Roadha Mihaaru
ސްކިން ކެންޑީގެ ޓްރީޓްމަންޓުތަކުން ބޮޑެތި ޑިސްކައުންޓް

ސްކިން ކެންޑީގެ ޓްރީޓްމަންޓުތަކުން ބޮޑެތި ޑިސްކައުންޓްތަކެއް

14 ފެބުރުއަރީ 2020

ރާއްޖޭގެ އުފެއްދުންތައް ބޭނުންކޮށްގެން، ބިއުޓީ ޓްރީޓްމަންޓު ދެމުން އަަންނަ ސްކިން ކެންޑީ ސްޕާ އެންޑް ސެލޫނުން ބޮޑެތި ޑިސްކައުންޓާއެކު ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖޭގެ އުފެއްދުންތައް ބޭނުންކޮށްގެން، ބިއުޓީ ޓްރީޓްމަންޓު ދެމުން އަަންނަ ސްކިން ކެންޑީ ސްޕާ އެންޑް ސެލޫނުން ބޮޑެތި ޑިސްކައުންޓާއެކު ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ސީޒަނަލް ޕްރޮމޯޝަނެއްގެ ގޮތުގައި ފެށި މި ޕްރޮމޯޝަންގައި، އެ ސެލޫން އިން ދޭ ހުރިހާ ހިދުމަތަކުން 150ރ. އާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. މީގެ ތެރޭގައި ފޭޝަލް އާއި ޕެޑިކިޔޯ އާއި ފޭޝަލް ކްލީން އަޕް އަދި ހަންފޮޅުމާއި ބޮޑީ މަސާޖު ހިމެނެ އެވެ. މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ މި މަހުގެ 27 ގެ ނިޔަލަށެވެ.

މި މުއްދަތުގައި، އެ ސެލޫނުން 500ރ. އިން މަތީގެ ޓްރީޓްމަންޓުތައް ނަގާ މީހުންނަށް ސެލޫންގެ އުފެއްދުންތަކުގެ ތެރެއިން "އެކްސްފޮލިއޭޓިން ފޭސް އޮއިލް" ނުވަތަ "ފޭސް ސެރަމް" ހިލޭ ލިބޭނެ އެވެ. މިއީ ކަސްޓަމަރުން ކުރާ އިތުބާރުގެ ސަބަބުން ޝުކުރު އަދާ ކުރުމަށްޓަކައި އެ ސެލޫން އިން ފެށި ޕްރޮމޯޝަނެއް ކަމަށް ސްކިން ކެންޑީގެ ފައުންޑާ އަދި ސީއީއޯ ލުބްނާ ޒާހިރު ހުސައިން ވިދާޅުވި އެވެ.

ސްކިން ކެންޑީގެ އެކްސްފޮލިއޭޓިން ފޭސް އޮއިލް--

ސްކިން ކެންޑީގެ އެކްސްފޮލިއޭޓިން ފޭސް އޮއިލް--

ދެ ޖިންސުގެ މީހުންނަށް ވެސް ހާއްސަ ކޮށްގެން ބިއުޓީ ޕްރޮޑަކްޓުތައް އުފެއްދުމަށް 2014 ގައި ހުޅުވި ސްކިން ކެންޑީން ބިއުޓީ ޓްރީތްމަންޓު ދޭން ފަށާފައި ވަނީ 2017 ވަނަ އަހަރު އެވެ. މިއީ، ސަތޭކަ ޕަސެންޓް ދިވެހި އުފެއްދުންތައް ބޭނުންކޮށްގެން ހިދުމަތް ދެމުން އަންނަ ސެލޫނެކެވެ. މި ސެލޫން އިން 350 އަށް ވުރެ ގިނަ "ސްކިން ކެއާ" ގެ އުފެއްދުންތައް ލިބެން ހުންނާނެ އެވެ.

މި އުފެއްދުންތައް ބޭނުން ކުރުމުގެ ކުރިން އެ މީހެއްގެ ހަމުގައި ހުރި މައްސަލަތައް ދެނެގަތުމަށް ބިއުޓީ ތެރަޕިސްޓަކަށް ދައްކައިލުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ. މި ކޮންސަލްޓޭޝަނަކީ އެ ސެލޫންގެ ހުރިހާ ކަސްޓަމަރުންނަށް ވެސް ހިލޭ ލިބޭ ހިދުމަތެކެވެ. މި ކޮންސަލްޓޭޝަނަށް ފަހު، ހަމުގައި ހުރި މައްސަލަތަކާއި އެ މައްސަލަތައް ހައްލު ކުރުމަށް ކުރާނެ ކަންތައްތައް ކިޔައިދޭ "ސްކިން ކެއާ ރުޓީން" އެއް ވެސް ލިބޭނެ އެެވެ.

ސްކިން ކެންޑީގެ ޗާކޯލް މާސްކް-- ފޮޓޯ: ސްކިން ކެންޑީ

ސްކިން ކެންޑީގެ ޗާކޯލް މާސްކް-- ފޮޓޯ: ސްކިން ކެންޑީ

ލުބްނާ ވިދާޅުވި ގޮތުގައި، ރާއްޖޭގައި އެންމެ ގިނައިން ފެންނަ ހަމުގެ މައްސަލަތަކަކީ "އެކްނީ" އާއި ހަން ފޮޅުމާއި ބިހި ނެގުން އަދި މޫނު ތެޔޮ ވުމެވެ. މި މައްސަލަތަކަށް ހައްލެއް ލިބޭނީ ފުރިހަމަ ހަމުގެ މައްސަލަތަކަށް ގަވައިދުން ފަރުވާ ދީގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އާއްމުކޮށް ދިވެހިން އެއްފަހަރު ޕްރޮޑަކްޓް ބޭނުންކޮށްފައި، އަވަހަށް ނަތީޖާ ނުފެންނަ ނަމަ އެ ބޭނުން ކުރުން ހުއްޓައިލާ. އެކަމަކު ހަމުގެ މައްސަލަތައް ހައްލުވާނީ ދުޅަހެޔޮ ލައިފްސްޓައިލަކަށް އުޅެ ސްކިން ކެއާ ރޫޓިން އަށް ވަގުތު ދީގެން." ލުބްނާ ވިދާޅުވި އެވެ.

ސްކިން ކެންޑީ އަކީ ދިވެހިންގެ ތެރެއިން ގިނަ ބަޔަކު އިތުބާރު ކުރާ ބްރޭންޑެކެވެ. މި ބްރޭންޑުގެ އުފެއްދުންތަކަކީ ރާއްޖޭގެ މީހުންގެ ހަމާ ގުޅޭ ތަކެތި ބޭނުންކޮށްގެން އުފައްދާ ތަކެއްޗެވެ. މި އުފެއްދުންތައް ބޭނުން ކޮށްގެން ޓްރީޓްމަންޓުތައް ހަދަން ބޭނުންވާ މީހުންނަށް އެ ސެލޫންގެ ހޮޓްލައިން 9111617 އަށް ގުޅައިލުމުން ބުކިން ހެދޭނެ އެވެ.