Roadha Mihaaru
ސެލޯން މޯލްޑިވްސްގެ އިވެންޓަށް ބޮޑު ތަރުހީބެއް

ސެލޯން މޯލްޑިވްސްގެ އިވެންޓު ކާމިޔާބު؛ ޕްރޮޑަކްޓުތަކަށް ބޮޑު ތަރުހީބެއް

10 އޯގަސްޓް 2023

ރާއްޖޭގައި ބިއުޓީ އިންޑަސްޓްރީއަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޕްރޮޑަކްޓު ހޯދުމާއި ގަތުމުގައި ކުރިމަތިލާން ޖެހޭ ދަތިތަކެވެ. ގަންނަ ބްރޭންޑަށް ތަނުގެ ސްޓާފުން ޓްރެއިންކުރުމުގައި ކުރިމަތިލާން ޖެހޭ އުނދަގޫތައް ވެސް ގިނަ އެވެ. މި ކަންކަމުން އަރައިގަނެ، އިންޑަސްޓްރީގެ ދުވެލި ބާރަށް ކުރިއަށް ގެންދިއުމަށް ސެލޯން މޯލްޑިވްސްގެ މަސައްކަތްތައް ފަށައި އެކަން އިއުލާނުކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ރާއްޖޭގައި ބިއުޓީ އިންޑަސްޓްރީއަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޕްރޮޑަކްޓު ހޯދުމާއި ގަތުމުގައި ކުރިމަތިލާން ޖެހޭ ދަތިތަކެވެ. ގަންނަ ބްރޭންޑަށް ތަނުގެ ސްޓާފުން ޓްރެއިންކުރުމުގައި ކުރިމަތިލާން ޖެހޭ އުނދަގޫތައް ވެސް ގިނަ އެވެ. މި ކަންކަމުން އަރައިގަނެ، އިންޑަސްޓްރީގެ ދުވެލި ބާރަށް ކުރިއަށް ގެންދިއުމަށް ސެލޯން މޯލްޑިވްސްގެ މަސައްކަތްތައް ފަށައި އެކަން އިއުލާނުކޮށްފި އެވެ.

އިއްޔެ ހޮޓެލް ޖެންގައި އެ ކުންފުނިން ވަނީ ރާއްޖޭގެ މާކެޓަށް އާ ފަސް ބިއުޓީ އެންޑް ވެލްނަސް ބްރޭންޑެއް ތައާރަފްކޮށްފަ އެވެ. އެ ކުންފުނިން މާކެޓަށް ތައާރަފްކުރި ބްރޭންޑުގެ ޕްރޮޑަކްޓުތައް ރާއްޖޭގެ ހުރިހާ ހިސާބުތަކެއްގެ ސެލޯން އަދި ސްޕާތަކަށް ވިއްކާނެ އެވެ. އަދި މި ޕްރޮޑަކްޓުތައް ބޭނުން ކުރުމަށް އެ ކުންފުނިތަކަށް ބޭނުންވާ ޓްރެއިނިން ވެސް ދޭނެ އެވެ.

ޕްރޮޑަކްޓްތައް ލޯންޗުކުރުމަށް ހޮޓެލް ޖެންގައި ބޭއްވި އިވެންޓުގައި މައުލޫމާތު ދެނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ޕްރޮޑަކްޓްތައް ލޯންޗުކުރުމަށް ހޮޓެލް ޖެންގައި ބޭއްވި އިވެންޓުގައި މައުލޫމާތު ދެނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ކުންފުނީގެ އޯނަރު އަދި ސީއީއޯ ފާތުމަތު ނަދާ ވިދާޅުވީ މި މަސައްކަތަކީ ބިއުޓީ އިންޑަސްޓްރީގައި ހުރި ފުރުސަތުތައް އިތުރުކޮށް، އެންމެންނަށް ކުރިއަށް ދެވޭނެ އިންޑަސްޓްރީއެއް ބިނާ ކުރުމަށް ފެށި ހިދުމަތްތަކެއް ކަމަށެވެ.

