Roadha Mihaaru
ބޮޑު ދެ އިންތިހާބުން އެމްޑީޕީ ބަލިވި ސަބަބު ބަލަނީ!

ބޮޑު ދެ އިންތިހާބުން އެމްޑީޕީ ބަލިވި ސަބަބު ބަލަނީ!

02 މެއި 2024

މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުންނާއި މިދިޔަ މަހު ބޭއްބި 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުން އެމްޑީޕީ އަށް ބޮޑު ބަައްޔަކާ ކުރިމަތިލާން ޖެހުނު ސަބަބުން ބަލައި އެކަން ދަނެގަނެ ކަންކަން ރަނގަޅު ކުރަން އެ ޕާޓީގެ ގައުމީ މަޖިލިހުން ރޭ ފާސްކޮށްފި އެވެ.

މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުންނާއި މިދިޔަ މަހު ބޭއްބި 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުން އެމްޑީޕީ އަށް ބޮޑު ބަައްޔަކާ ކުރިމަތިލާން ޖެހުނު ސަބަބުން ބަލައި އެކަން ދަނެގަނެ ކަންކަން ރަނގަޅު ކުރަން އެ ޕާޓީގެ ގައުމީ މަޖިލިހުން ރޭ ފާސްކޮށްފި އެވެ.

މިދިޔަ މަހުގެ 21 ގައި ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ބޮޑު ބައްޔަށް ފަހު އެ ޕާޓީގެ ފުރަތަމަ ގައުމީ މަޖިލިހުގެ ބައްދަލުވުން ރޭ ބާއްވައި އެއްބަސްވީ ބަލިބި ސަބަބު ދަނެގަނެ، މަގު ޗާޓެއް އެކުލަވައިލަން ކަމަށް ޗެއާޕާސަން ފައްޔާޒު އިސްމާއިލް ނޫސްވެރިން ގާތު ވިދާޅުވި އެވެ.

ގައުމީ މަޖިލިހުގެ ބައްދަލުވުމަށް ފަހު ބޭއްވި ނިއުސް ކޮންފަރެންސްގައި އޭނާ ވިދާޅުވީ، އިދިކޮޅު އެމްޑީޕީގެ ކުރިމަގު ދެން ބައްޓަން ކުރަން އެނގޭނީ ދެ އިންތިހާބުގައި އެހާ ބޮޑު ބައްޔަކުން ބަލިވި ސަބަބު ބަލަން ކުރާ ދިރާސާ އަށް ފަހު ކަމަށެވެ.

"އަޅުގަނޑުމެން އެ ކެމްޕެއިން ކުރި ގޮތުގެ މައްސަލައެއްތޯ ލީޑަޝިޕްގެ މައްސަލައެއްތޯ ނޫނިއްޔާމު ދިވެހިރާއްޖޭގެ ސިޔާސީ މާހައުލަށް އައިސްފައި އޮތް ބަދަލުތަކަކީ ކޮބައިތޯ؟ މި ހުރިހާ ކަމެއް ދެނެގަތުމަށް ފަހު އަޅުގަނޑުމެން ކުރިއަށް ގެންދާނީ،" ފަހަކަށް އައިސް އިންތިހާބުތަކުން އެމްޑީޕީ ބަލިވަނީ އަމިއްލަ އަށް ކުރާ އެންޓި ކެމްޕެއިންގެ ސަބަބުންތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފައްޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރާއިރު، އެ އިރެއްގައި އޮންނަ ސަރުކާރެއްގެ ކަމުނުދާ ވާހަކަތައް އަބަދުވެސް ދައްކާނެ ކަމަށާއި އެއީ ކުރިން ވެސް އެމްޑީޕީން އަމަލުކުރި ގޮތް ކަމަށެވެ.

