ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށްފި އެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށްފި އެވެ.
އިދިކޮޅު އެމްޑީޕީގެ 12 މެމްބަރުންގެ ސޮޔާ އެކު ހުށަހެޅި އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ބުނީ އޭނާ މަގާމާ ހަވާލުވެވަޑައިގެންނެވިތާ އެއް އަހަރާއި ދެ މަސް ދުވަހުގެ ތެރޭގައި މިނިސްޓަރަކު ކޮށްގެން ނުވާނެ އެތައް ކަމެއް ގާނޫނު އަސާސީއާ ހިލާފަށް ކުރައްވާފައިވާ ކަމަށެވެ. އޭގެ މައިގަނޑު ކަމަކަށް ފާހަގަކޮށްފައި އޮތީ ޑީއެންއާރު ޑޭޓާތައް ބޭނުންކޮށްގެން ޕީއެންސީ އަށް މީހުން ވެއްދުމުގެ ތުހުމަތެވެ.
އެ މައްސަލާގައި ޖަވާބު ދާރީވާން، އިހުސާނަށް އެއް ގަޑިއިރުގެ ވަގުތު ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ނިންމައިފަ އެވެ. އިތުބާރު ނެތް ކަމުގެ މައްސަލައެއްގެ ޖުމްލަ ވަގުތަކީ ދެ ގަޑިއިރެވެ.
މަޖިލީހުގެ ޖަލްސާ މާދަމާ ހެނދުނު 9:00 ގައި ފަށާއިރު، އިހުސާނުގެ މައްސަލަ އޮތީ އެޖެންޑާގެ ފުރަތަމަ އައިޓަމްގެ ގޮތުގަ އެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅި ފުރަތަމަ ފަހަރެވެ.
ވެރިކަން ހިންގާ ޕީއެންސީގެ ސާފު އަޣުލަބިއްޔަތު މަޖިލީހުގައި އޮތް އިރު، މި މައްސަލަ އިހުސާނާ ދެކޮޅަށް ފާސްވުން ވަރަށް ނާދިރެވެ. މި މައްސަލާގައި ޕީއެންސީން ވިޕެއް ނެރުނު ކަމެއް އަދި ނޭނގެ އެވެ.
- ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ކަންކަން ބަލަހައްޓަން އިމިގްރޭޝަނުން ބޭނުންކުރުމަށް ރާއްޖޭގެ ކުންފުންޏަކުން އެކްސްޕެޓް ސިސްޓަމެއް ގާއިމްކޮށްފައި ވަނިކޮށް، އެ ނިޒާމް ހުއްޓުވައި، ބްލެކްލިސްޓް ކޮށްފައިވާ މެލޭޝިއާގެ ބެސްޓިނެޓް ކުންފުންޏާ ހަވާލުކުރުން. މި އެއްބަސްވުމުގެ ދަށުން އަހަރަކު 460 މިލިއަން ރުފިޔާ ދައްކަން ޖެހުން.
- ފުލުހުންގެ ތަހުގީގުތަކަށް ސިޔާސީ ނުފޫޒު ފޯރުވައި ސަރުކާރަށް ނިސްބަތްވާ މީހުން ހިންގާ ޖިނާއީ ކުށުގެ އަމަލުތައް ތަހުގީގުކުރަން ހުރަސް އެޅުމާއި ފުލުހުންގެ މަސްއޫލިއްޔަތުތައް އަދާކުރަން ތަކުރާރުކޮށް ހުރަސްއެޅުން.
- އެތައް ބައެއްގެ ޒާތީ މައުލޫމާތުތައް ޑީއެންއާރުގެ ޑޭޓާބޭސް ބޭނުންކޮށް ނަގައި، އެ މީހުންގެ ރުހުމަކާ ނުލައި ސަރުކާރު ހިންގާ ޕީއެންސީއަށް ވެއްދުން.
- އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފަައިވާ ސައްހަ ނޫން ފޯމުތަކުގައި ހުރި މައުލޫމާތަކީ ޑީއެންއާރު ޑޭޓާބޭސް އަށް އެކްސެސް އޮތް މީހަކަށް ނޫނީ ނުލިބޭނެ މައުލޫމާތަކަށް ވާއިރު، ޑީއެންއާރުގެ ޑޭޓާބޭސްގެ ހުރިހާ ކަމެއް ބަލަހައްޓަނީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އިހުސާންގެ ބެއްލެވުމުގެ ދަށުންކަން.
ޣައްސާނާއި އިހުސާންއަށް ވެސް ރުހުން ނުދޭން ވިސްނަނީ
އިތުބާރު ގެއްލޭ ކަމެއް ކޮށްފައެއް ނޯންނާނެ: ފައްޔާޒު
ފައްޔާޒުގެ އިތުބާރު ނެތްކަމުގެ ވޯޓަކަށް ތައްޔާރުވަނީ
އެ އުޅެނީ ދައުލަތް ހުއްޓުވާލަން، ސަމާލުވޭ: ނިހާން
ފަޒްނާގެ ފޮޓޯގައި ގެންގުޅެނީ އެމްޑީޕީ ވޯޓާސް ލިސްޓު!
މިނިސްޓަރު އިހުސާން ވަކިކުރަން މަޖިލީހަށް ހުށަހަޅައިފި
އޮޅުވާލި ފޯމުތަކުގެ ހެކިންނަށް ފިޔަވަޅު އެޅިތޯ ބަލަނީ
ބައެއް ވަޒީރުންނަށް ރުހުން ނުދިނީ ބޭރު ބަޔަކު ރުއްސަން
މަޖިލީހުން ބުނީ ފިލްޒާ ރަސްމީ ލަފައެއް ނުދެއްވާ ކަމަށް
ފިލްޒާ ލަފާދިނީ ރުހުންނުދޭ ނަމެއް ދެންނުފޮނުވޭ ގޮތަށް