ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސްކޮށް، ރޯދަމަސް ތެރޭގައި އެއްވެސް އިންތިހާބެއް ނުބޭއްވޭ ގޮތަށް އިންތިހާބާ ބެހޭ ގާނޫނަށް އިސްލާހު ގެނައި ބިލް ދެ ވަނަ ފަހަރަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރުމަށް ފަހު ވެސް އެ އިންތިހާބު އޮންނާނީ ރޯދަމަހު ކަމަށް ދޭހަވާ އިބާރާތަކުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވާހަކަފުޅު ދައްކަވައިފި އެވެ.
28 ފެބުރުއަރީ 2024
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސްކޮށް، ރޯދަމަސް ތެރޭގައި އެއްވެސް އިންތިހާބެއް ނުބޭއްވޭ ގޮތަށް އިންތިހާބާ ބެހޭ ގާނޫނަށް އިސްލާހު ގެނައި ބިލް ދެ ވަނަ ފަހަރަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރުމަށް ފަހު ވެސް އެ އިންތިހާބު އޮންނާނީ ރޯދަމަހު ކަމަށް ދޭހަވާ އިބާރާތަކުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވާހަކަފުޅު ދައްކަވައިފި އެވެ.
ނ. ހޮޅުދު އަށް މިއަދު ހަވީރު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މަޖިލިސް އިންތިހާބު އޮންނާނީ އިލެކްޝަންސް ކޮމިޝަނުން ކުރިން ވެސް ކަނޑައަޅާފައިވާ ތާރީހު ކަމަށްވާ އަންނަ މަހުގެ 17 ގައި ކަން ވަރަށް ހަރު އަޑުން ވިދާޅުވެފަ އެވެ. ރައީސް މުއިއްޒު އެހެން ވިދާޅުވީ، ބެލެވޭ ގޮތުގައި އެ މަނިކުފާނު ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުވާލެއްވި ބިލް ދެ ވަނަ ފަހަރަށް މަޖިލިހުން މިއަދު ފާސްކުރި ނަމަވެސް އެ ތަސްދީގު ނުކުރައްވާނެ ކަމުގެ އިޝާރާތެއް ދެއްވުމުގެ ގޮތުންނެވެ.
"17 މާޗުގައި އޮންނަ އިންތިހާބުގައި ތިޔަބޭފުޅުން ނިންމައި ދެއްވަންވީ މުސްތަގުބަލް. އަޅުގަނޑު އުއްމީދު ކުރަނީ ރައްޔިތުން އެދޭ މިސްރާބަށް ގެންދިއުމަށް އަތުކުރި އޮޅާލައިގެން ސަރުކާރާ އެކު ކުރިއަށް ދާން،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު މިއަދު ވަނީ އިދިކޮޅު އެމްޑީޕީ އަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ މިހާރު ފެންނަނީ ރައްޔިތުންގެ މަޖިލީހުން ޝަރުއީ ދާއިރާގެ މައްޗަށް ވެސް ބާރު ހިންގާ ތަން ކަމަށާއި ސުޕްރީމް ކޯޓުން އަމުރެއް ނެރުނަސް ރައްޔިތުންގެ މަޖިލިސް ކުރިމަތީގައި އެއްވެސް އެއްޗަކަށް އެ ނުވާނެ ކަމަށެވެ.
