Roadha Mihaaru
ސަރުބި ނައްތާލާ "ސްކަލްޕްޝުއާ" ތައާރަފް ކޮށްފި

ސަރުބި ނައްތާލާ "ސްކަލްޕްޝުއާ" ރާއްޖެއަށް ތައާރަފް ކޮށްފި

19 އޮކްޓޯބަރ 2019

ހަށިގަނޑުގައި ހުންނަ ބޭކާރު ސަރުބީ، މެޝިނެއް ބޭނުންކޮށްގެން ނައްތާލާ ޓްރީޓްމެންޓެއް ކަމަށްވާ "ސްކަލްޕްޝުއާ" ނަދާ ސެލޫނުން މިއަދު ރާއްޖެއަށް ތައާރަފް ކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ހަށިގަނޑުގައި ހުންނަ ބޭކާރު ސަރުބީ، މެޝިނެއް ބޭނުންކޮށްގެން ނައްތާލާ ޓްރީޓްމެންޓެއް ކަމަށްވާ "ސްކަލްޕްޝުއާ" ނަދާ ސެލޫނުން މިއަދު ރާއްޖެއަށް ތައާރަފް ކޮށްފި އެވެ.

ހޮޓެލް ޖެންގައި ބޭއްވި ހަފްލާއެއްގައި މިކަން ތައާރަފް ކޮށްދެއްވީ ނަދާ ސެލޫންގެ ސީއީއޯ ފާތުމަތު ނަދާ އެވެ. ސަރުބީ ވިރުވާ މެޝިން ބޭނުންކުރާ ގޮތް ވެސް އެ ހަފުގައި ވަނީ ދައްކާލައިފަ އެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ)ގެ ހުއްދަ ލިބިގެން ފަށާ މި ޓްރީޓްމެންޓުގައި ބޭނުންކުރާ މި މެޝިނަކީ ހުރިހާ ވައްތަރެއްގެ ހަމެއް މީހުންނާ ވެސް ގުޅޭ މެޝިނެއް ކަމަށް ނަދާ ސެލޫން އިން ބުންޏެވެ.

ސްކަލްޕްޝުއާ ޓްރީޓްމެންޓް ދެނީ ގުދުރަތީ ގޮތްތައް ބޭނުންކޮށްގެންނެވެ. ސަރުބި ނައްތާލަނީ ވަކި މިންގަޑަކަށް ހޫނުމިން ހަމުގެ ތެރެއަށް ފޮނުވައިގެންނެވެ. މީގެ ސަބަބުން ގައިގައި ހުންނަ ބޭކާރު ސަރުބީ ނައްތާލަ އެވެ. އެއާއެކު އެ ސަރުބި އަލުން އުފެދުމަށް ވެސް ހުރަސް އަޅަ އެވެ.

ގާތްގަނޑަކަށް 25 މިނެޓުގެ މި ޓްރީޓްމެންޓުގެ ނަތީޖާ ފެންނަން ފަށާނީ ފުރަތަމަ ފަށާތާ ތިން ހަފުތާގެ ތެރޭގަ އެވެ. މިއީ، ސަރުބީ ނައްތާލުމުގައި 100 ޕަސެންޓު ކާމިޔާބު ނަތީޖާ ދައްކުވައިދޭނެ ގޮތެއް ކަމަށް، ލީޑާ ހެލްތު ކެއާ އިން މި ސަރަހައްދަށް ކަނޑައަޅާފައި ހުންނަ މެނޭޖިން ޑިރެކްޓަރު ބާރަތު ސަޗްދޭވް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ޓްރީޓްމެންޓުން ހަށިގަނޑަށް ގެއްލުމެއް ނުލިބޭނެ އެވެ.

ސްކަލްޕްޝުއާ ޓްރީޓްމެންޓު ހެއްދުމުގެ ކުރިން އެކަމަށް ހާއްސަ ނަރުހުންނާ މަޝްވަރާ ކުރުމުގެ ފުރުސަތު ލިބޭނެ އެެވެ. އަދި އެ މީހަކު ބޭނުންވާ ގޮތަކަށް ޓްރީޓްމަންޓް ތައްޔާރުކޮށްލެވޭނެ އެވެ. އެގޮތުން، ގައިގެ ވަކި ތަނެއްގައި ހުންނަ ސަރުބި ނައްތާލަން ބޭނުންވާ ނަމަ ޓްރީޓްމަންޓް ދޭނީ އެ ތަނަކަށް އެކަންޏެވެ.

ސްކަލްޕްޝުއާ ގެ އިތުރުން ނަދާ ސެލޫނުން މިއަދު ވަނީ އިސްތަށި ނައްތާލުމަށާއި ހަންގަނޑު އޮމާންކޮށް ބަހައްޓާ ލޭޒާ ޓްރީޓްމަންޓުދޭ އެލީޓް ޕްލަސް ވެސް ތައާރަފް ކޮށްފަ އެވެ. އަލަށް ފެށި ޓްރީޓްމެންޓްތަކާ އެކު އެހެން އުފާވެރި ޚަބަރެއް ވެސް މި ހަފުލާގައި ނަދާ ދެއްވި އެވެ. އެއީ، މިހާރު ވަމުން އަންނަ ތައްޔާރީތަކުން އަންނަ އަހަރު ސްކިން ކްލިނެއް ހުޅުވާނެ ކަމެވެ.