10 ޑިސެމްބަރ 2024
މި ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލިހުން ގާނޫނުއަސާސީ އަށް ގެނެސްފައިވާ އިސްލާހުގެ ދަށުން، އިދިކޮޅު އެމްޑީޕީއާ ގުޅިގެން ގޮނޑި ގެއްލޭ މެންބަރުން އަލުން ހޮވަން ތާއީދުކޮށް އެކަމަށް މަސައްކަތް ކުރުމަށް އެއްބަސްވުމަށް އިގުރާރުވެ އެމްޑީޕީ ގައުމީ މަޖިލީހުން ގަރާރެއް ފާސްކޮށްފި އެވެ.
މި ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލިހުން ގާނޫނުއަސާސީ އަށް ގެނެސްފައިވާ އިސްލާހުގެ ދަށުން، އިދިކޮޅު އެމްޑީޕީއާ ގުޅިގެން ގޮނޑި ގެއްލޭ މެންބަރުން އަލުން ހޮވަން ތާއީދުކޮށް އެކަމަށް މަސައްކަތް ކުރުމަށް އެއްބަސްވުމަށް އިގުރާރުވެ އެމްޑީޕީ ގައުމީ މަޖިލީހުން ގަރާރެއް ފާސްކޮށްފި އެވެ.
އެމްޑީޕީން މިރޭ ބާއްވާ ޖަލްސާގެ ކުރިން ކާނިވާ ސަރަހައްދުގައި ކުރިއަށް ގެންދިޔަ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި މި ގަރާރު ހުށަހެޅުއްވީ އެމްޑީޕީގެ ކޮލަމާފުށި ދާއިރާގެ ރައީސް މަހުފޫޒް ސައީދެވެ.
މަހުފޫޒްގެ ގަރާރުގައި ބުނެފައިވަނީ ގާނޫނުއަސާސީއަށް ގެނައި ބަދަލާ ގުޅިގެން އެއްވެސް ހާލަތެއްގައި އެ މެންބަރަކު ނިސްބަތްވާ ޕާޓީއަކުން ވަކިވެ، އެ މެންބަރަކު އެމްޑީޕީއާ ގުޅިއްޖެނަމަ، އެ މެންބަރަކު އަލުން ވާދަކުރާނަމަ، އިންތިހާބު ކާމިޔާބުކޮށްދޭން އެ ޕާޓީން އެހީ ފޯރުކޮށްދިނުމަށެވެ.
އެގޮތުން، އެމްޑީޕީިން އެ މެންބަރަކަށް ތާއީދުކުރުމަށާއި، އެ މެންބަރަކު އަލުން މަޖިލީހަށް އިންތިހާބުކުރުމަށް ގަރާރުގައި އެއްބަސްވެފައިވެ އެވެ.
މަޖިލީހުގެ މެންބަރުން ރައްޔިތުންގެ މަސްލަހަތުގައި މަސައްކަތްކުރުމަށް އޮތް މިނިވަން އިހުތިޔާރުވެސް ނިގުޅައިގަންނަ، އަދި ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާވެސް ހިލާފު ބަދަލެއް ކަން ފާހަގަކޮށް، ގާނޫނު ކުރިން އޮތް ގޮތަށް ރުޖޫއަ ކުރުމާ ހަމައަށް ހަރަކާތްތައް ހިންގުމަށް ގަރާރުގައިވެ އެވެ.
އޭގެ ދަށުން ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކަށް ދައުވަތު ދީގެން، މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިހުތިޖާޖުކުރުމުގެ ގޮތުން އެކިއެކި ސިޔާސީ ހަރަކާތްތައް ހިންގުމަށް ވެސް ގަރާރުގައި ހިމަނައިފަ އެވެ.
މި ގަރާރު ވަނީ މިރޭގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވި ޖުމްލަ 89 މެންބަރުންގެ އިއްތިފާގުން ފާސްކޮށްފަ އެވެ.
ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލު ކުރަން ޕެޓިޝަނެއް ވެސް ފާސްކޮށްފަ އެވެ.
އެ ޕާޓީގެ ގަލޮޅު އުތުރު ދާއިރާގެ ރައީސް މާރިޔާ އަހްމަދު ދީދީ ހުށަހެޅުއްވި ޕެޓިޝަނުގައި ވަނީ، ގާނޫނުއަސާސީއަށް ގެނެސްފައިވާ ބަދަލުގެ ސަބަބުން ވެރިކަމުގެ ނިޒާމު މަސްހުނި ނިޒާމަކަށް ބަދަލުވާ ކަމަށާއި ސިޔާސީ ޕާޓީން ބޭނުންވާ ގޮތަށް މަޖިލިސް މެންބަރުން އަމަލުކުރުން ގާނޫނުއަސާސީއާ ހިލާފުކަމަށް ބުނެފަ އެވެ.