އެ ބައެއްގެ މައްޗަށް ބާރުގަދަ އެހެން ބަޔަކު އަންގާ އެންގުމަކަށް އޮޕަރޭޓު ކުރާ، ބޭނުން ގޮތަކަށް ވޯޓު ދިނުމުގައި ތަބާވާ އަޅުންތަކެއް ގޮތުގައި ތިބޭ މެންބަރުންތަކެއް މަޖިލީހަށް ވެއްދުމަކީ އެއީ މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ފެނުނު މަންޒަރު ތަކުރާރުވެ، ދުވަހަކު ވެސް ރާއްޖެއަށް އަނބުރާ ދެން އިޔާދަ ނުކުރެވޭނެ ހިސާބަށް އަޅުގަނޑުމެންގެ ގައުމުގެ ކަންކަން ދާނެ ކަމަކަށްވާނެ."--- ރައީސް
ރައީސް އެ އިޝާރަތް ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރަށެވެ. އެ އަމުރާ ހިލާފަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެސް ޖުމްލަ މެންބަރުން ކަމަށް ގުނާފައިވަނީ ހުސްވެފައިވާ ގޮނޑިތައް ނުހިމަނައި 80 ކަމަށެވެ. ސުޕްރީމް ކޯޓުގެ އަމުރާ އެއްގޮތަށް ޖުމްލަ މެންބަރުންގެ އަދަދު ނުގުނުމަށް މަޖިލީހުން ވަނީ ފާސް ވެސް ކޮށްފަ އެވެ.
"މި ރާއްޖޭގައި މިހާރު ކަންކަން ގޮސްފައިވާ ހިސާބަކީ ތިން ބާރު އޮންނައިރު، އަޅުގަނޑުމެންނަށް މި ފެންނަނީ ޝަރުއީ ދާއިރާގެ މައްޗަށް ރައްޔިތުންގެ މަޖިލީހުން ބާރު ހިންގާ ތަން. ސުޕްރީމް ކޯޓުން އަމުރެއް ނެރުނަސް އެ އަމުރު ނުވޭ އެއްވެސް އެއްޗަކަށް ރައްޔިތުން މަޖިލީހުގެ ކުރިމަތީގައެއް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
"އެ ބައެއްގެ މައްޗަށް ބާރުގަދަ އެހެން ބަޔަކު އަންގާ އެންގުމަކަށް އޮޕަރޭޓު ކުރާ، ބޭނުން ގޮތަކަށް ވޯޓު ދިނުމުގައި ތަބާވާ އަޅުންތަކެއް ގޮތުގައި ތިބޭ މެންބަރުންތަކެއް މަޖިލީހަށް ވެއްދުމަކީ އެއީ މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ފެނުނު މަންޒަރު ތަކުރާރުވެ، ދުވަހަކު ވެސް ރާއްޖެއަށް އަނބުރާ ދެން އިޔާދަ ނުކުރެވޭނެ ހިސާބަށް އަޅުގަނޑުމެންގެ ގައުމުގެ ކަންކަން ދާނެ ކަމަކަށްވާނެ."
އެހެންވެ، ރައީސް ވަނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ރައްޔިތުން ވިސްނެވުމަށް އެދިވަޑައިގެންފަ އެވެ.
ރައްޔިތުން ބޭނުންވާ ގޮތަށް، ރައްޔިތުން އެދޭ އަމާޒަށް ވާސިލުވުމަށް ސަރުކާރުން ކުރާ މަސައްކަތުގައި ރައްޔިތުންނާ އެކު ތިބޭނެ ކަމުގެ ޔަގީން ކަން އޮތް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
އިންތިހާބު އޮންނާނެ ތާރީހަކީ ރޯދަމަސް ތެރެ ކަމަށް ރައީސް މިއަދު ވިދާޅުވިއިރު ސުޕްރީމް ކޯޓުން މީގެ ކުރިން އިއްވާފައިވާ ހުކުމްގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުން ދެ ވަނަ ފަހަރަށް ބިލެއް ފާސްކުރުމުން، އެ ބިލެއް ވަގުތުން ވަގުތަށް ތަސްދީގު ކުރަން ޖެހޭނެ ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ވަނީ ބުނެފަ އެވެ.
