30 އޮކްޓޯބަރ 2019
ވ. ރަކީދޫގައި އަނިޔާކޮށް މަރާލި މުހައްމަދު އިބްތިހާލް ހޮސްޕިޓަލަށް ގެންދިޔައިރު އޭނާގެ ހަށިގަނޑުގައި ގިނަ ދުވަސްވީ ލަކުނުތަކެއް ވެސް ފެންނަން ހުރި ކަމަށް ފުލުހަކު ކޯޓުގައި މިއަދު ހެކިބަސް ދީފި އެވެ.
ވ. ރަކީދޫގައި އަނިޔާކޮށް މަރާލި މުހައްމަދު އިބްތިހާލް ހޮސްޕިޓަލަށް ގެންދިޔައިރު އޭނާގެ ހަށިގަނޑުގައި ގިނަ ދުވަސްވީ ލަކުނުތަކެއް ވެސް ފެންނަން ހުރި ކަމަށް ފުލުހަކު ކޯޓުގައި މިއަދު ހެކިބަސް ދީފި އެވެ.
ޖެނުއަރީ، 2015 ގައި ތިން އަހަރުގެ އިބްތިހާލަށް އަނިޔާކޮށް، މަރާލި މައްސަލާގައި އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް ކުރެ އެވެ. އެއީ އިބްތިހާލް މަރުވުމުގެ ކުރިން ވެސް އެކި ދުވަސްމަތިން އަނިޔާކުރި ކަމަށް ބުނެ ކުރާ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އާއި އިބްތިހާލް މަރުވި މައްސަލާގައި ކުރާ ގަސްދުގައި ކުއްޖަކު މެރުމުގެ ދައުވާ އެވެ.
އެ މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދިނީ އިބްތިހާލްގެ ހަށިގަނޑު މާލެ ގެނެސް އައިޖީއެމްއެޗްގައި އޮތްއިރު އެތަނަށް ގޮސް އިބްތިހާލްގެ ހަށިގަނޑު ބެލުމަށް ފަހު ސީން އޮފް ކްރައިމް އޮފިސާސް ރިޕޯޓް ތައްޔާރުކުރި ފުލުހެކެވެ.
އޭނާ ބުނީ އިބްތިހާލްގެ ހަށިގަނޑު ބެލިއިރު ދުވަސްވެފައި ހުރި ލަކުނުތަކާއި އަނިޔާ ލިބުނުތާ ގިނަ ވަގުތުތަކެއް ފާއިތުވެފައި ނުވާ އަނިޔާތަކެއް ވެސް ފެންނަން ހުރި ކަމަށެވެ. އެގޮތުން ކުރިމަތި ފަރާތާއި ކަންފަތުގެ އިތުރުން ކަރުގައި ހުރި އަނިޔާތައް ލިބުނުތާ ގިނަ ވަގުތުތަކެއް ނުވާނެ ކަމަށް އެ ފުލުސް މީހާ ބުންޏެވެ.
އޭނާ ބުނީ އިބްތިހާލްގެ ހަށިގަނޑުގައި ހުރި އަނިޔާތައް ފޮޓޯ ނެގުމުގެ އިތުރުން ބައެއް ހެކިތައް ވެސް ތަހުލީލަށް ނަގާފައިވާނެ ކަމަށެވެ.
އެ ފުލުސް މީހާއާ ސުވާލު ކުރަން އާފިޔާއަށް ދިން ފުރުސަތުގައި އޭނާ ބުނީ ކުރާނެ އެއްވެސް ސުވާލެއް ނެތް ކަމަށެވެ.
ދައުލަތުން ބުނި ގޮތުގައި އެ މައްސަލާގައި ދެން ހުށަހަޅާފައި ހުރި ހެކިން ތިބީ ރަށުގަ އެވެ. އެކަމަކު މާލީ ހާލަތު ހުރި ގޮތުން މާލެ އާދެވެން ނެތް ކަމަށް އެ ހެކިން ބުނެފައިވާ ކަމަށް ބުނެ، އެކަން ދައުލަތުން ކޯޓުގެ ސަމާލުކަމަށް ގެނަ އެވެ. އެހެންވެ، ކައިރި ރަށެއްގެ ކޯޓަކަށް އެ މީހުން ހާޒިރުކޮށް، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިބަސް ނަގައިދޭން ދައުލަތުން އެދުނެވެ. އަދި ވީޑިއޯ ކޮންފަރެންސްކޮށް ހެކިބަސް ނެގޭނެ އިންތިޒާމް ހަމަޖެހިފައި ހުރީ އެ ސަރަހައްދުގެ ކޮން ކޯޓެއްގައިތޯ ބަލާނެ ކަމަށް ވެސް ދައުލަތުން ބުންޏެވެ.
އެ ދެ މައްސަލަ ބައްލަވާ ގާޒީ މުހައްމަދު ސަމީރު ވިދާޅުވީ އިތުރު އަޑުއެހުމެއް އަންނަ މަހުގެ ފަހުކޮޅު ބާއްވާނެ ކަމަށާއި އެދުވަހު ވެސް ހެކިބަސް ނެގޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.
އާފިޔާގެ ވާހަކަ ބަދަލުވެއްޖެ: އިބްތިހާލު މަރައެއްނުލަން
އިބްތިހާލް މަރާލި މައްސަލައިގެ ހުކުމް ހޯމަ ދުވަހު
އާފިޔާއަށް އިތުރު ފުރުސަތެއް، މިމަހު ހުކުމް އިއްވަނީ
އާފިޔާ ވަކީލަކު ބޭނުންވުމުން ހުކުމް އިއްވުން ފަސްކޮށްފި
އިބްތިހާލް މަރާލި މައްސަލާގެ ހުކުމް މާދަމާ އިއްވަނީ
އާފިޔާގެ ފަހުބަސް: ކުއްޖަކު ނުމަރަން، އެއީ ހުސް ދޮގު
އާފިޔާގެ ފިރިމީހާ ކިޔައިދިނީ އިބްތިހާލްގެ ނިކަމެތިކަން
އިބްތިހާލްގެ މަރުގެ މައްސަލާގެ ހުކުމް މި މަހު އިއްވަނީ
އިބްތިހާލްގެ ފަހު ދުވަސްކޮޅު ގާތް އަވަށްޓެރިޔާގެ ދުލުން
އިބްތިހާލްގެ މަރު: މިއަދު ހެކިބަސް ނެގޭ ގޮތެއް ނުވި