ފުލުހުންގެ ހައްގުތައް ދިފާއުކުރަން އިދިކޮޅުން އޮތީ ތައްޔާރަށް ކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
16 ޖޫން 2020
ފުލުހުންގެ ހައްގުތައް ދިފާއުކުރަން އިދިކޮޅުން އޮތީ ތައްޔާރަށް ކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުުވުމެއްގައި އަބްދުއްރަހީމް ވިދާޅުވީ ދިވެހި ފުލުހުންނަކީ ދިވެހިންނަށްޓަކައި ގިނަ ގުރުބާނީތަކެއް ވަމުން އަންނަ ބައެއް ކަމަށެވެ. އަދި އެ މީހުންގެ އަގު ވެއްޓޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރުން ވާހަކަ ދައްކަވަމުން އަންނަ ކަމަށް ވިދާޅުވެ، އެކަމާ މެދު ކަންބޮޑުވާ ކަމަށް ވިދާޅުވި އެވެ.
"އެއްވެސް ސަބަބެއް ނެތި، އެއްވެސް ކަހަލަ އަސްލެއްގެ މައްޗަށް ބިނާކުރުމެއް ނެތި އެމްޑީޕީ ވެރިިކަމަށް އަންނަ ކޮންމެ ފަހަރަކު ދިވެހި ފުލުހުންގެ މުއައްސަސާގެ އަގުވައްޓާލާ ދިވެހި ފުލުހުންނަށް މަލާމާތްކޮށް ފުރައްސާރަކޮށް އެ މީހުންނަށް މަގުމަތީގައި އުޅެން ދަތިވާ ގޮތަށް ކަންތައްތައް އެބަ ގެންދޭ،" އޭނާ ވިދާޅުވި އެވެ.
އަބްދުއްރަހީމް އެހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ހުށަހެޅުއްވި "ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލް" މަޝްވަރާކުރައްވަމުން އެމްޑީޕީގެ މެމްބަރުން، ފުލުހުންނަކީ އެއްވެސް އަހުލާގެއް ނެތް ބައެއް ކަމަށް އިއްޔެ ވިދާޅުވެފައި ވަނިކޮށެވެ. މިފަދަ އަމަލުތައް އިދިކޮޅުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި މިއީ ދިވެހިން ބަލައިގަންނާނެ ފަދަ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ކޯލިޝަން، ޕީޕީއެމް/ޕީއެންސީ ކޯލިޝަން އޮންނާނީ ދިވެހި ފުލުހުންގެ ހައްގުގައި މަސައްކަތްކުރަން ތައްޔާރަށް، ތިބޭފުޅުންގެ ހިދުމަތުގެ އަގު އަޅުގަނޑުމެން އަބަދު ވެސް ވަޒަންކުރާނަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އެ ބިލްގައިވާ ގޮތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ފުލުހުންނާ ގުޅޭ ބޮޑެތި ބާރުތަކެއް ލިބެ އެވެ. މިކަމަށް އިޝާރާތް ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ ގައުމެއްގެ ސަލާމަތީ ކަންތައްތައް ދަމަހައްޓަން ގާއިމްކޮށްފައިވާ މުއައްސަސާތަކަށް ބަދަލުގެނައުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެ މުއައްސަސާއެއްގެ މުވައްޒަފުން ގޯސްކޮށް އަމަލުކުރާ ނަމަ އެ ކަމެއް އިސްލާހުކުރަން ވާނީ އެ މުއައްސަސާގެ އަގުނުވެއްޓޭނެ ފަދަ ގޮތަކަށް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މިއަދު މި ފެންނަ މަންޒަރަކީ އަޅުގަނޑުމެންގެ ފުލުހުންގެ މުއައްސަސާ ވަކި ގޮތަކަށް ބައްޓަން ކުރުމަށް ކުރެވެމުންދާ ކަމެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
މީގެ އިތުރުން ފުލުހުންގެ ހުވާއާ ގުޅޭގޮތުން މަޝްވަރާކުރަމުން އަންނަ ބަދަލުތަކާ މެދު ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
ރެސިޑެންސް ވިސާގެ އިސްލާހު އަނބުރާ ގެންދޭ:އިދިކޮޅު
ނަޝީދަކީ ޑިމޮކްރަސީއާ ބީރައްޓެހި ބޭފުޅެއް: އިދިކޮޅު
"ތެޔޮ ވިޔަފާރީގެ ވާހަކަ ދައްކަނީ ވަހީދު ދެކެ ބިރުން"
ކޮމިޓީތަކުގައި އިދިކޮޅުގެ އަޑު އިއްވެން ޖެހޭނެ: ޝިޔާމް
ސަރުކާރު ނުހުއްޓުވޭނެ، ބަލިކަށްޓެއް ނުވާނެ: ޕީއެންސީ
ވެލިފުކެއް ވެސް އިންޑިއާއަށް ލިބޭ އެއްބަސްވުމެއް ނެތް
އިންސާފުވެރި ނަމަ ސަރުކާރު ބަލިކުރާނަން: އިދިކޮޅު
އިދިކޮޅު 2 ޕާޓީ ޖޫރިމަނާކުރީ 25،000ރ. އިިން
އަދުރޭ އާއި ޝުޖާއު ދޫނިދު އަށް ގެންގޮސްފި
ފުލުހުންގެ ބިލުން ފެންނަނީ ބަދަލު ހިފުން: އިދިކޮޅު