ރޯދަ މަސް ތެރޭ އިންތިހާބު ނުބޭއްވޭ ގޮތަށް ފާސްކުރި ބިލް ތަސްދީގު ނުކުރައްވައި ރައީސް ފޮނުވާލެއްވީ އެ ބިލް ގާނޫނުއަސާސީއާ ފުށުއަރާ ކަމަށް ވިދާޅުވެ، ފަސް ކަމެއް ފާހަގަކުރެއްވުމަށް ފަހު އެވެ. ރައީސް މުއިއްޒު އެ ބިލް އަނބުރާ ފޮނުވައިލެއްމުން އެއްވެސް ބަދަލެއް ނުގެނެސް އަލުން ފާސްކުރުމުގެ ފުރުސަތު މަޖިލީހަށް ލިބެ އެވެ. އެގޮތަށް ދެ ވަނަ ފަހަރަށް މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ބިލު ފާސް ކޮށްފި ނަމަ ރައީސް އެ ބިލް ތަސްދީގު ކުރައްވަން ޖެހިވަޑައިގަންނަވަ އެވެ. އެކަމަށް ވަކި މުއްދަތެއް ގާނޫނުއަސާސީގައި ބަޔާންކޮށްފައެއް ނެތެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މަޖިލީހުން ދެ ވަނަ ފަހަރަށް ފާސްކުރި ބިލެއް ތަސްދީގު ނުކޮށް ލަސްކުރުމުން އޭރު ފޮނަދޫ ދާއިރާގެ މެންބަރު އަދި މިހާރުގެ ރައީސް މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅުއްވި އެވެ. އެ މައްސަލާގެ ހުކުމްގައި ބުނެފައިވަނީ އިންސާނީ ބާރު ނުފޯރާ ފަދަ އިހުތިޔާރުން ބޭރު ސަބަބެއް މެދުވެރިވެގެން މެނުވީ ލަސްކުރުމަކާ ނުލައި ރައޫސުލްޖުމްހޫރިއްޔާ ބިލް ތަސްދީގު ކުރަން ވާނެ ކަމަށެވެ.
ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން އިންތިހާބު ބާއްވަން ޖެހޭނީ މި އަހަރުގެ އޭޕްރީލް 20 ގަ އެވެ.
ރޯދަމަސް ތެރޭގައި އިންތިހާބު ބޭއްވުމަކީ އީސީގެ ވެސް ކަންބޮޑުވާ މައްސަލައެކެވެ. އެއީ، އެ ކޮމިޝަންގެ މެންބަރުން މަޖިލީހުގައި ވިދާޅުވި ގޮތުގައި ރޯދަމަސް ތެރޭގައި އިންތިހާބު ބާއްވައިފި ނަމަ ވޯޓު ލާން ނުކުންނަ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދު ވާނެ ކަމަށް ލަފާ ކުރެވޭތީ އެވެ. އޮފިޝަލުން ހޯދުމާއި ތަމްރީން ކުރުމާއި އެހެނިހެން މަސައްކަތްތަކަށް ވެސް ވަރަށް އުނދަގޫ ވާނެ ކަމަށް އެ ކޮމިޝަނުން ގަބޫލު ކުރެ އެވެ.
ހުކުމާ ގުޅިގެން ބަދަލެއް ގެންނަން ނުޖެހޭ: އެމްޑީޕީ
ރޯދައިގެ ކުރިން އިންތިހާބު ބާއްވަން އެދުނިން: ރައީސް
"މިއަދުން މިއަދަށް ރައީސް ބިލް ތަސްދީގު ކުރަންޖެހޭނެ"
ރޯދަމަހު އިންތިހާބު ނުބޭއްވޭ ގޮތަށް އަނެއްކާ ފާސްކޮށްފި
އިންތިހާބު ފަސްކުރާ ބިލާ މެދު ގޮތެއް ނިންމުން މިއަދު
ރައީސް ބޭނުންފުޅުވަނީ ސަރުކާރަށް ހުރަސްނާޅާ މަޖިލީހެއް
އަބްދުއްރަހީމް މަޖިލިހުގެ ރައީސްކަމަށް، ދިނީ ޔަގީންކަން
"ޕާޓީ ބަދަލުކުރުމުގެ ފުރުސަތު ދައުރުގެ ކުރިން ލިބޭ"
"ރައްޔިތުންގެ އިތުބާރާއެކު ތަރައްގީގެ ދުވެލި ބާރުވާނެ"
ހުޅުމާލޭގެ ގޮނޑިތައް ދެއްވަދޫގެ އެއް އާއިލާއަށް