"އެހެން ނަމަވެސް ކުރިއަށް އޮތް ތާނގައި މި ދެންނެވި ދިރާސާގެ އަލީގައި ކުރިއަށް ގެންދާނެ ގޮތްތަކެއް ނިންމާނަން،" ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ބޮޑު ބައްޔަށް ފަހު އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލިހުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.---ފޮޓޯ: އެމްޑީޕީ

ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ބޮޑު ބައްޔަށް ފަހު އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލިހުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.---ފޮޓޯ: އެމްޑީޕީ

ވިހި ވަނަ ރައްޔިތުންގެ މަޖިލިހުގައި އެމްޑީޕީ އަށް ހޯދުނީ އެންމެ 12 ގޮނޑި އެވެ. ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އިން އެކަނި 66 ގޮނޑި ނެގިއިރު، ކުރިން ޕީއެންސީގައި ތިބެފައި އަމިއްލަ ގޮތުން ވާދަކުރެއްވި ބައެއް ކެންޑިޑޭޓުންނާއި ޕީއެންސީން ތާއީދުކުރި ކެންޑިޑޭޓުންނާ އެކު 77 ގޮނޑި ވަނީ ލިބިފަ އެވެ. އަމިއްލަ ގޮތުން ވާދަކުރެއްވި ހަތް ބޭފުޅަކު ވެސް އިންތިހާބަށް ފަހު ވަނީ ޕީއެންސީ އަށް ސޮއިކުރައްވައިފަ އެވެ. އެހެންވެ، 20 ވަނަ މަޖިލިހުގެ ސުޕަ މެޖޯރިޓީ ޕާޓީއަކަށް ވާނީ ޕީއެންސީ އެވެ.

ދެން ތެދުގެ ޚަބަރުތައް ގެނެސްދިނުން އެއީ އެންޓި ކެމްޕެއިންގެ ގޮތުގައި ބަޔަކަށް ތަސައްވުރު ކުރެވެންޏާ އެއީ އަޅުގަނޑުމެން ކުރާނެ ކަމެއް ނޫން. އެހެން ނަމަވެސް އަބަދުވެސް އެމްޑީޕީ އުފެދުނީއްސުރެ އެމްޑީޕީން މަސައްކަތް ކުރަމުން އައިސްފައި އޮތީ ހަގީގަތާ އެއްގޮތަށް ތެދު ރައްޔިތުންނާ ހަމައަށް ގެނެސްދޭން،"--- ޝާހިދު

މި ފަހަރުގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީ ބަލިވުމުގެ އެއް ސަބަބަކީ މިހާރުގެ ސަރުކާރާ ދެކޮޅަށް ކުރި އެންޓި ކެމްޕެއިން ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. ފައްޔާޒު ރޭ ވިދާޅުވީ، އެއީ ހަގީގީ ސަބަބުކަން ވެސް އެނގޭނީ ކުރާ ދިރާސާ އަށް ފަހު ކަމަށެވެ.

އެމްޑީޕީގެ ރައީސް އަދި ކުރީގެ ސަރުކާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، އެމްޑީޕީއަކީ އެއްވެސް އިރެއްގައި އެންޓި ކެމްޕެއިން ކުރާ ބައެއް ނޫން ކަަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީން ކުރާ ކަމަކީ ރައްޔިތުންނަށް ހަގީގަތް ސާފުކޮށްދިނުމެވެ.

"ދެން ތެދުގެ ޚަބަރުތައް ގެނެސްދިނުން އެއީ އެންޓި ކެމްޕެއިންގެ ގޮތުގައި ބަޔަކަށް ތަސައްވުރު ކުރެވެންޏާ އެއީ އަޅުގަނޑުމެން ކުރާނެ ކަމެއް ނޫން. އެހެން ނަމަވެސް އަބަދުވެސް އެމްޑީޕީ އުފެދުނީއްސުރެ އެމްޑީޕީން މަސައްކަތް ކުރަމުން އައިސްފައި އޮތީ ހަގީގަތާ އެއްގޮތަށް ތެދު ރައްޔިތުންނާ ހަމައަށް ގެނެސްދޭން،" ޝާހިދު ވިދާޅުވި އެވެ.

މިދިޔަ މަހު ބޭއްވި މަޖިލިސް އިންތިހާބުގައި އެމްޑީޕީން އެންޓި ކެމްޕެއިން ކުރި މައްސަލަ ޕީއެންސީން ވެސް އޮތީ ނަގައިފަ އެވެ.