Roadha Mihaaru

ސަރުކާރު ޖަވާބުދާރީ ކުރުވާ ޕާޓީއެއްގެ ގޮތުގައި ދެމިތިބޭނަން: އެމްޑީޕީ

އިއްޔެ ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުން ބޮޑު ބައްޔެއް ވި ނަމަވެސް ސަރުކާރު ޖަވާބުދާރީ ކުރުވައި ޑިމޮކްރެޓިކް ހަމަތައް ނަގަހައްޓާ ޕާޓީއެއްގެ ގޮތުގައި ދެމިއޮންނާނެ ކަމަށް އެންމެ ބޮޑި އިދިކޮޅު ޕާޓީ އެމްޑީޕީން ބުނެފި އެވެ.

ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ތިބޭނަން: އެމްޑީޕީ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

22 އެޕްރީލް 2024

އިއްޔެ ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުން ބޮޑު ބައްޔެއް ވި ނަމަވެސް ސަރުކާރު ޖަވާބުދާރީ ކުރުވައި ޑިމޮކްރެޓިކް ހަމަތައް ނަގަހައްޓާ ޕާޓީއެއްގެ ގޮތުގައި ދެމިއޮންނާނެ ކަމަށް އެންމެ ބޮޑި އިދިކޮޅު ޕާޓީ އެމްޑީޕީން ބުނެފި އެވެ.

އިއްޔެގެ އިންތިހާބުގައި ސުޕަ މެޖޯރިޓީއަކާ އެކު ބޮޑު ކާމިޔާބީއެއް ހޯދީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އެވެ. މިހާރު ހިނގަމުން އަންނަ މަޖިލިހުގައި މިހާރު މެޖޯރިޓީ ޕާޓީއެއްގެ ގޮތުގައި އޮތް އެމްޑީޕީ އަށް އިއްޔެ ހޯދުނީ ވަގުތީ ނަތީޖާ ދައްކާ ގޮތުން 20 ވަނަ މަޖިލިހުގެ އެންމެ 12 ގޮނޑި އެވެ. ޕީއެންސީން 71 ގޮނޑި ނެގި އެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ، މަޖިލިސް އިންތިހާބު ކާމިޔާބުކުރި ކެންޑިޑޭޓުންނަށް މަރުހަބާ ކިޔާ ކަމަށާއި އެއީ ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓައި ރައްޔިތުންގެ ހެވާއި ލާބަ އަށް މަސައްކަތްކުރާ ބަޔަކަށް ވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

އެމްޑީޕީން ބުނީ އެ ޕާޓީން އެދެނީ ކުރިއަށް އޮތް 20 ވަނަ މަޖިލީހަކީ ވެސް ރާއްޖޭގެ ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓައި، ރައްޔިތުންގެ ހެވާއި ލާބައަށް އަދި ރާއްޖޭގެ ތަރައްގީ އަށް ފަށާފައިވާ މަސައްކަތްތަކަށް ހުއްޓުމެއް ނައިސް ކުރިއަށް ގެންދާ މަޖިލީހަކަށް ވުން ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އެންމެ ބޮޑު އެއް ޒިންމާއަކީ ސަރުކާރު ޖަވާބުދާރީ ކުރުން ކަމުގައި ވާއިރު, މިއަދުގެ އިންތިހާބު ކާމިޔާބުކުރެއްވި ހުރިހާ ކެންޑިޑޭޓުން ވެސް އެ މަސައްކަތް އެއްވެސް ފަސްޖެހުމެއް ނެތި ކުރައްވަމުން ގެންދަވާނެ ކަމުގައި މި ޕާޓީން ޔަގީން ކުރަމެވެ،" އެ ބަޔާނުގައި ބުންޏެވެ.