Roadha Mihaaru
ނަޓެއްލާއިން އިސްތަށިގަނޑުގައި ކުލަ ޖައްސަން ކެރޭނެތަ؟

ނަޓެއްލާއިން އިސްތަށިގަނޑުގައި ކުލަ ޖައްސަން ކެރިދާނެތަ!

19 ޑިސެމްބަރ 2016

އިސްތަށިގަނޑުގައި ރީތި ކުލައެއް ޖައްސާލަން ބޭނުމީ އަނގަޔަށް މީރު ނަޓެއްލާ ފުޅިއަކާއި ކޮންޑެންސްޑް މިލްކު ދަޅެކެވެ. ބިއުޓީ ބްލޮގާއެއް ކަމަށްވާ ހުދާ ކައްޓާން އިންސްޓަގްރާމްގައި ޝެއާކުރި ވީޑިއޯއެއްގައި އަންހެނަކު އޭނާގެ އިސްތަށިގަނޑަށް ފަރުވާއަކަށް ހެޒަލްނަޓް ޗޮކްލެޓް ސްޕްރެޑް ހާކާ ތަން ފެނެ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

އިސްތަށިގަނޑުގައި ރީތި ކުލައެއް ޖައްސާލަން ބޭނުމީ އަނގަޔަށް މީރު ނަޓެއްލާ ފުޅިއަކާއި ކޮންޑެންސްޑް މިލްކު ދަޅެކެވެ. ބިއުޓީ ބްލޮގާއެއް ކަމަށްވާ ހުދާ ކައްޓާން އިންސްޓަގްރާމްގައި ޝެއާކުރި ވީޑިއޯއެއްގައި އަންހެނަކު އޭނާގެ އިސްތަށިގަނޑަށް ފަރުވާއަކަށް ހެޒަލްނަޓް ޗޮކްލެޓް ސްޕްރެޑް ހާކާ ތަން ފެނެ އެވެ.

މި އަންހެންމީހާގެ އިސްތަށިގަނޑަށް މި ފަރުވާ ދެމުންދަނީ ޑުބާއީގައި ހުންނަ އަދޭދް އެންޑް ސަމީރް ސެލޫންގަ އެވެ. އޭނާ ސެލޫނަށް ވަދެގެން ދާއިރު އޭނާގެ ހުންނަނީ ބްލޮންޑް އިސްތަށިގަނޑެކެވެ. އެކަމަކު ނުކުންނަ އިރު ރީތި މުށި ކުލެއްގަ އެވެ.

މި ހެއާޑްރެސާގެ އިސްތަށިގަނޑުގެ ފަރުވާގެ ޓެކްނިކް ނުވަތަ ރެސިޕީ ވަރަށް ފަސޭހަ އެވެ. އިސްތަށިގަނޑުގައި ނަޓެއްލާ ހޭކުމަށް ފަހު ކޮންޑެންސްޑް މިލްކްކޮޅެއް މައްޗަށް އޮއްސާލަނީ އެވެ. ދެން ޓިން ފޮއިލް އިން އިސްތަށިގަނޑު ރަނގަޅަށް ބައްދާލަނީ އެވެ. އިރުކޮޅަކު މެރިނޭޓް ކޮށްލަން ބެހެއްޓުމަށް ފަހު ދޮވެލާފައި ހިއްކާއިރު ހުންނަނީ ވަރަށް ރީތި ކުލައެއްގަ އެވެ.

ނަމަވެސް ޗޮކްލެޓް ސްޕްރެޑް އާއި ހަކުރު އަޅާފައިވާ ކިރުގެ ބާވަތެއް އުނގުޅިޔަސް ބޮލުގައި އެ ކުލަ ގިނައިރު ވަންދެން ނުހުންނާނެ ކަމަކަށް ގިނަ ބަޔަކަށް ގަބޫލުކުރެވޭ ނަމަ އޭގެ ޖަވާބު ވެސް އެ ސެލޫނުން ވަނީ ދީފަ އެވެ.

އެ ސެލޫނުން ބުނީ އިސްތަށިގަނޑު ހުންނަން ބޭނުމީ މަޑު ކެރެމަލް ކުލައެއްގައި ނަމަ މި ފަރުވާ ދިނުމުން ދެ ތިން ހަފުތާ ވަންދެން ކުލަ ނުފިލާ ހުންނާނެ ކަމަށެވެ. ނަމަވެސް ތަންކޮޅެއް ކުލަ ގަދަކުރަން ބޭނުންވާ ނަމަ އަދި ތަންކޮޅެއް ގިނައިރު އިސްތަށިގަނޑުގައި ޗޮކްލެޓް ބަހައްޓަން މައްސަލައެއް ނެތް ނަމަ މާ ގިނަ ދުވަހު ކުލަ ނުގޮސް ހުންނާނެ ކަމަށް ވެސް ބުންޏެވެ.

ސެލޫނުން ބުނަނީ ކުލަ ރީތިވުމުގެ އިތުރުން ނަޓެއްލާ އަކީ އިސްތަށިގަނޑަށް ރަނގަޅު އެއްޗަކަށް ވެފައި އޮފުކަން ވެސް ގަދަވާނެ ކަމަށެވެ.

އެހެންވީމާ ނަޓެއްލާ އަކީ މިހާރު ހަމައެކަނި މީރު ކާއެއްޗެއް އެކަންޏެއް ނޫންތާ އެވެ. އިސްތަށިގަނޑު ރީތިކޮށްލަން ވެސް ބޭނުންކުރެވިދާނެ ބިއުޓީ ޕްރޮޑަކްޓަކަށް ވެސް މި އޮތީ ވެފަ އެވެ.