މިރޭ ސޮއިކުރަން ފަށާފައިވާ ޕެޓިޝަނުގައި ވަނީ ރައްޔިތުންގެ ރުހުމެއްނެތި ގާނޫނުއަސާސީއަށް މި ގެނައި ބަދަލު ބާތިލުކުރުމަށާއި، ރައްޔިތުންގެ ބާރުވެރިކަން ނެތިގެން ހިނގައިދާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ރައްޔިތުންގެ މަޖިލީހާއި ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އަމުރުކޮށްފަ އެވެ.
އެމްޑީޕީން މި ގަރާރު ފާސްކުރިއިރު، މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެއް ދުވަހުން ސަރުކާރުން ގާނޫނުއަސާސީއަށް ގެނައި އިސްލާހަކީ ރައްޔިތުންގެ އަތްމައްޗަށް ބާރުތައް އަނބުރާ ދިނުމަށް ގެނައި އިސްލާހެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.
މަޖިލިސް އިންތިހާބުގައި ރައްޔިތުން ވޯޓުލަނީ އެ ކެންޑިޑޭޓެއްގެ ހުރި ސިޔާސީ ފިކުރަކަށް ބަލައިގެން ކަމަށް ވިޔަސް މެމްބަރަަކަށް ހޮވުމަށް ފަހު، އެކި ސަބަބުތަކާ ހުރެ އެ ފިކުރު ބަދަލުކުރުމަކީ ރައްޔިތުން ވޯޓު ދިން ގޮތާ ހިލާފުވުން ކަމަށް އެ މަނިކުފަނު ވިދާޅުވި އެވެ.
"ރައްޔިތުން އޭނާ ހޮވީ ކޮންމެވެސް ޕާޓީއަކުން އައީމާ ނޫނީ އަމިއްލަ އަށް އައީމާ. އެހެން ނަމަވެސް އެކަން ދޫކޮށްލީމާ ކޮބައިތޯ ރައްޔިތުންގެ ހައްގު، އޭނާ އަށް ވޯޓުލީ މީހުންގެ ބާރު. އެ ހައްގު. އެހެންވީމާ އެކަން މި ހިމާޔަތް މި ކުރީ. އޭނާ އަށް ވޯޓުލީ މީހުންނަށް ބާރު އަނބުރާ ދެނީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
"އެހެންވީމާ ކުރިންތޯ މިހާރު ތޯ ރައްޔިތުންގެ ބާރުވެރިކަން ޔަގީން ވެގެންދަނީ؟ އެއީ ވަރަށް ސާފު ސުވާލެއް. ރައްޔިތުންގެ މަޖިލިހަށް މެމްބަރަކު ހޮވާފައި އެ ރައްޔިތުން އޭނާ ހޮވި ސަބަބު ބޮލާލައިޖަހާފައި އެހެން ގޮތަކަށް ދިޔައީމާ ރައްޔިތުންގެ ހައްގު ކޮބައިތޯ؟ އެހެންވީމާ އެކަން ހިމާޔަތް ކުރުމަށްޓަކައި އެކަން މި ޔަގީން ކުރަނީ ގާނޫނުއަސާސީން."
އިބޫގެ މައްޗަށް ތަހުގީގެއް ހިންގަން އުޅެނީ ބިރުދައްކަން
ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ތިބޭނަން: އެމްޑީޕީ
ޕާޓީ ބަދަލުވުމުން އިސްތިއުފާ ދޭން ޖެހޭނީ އަމިއްލައަށް!
"ރިޔާސީ ބަޔާނުގައި އޮތީ ކުރީ ސަރުކާރުގެ މަސައްކަތް"
އަދަދު ހަމައެއް ނުވޭ، ދެން ނެރެވޭނީ ކޮން ނަތީޖާއެއް؟
ޝާހިދުގެ އިތުބާރު ނެތް މައްސަލަ އަނބުރާ ގެންގޮސްފި
އޭޖީ ވަކިކުރިޔަ ނުދޭނެ ކަމަށް އެމްޑީޕީން ބުނެފި
މި މޮޅަކީ ރައީސްގެ ވަރުގަދަ ފެށުމެއް!
އަމީރާ އެކު ބަޖެޓު ކޮމިޓީގައި ބޮޑު ޒުވާބެއް!
އިދިކޮޅުން އުޅުނީ ދީނުގެނަމުގައި ސިޔާސީ ޑްރާމާ ކުޅެން