"މި އިންޑަސްޓްރީގައި 20 އަހަރު ވަރަށް ދަތީގައި ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްގެން މިހިސާބުގައި މި ހުރީ. އަޅުގަނޑު ބޭނުމެއް ނޫން ޕްރޮޑަކްޓު ހޯދައި، އެ ކަންކަމަށް އެ ބޭނުންވާ ޓްރެއިނިންތައް ހޯދުމަށް އަޅުގަނޑު އުޅުނު ހާލުގައި މި އިންޑަސްޓްރީގެ އިތުރު ބައެއް އުޅޭކަށް. އެހެންވެ، އެ ބެރިއާ ނައްތާލަން ނުކުމެ މިހިރީ." ނަދާ ވިދާޅުވި އެވެ.

ނަދާ ވިދާޅުވީ މި ބިއުޓީ އެންޑް ވެލްނަސް އިންޑަސްޓްރީ އަކީ ފަތުރުވެރިކަމާ ވެސް ގުޅުން ހުރި ދާއިރާއަކަށް ވާއިރު މި ދާއިރާއަކީ ދިވެހިންނަށް ގިނަ ފުރުސަތުތަކެއް ހޯދާދެވޭނެ ދާއިރާއެކެވެ.

"އަޅުގަނޑަށް މި ފީލްޑްގެ އެންމެންނަކީ ވެސް ރައްޓެހިން. ބޭނުން ވަނީ އެންމެންނަށް ވެސް ކުރިއެރުން ލިބޭނެ މަގު ފަހިކޮށްދިނުން. މިއަދު މި ސްކޭލްގަ މި މަސައްކަތް ފެށީ. އުއްމީދަކީ މި އިންޑަސްޓްރީގައި ޕްރޮޕާ ޓްރެއިނިންދޭނެ އިންސްޓިޓިއުޓެއް ހުޅުވުން." ނަދާ ވިދާޅުވި އެވެ.

އެ ސެލޯންއިން ބޭއްވި އިވެންޓަށް ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ. ސެލޯން މޯލްޑިވްސްއިން ބުނި ގޮތުގައި ރާއްޖޭގެ އެކި ރިސޯޓުތަކުގެ ސްޕާގެ މެނޭޖަރުންނާއި އިސްވެރިން އަދި މާލޭގެ ސެލޯންތަކާއި ސްޕާތަކުގެ އިސްވެރިން ވެސް ވަނީ ބައިވެރިވެފަ އެވެ.

މި އިވެންޓުގެ ހަވީރު ދަންފަޅީގައި ގިނަ އަދަދެއްގެ އިންފްލުއެންސަރުންނާއި އާއްމުން ވެސް ބައިވެރިވި އެވެ.

"ޓާން އައުޓް ވަރަށް ސަޅި. މި އިވެންޓު ވަރަށް ކާމިޔާބު." ނަދާ ވިދާޅުވި އެވެ.

ސެލޯން މޯލްޑިވްސްއިން ތައާރަފްކުރީ ފްރާންސްގެ ބިއޮލޯޖީކް ރިޝާޝޭ، ޖަރުމަނުގެ ނޯރާ ބޯޑް، އިޓަލީގެ ޑާވީނަސް، އެމެރިކާގެ އޯލަޕްލެކްސް އަދި އޮސްޓްރޭލިއާގެ ލައިކަން ބްރޭންޑެވެ. މި ބްރޭންޑްތަކުގެ ޕްރޮޑަކްޓުތައް އިވެންޓުގައި ޝޯކޭސްކޮށް ޕްރޮޑަކްޓުތަކުގެ މައުލޫމާތު ވަނީ ދީފަ އެވެ.

ސެލޯން މޯލްޑިވްސް އަކީ ރާއްޖޭގެ ބިއުޓީ އިންޑަސްޓްރީގެ އެންމެ ބޮޑު އެއް ސެލޯން، "ނަދާ ސެލޯން" އަދި ރާއްޖޭގެ ފުރަތަމަ ބިއުޓީ ކްލިނިކް "ނަދާ ކްލިނިކް" ހިންގާ ކުންފުންޏެވެ.