނަން: މިނިސްޓަރު
އިބޫ ޖަލުގައި: ހިކުމަތްތެރި ލީޑަރު ގުޑުވައެއް ނުލެވޭނެ
އެ ދުވަހު ސިފައިންނާއި ފުލުހުން ވެސް ގޯސް
ރިޔާޒާއި ފަލާހް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި
މަސީހުގެ ވޯޓާ ގުޅުވައިގެން ދައުވާ ނުކުރެވޭނެ: އިންތި
މަސައްކަތަށް ހުރަސްއަޅާ ކަމަށް ބުނާ ގަރާރު ބޭރު
ހަމަޖެހުން ގެނެވޭނީ އެންމެންގެ ވިސްނުމާއެކު: ފައިސަލް
"ބެންޗު ބަދަލުކުރުމަކީ މުޅި ޖުޑިޝަރީއަށްދޭ ހަމަލައެއް"