28 ނޮވެމްބަރ 2020
ވ. ރަކީދޫގައި އަނިޔާކޮށް މަރާލި މުހައްމަދު އިބްތިހާލްގެ މަރުގެ މައްސަލާގައި އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ މައްޗަށް ކުރާ ދައުވާގެ ހުކުމް މާދަމާ އިއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.
ވ. ރަކީދޫގައި އަނިޔާކޮށް މަރާލި މުހައްމަދު އިބްތިހާލްގެ މަރުގެ މައްސަލާގައި އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ މައްޗަށް ކުރާ ދައުވާގެ ހުކުމް މާދަމާ އިއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.
ޖެނުއަރީ، 2015 ގައި އުމުރުން ތިން އަހަރުގެ އިބްތިހާލަށް ބޮޑެތި އަނިޔާތަކެއް ދިނުމުގެ ސަބަބުން އޭނާ މަރުވި މައްސަލާގައި އާފިޔާގެ މައްޗަށް ގަސްދުގައި ކުއްޖަކު މެރުމުގެ ދައުވާ އާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ދައުލަތުން ކުރެ އެވެ. އެ ދައުވާތަކަށް އާފިޔާ ކުރިން ކޯޓުގައި އެއްބަސް ވިޔަސް، ފަހުން ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ.
އެ މައްސަލާގެ އަޑުއެހުންތައް މިދިޔަ ފެބްރުއަރީ މަހު ކްރިމިނަލް ކޯޓުން ނިންމާލުމަށް ފަހު ހުކުމް އިއްވަން ހަމަޖައްސާފައިވަނީ މާދަމާ މެންދުރު ފަހު އެވެ.
އިބްތިހާލަށް އަނިޔާކުރި ކަމަށް ތަހުގީގު މަރުހަލާ އާއި ޝަރީއަތުގައި ވެސް އާފިޔާ އެއްބަސްވެ، އެކަންކުރި ގޮތް ތަފްސީލުކޮށް ކިޔައިދިނެވެ. އެކަމަކު ފަހުން އޭނާ ބުނަމުން ދަނީ އިބްތިހާލަށް އަނިޔާ ނުކުރާ ކަމަށާއި ކުރިން އެކަމަށް އެއްބަސްވީ ބަޔަކު ބިރު ދެއްކުމުން ކަމަށެވެ. އިބްތިހާލްގެ މަރާ ގުޅިގެން އިހުމާލުވުމުގެ ދައުވާ ވެސް ޖެންޑާ މިނިސްޓްރީގެ ބައެއް މުވައްޒަފުންނާއި ބައެއް ފުލުހުންގެ މައްޗަށް ދައުލަތުން ކުރި އެވެ. އެކަމަކު އޭގެ ތެރެއިން ބައެއް ދައުވާތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ކުރިން އޮތީ ނިންމައިފަ އެވެ.
މުޅި ރާއްޖެ ސިއްސުވާލި އެ ހާދިސާއަށް ފަހު ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ގިނަ ހަރަކާތްތަކެއް ރާއްޖޭގައި ކުރިއަށް ގެންދިޔަ އެވެ.
އިބްތިހާލް މަރާލި މައްސަލައިގެ ހުކުމް ހޯމަ ދުވަހު
އާފިޔާއަށް އިތުރު ފުރުސަތެއް، މިމަހު ހުކުމް އިއްވަނީ
އިބްތިހާލްގެ މަރުގެ ޝަރީއަތް މާދަމާ ބާއްވަނީ
ކުޑަކުއްޖެއްގެ ގައިގައި ފިހިގަނޑުން ތެޅިކަން ސާބިތުނުވި
އާފިޔާގެ ހަޔާތުން ފެންނަ އަނިޔާގެ އެހެން ސަފުހާއެއް
"އާފިޔާއަށް ލިބުނު އަނިޔާތަކަށް އިންސާފެއް ނުލިބޭ"
އާފިޔާއަށް އިތުރު އެއް މަހާއި ހަ ދުވަހުގެ ހުކުމެއް
އިބްތިހާލް މަރު: މަންމައަށް 20 އަހަރުގެ ޖަލުހުކުުމެއް
އާފިޔާ ވަކީލަކު ބޭނުންވުމުން ހުކުމް އިއްވުން ފަސްކޮށްފި
އާފިޔާގެ ފަހުބަސް: ކުއްޖަކު ނުމަރަން، އެއީ ހުސް ދޮގު