ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކޮށް، އޭނާ މަގާމުން ވަކިކުރަން އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
17 ޖެނުއަރީ 2025
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކޮށް، އޭނާ މަގާމުން ވަކިކުރަން އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
އެމްޑީޕީގެ 12 މެމްބަރުންގެ ސޮޔާއެކު އިއްޔެ ހުށަހެޅި މައްސަލައިގައި ބުނީ އިހުސާން މަގާމާ ހަވާލުވެވަޑައިގެންނެވިތާ އެއް އަހަރާއި ދެ މަސް ދުވަހުގެ ތެރޭގައި މިނިސްޓަރަކު ކޮށްގެން ނުވާނެ އެތައް ކަމެއް ގާނޫނު އަސާސީއާ ހިލާފަށް އޭނާ ކުރައްވާފައިވާ ކަމަށެވެ.
އޭގެ ތެރެއިން މައިގަނޑު ފަސް މައްސަލައެއް ފާހަގަކޮށްފައިވެ އެވެ؛
- ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ކަންކަން ބަލަހައްޓަން އިމިގްރޭޝަނުން ބޭނުންކުރުމަށް ރާއްޖޭގެ ކުންފުންޏަކުން އެކްސްޕެޓް ސިސްޓަމެއް ގާއިމްކޮށްފައި ވަނިކޮށް އެ ނިޒާމް ހުއްޓުވައި، ބްލެކްލިސްޓް ކޮށްފައިވާ މެލޭޝިޔާގެ ބެސްޓިނެޓް ކުންފުންޏާ ހަވާލުކުރުން. އަދި މި އެއްބަސްވުމުގެ ދަށުން އަހަރަކު 460 މިލިއަން ރުފިޔާ ދައްކަން ޖެހުން.
- ފުލުހުންގެ ތަހުގީގުތަކަށް ސިޔާސީ ނުފޫޒު ފޯރުވައި ސަރުކާރަށް ނިސްބަތްވާ މީހުން ހިންގާ ޖިނާއީ ކުށުގެ އަމަލުތައް ތަހުގީގުކުރަން ހުރަސް އެޅުމާއި ފުލުހުންގެ މަސްއޫލިއްޔަތުތައް އަދާކުރަން ތަކުރާރުކޮށް ހުރަސްއެޅުން.
- އެތައް ބައެއްގެ ޒާތީ މައުލޫމާތުތައް ޑީއެންއާރުގެ ޑޭޓާބޭސް ބޭނުންކޮށް ނަގައި، އެ މީހުންގެ ރުހުމަކާ ނުލައި ސަރުކާރު ހިންގާ ޕީއެންސީއަށް ވެއްދުން
- އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފަައިވާ ސައްހަ ނޫން ފޯމުތަކުގައި ހުރި މައުލޫމާތަކީ ޑީއެންއާރު ޑޭޓާބޭސް އަށް އެކްސެސް އޮތް މީހަކަށް ނޫނީ ނުލިބޭނެ މައުލޫމާތަކަށް ވާއިރު، ޑީއެންއާރުގެ ޑޭޓާބޭސްގެ ހުރިހާ ކަމެއް ބަލަހައްޓަނީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އިހުސާންގެ ބެލުމުގެ ދަށުންކަން
އެމްޑީޕީން ހުށަހެޅި މައްސަލައިގައި ބުނީ ޕީއެންސީއަށް މެމްބަރުން އިތުރުކުރުމުގައި އިހުސާން އަމަލީ ސިފައެއްގައި ބައިވެރިވެ، ސައްހަ ނޫން ފޯމުތައް ހުށަހެޅުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ޑީއެންއާރުގެ ވަސީލަތްތަކާއި މުވައްޒަފުން ބޭނުންކޮށްގެން، އެ އޮފީހުގެ ތެރޭގައި ސީދާ އިހްސާންގެ ބެއްލެވުމުގެ ދަށުންކަން ހާމަވެގެން ގޮސްފައިވާ ކަމަށެވެ.
ފުލުހުންނާއި ޑީއެންއާރާއި އިމިގްރޭޝަނާއި ކޮމިއުނިކޭޝަން އޮތޯރިޓީގެ މަސްއޫލުވެރި މިނިސްޓަރަކީ އިހުސާނު ކަމަށް ވާއިރު އަދި ގާނޫނުތަކާ ހިލާފަށް ހިންގާފައިވާ ކަންކަމުގެ ތެރޭގައި ޖިނާއީ ކުށް ހިމެނޭތީ، އެ މަގާމުގައި އޭނާ ހުރެއްޖެނަމަ ޖިނާއީ ތަހުގީގަށް ހުރަސްއެޅުމުގެ އިހުތިމާލު އޮންނާނެ ކަމަށް އެ މައްސަލާގައިވެ އެވެ. .
"އޭނާ އެ މަގާމުގައި އިތުރަށް ހުރުމަކީ ރައްޔިތުންގެ އެތައް ހައްގެއް ގެއްލި، ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރި ކަމަށް ބުރޫ އަރާފާނެ ކަމެއް ކަމަށް ގަބޫލު ކުރެވެ އެވެ،" އެ މައްސަލައިގައި ވެ އެވެ.
އެހެންކަމުން އިހްސާން މަގާމުން ވަކިކުރަން ހުށަހެޅީ ކަމަށް އެ މައްސަލާގައިވެ އެވެ.
އިހްސާން މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހެޅި ނަމަވެސް، އިތުބާރު ނެތްކަމުގެ ވޯޓަކުން ވަޒީރަކު މަގާމުން ވަކިކުރަން ބޭނުންވާ މިންވަރަށް އެމްޑީޕީގެ މެމްބަރުން މަޖިލީހުގައި ނެތެވެ. އަދި މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ކޮންޓްރޯލް ކުރަނީ ސަރުކާރު ހިންގާ ޕީއެންސީންނެވެ.
18އަހަރުވުމުން ޕާޓީއަށް ވައްދަންއުޅޭ ވާހަކަ ދޮގުކޮށްފި
ފަޒްނާގެ ފޮޓޯގައި ގެންގުޅެނީ އެމްޑީޕީ ވޯޓާސް ލިސްޓު!
އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މާދަމާ
"ބެންޗު ބަދަލުކުރުމަކީ މުޅި ޖުޑިޝަރީއަށްދޭ ހަމަލައެއް"
އޮޅުވާލި ފޯމުތަކުގެ ހެކިންނަށް ފިޔަވަޅު އެޅިތޯ ބަލަނީ
މަޖިލީހުގެ ކުއްލި ޖަލްސާއެއް ބާއްވަން އެމްޑީޕީން އެދެނީ
އިބޫގެ މައްޗަށް ތަހުގީގެއް ހިންގަން އުޅެނީ ބިރުދައްކަން
ގޮނޑި ގެއްލޭ މެންބަރުން ހޮވަން އެމްޑީޕީން އެހީވަނީ
ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ތިބޭނަން: އެމްޑީޕީ
"ރިޔާސީ ބަޔާނުގައި އޮތީ ކުރީ ސަރުކާރުގެ މަސައްކަތް"