Roadha Mihaaru
ކޮރެއާގެ ސްކިންކެއާ ބްރޭންޑް "އެޓޮމީ" ރާއްޖެއަށް

ކޮރެއާގެ މަޝްހޫރު ސްކިންކެއާ ބްރޭންޑް "އެޓޮމީ" ރާއްޖެއަށް

17 ޖުލައި 2022

ކޮސްމެޓިކްސްގެ އެކި އުފެއްދުންތައް ވިއްކާ ވަން ކްލިންކް ފިހާރައިން ކޮރެއާގެ މަޝްހޫރު ސްކިންކެއާ ބްރޭންޑު "އެޓޮމީ"ގެ ޕްރޮޑަކްޑުތައް ރާއްޖެއަށް ތައާރަފް ކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ކޮސްމެޓިކްސްގެ އެކި އުފެއްދުންތައް ވިއްކާ ވަން ކްލިންކް ފިހާރައިން ކޮރެއާގެ މަޝްހޫރު ސްކިންކެއާ ބްރޭންޑު "އެޓޮމީ"ގެ ޕްރޮޑަކްޑުތައް ރާއްޖެއަށް ތައާރަފް ކޮށްފި އެވެ.

އެ ފިހާރައިން އެ ބްރޭންޑުގެ ތިން ލައިނެއްގެ ޕްރޮޑަކްޓުތައް ވަނީ ތައާރަފް ކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ "އީވްނިން ކެއާ ސެޓް" އާއި ފިރިހެނުންނަން ހާއްސަ "ހޯމް އެނަޖައިޒިން އޯލް އިން ވަން" ކިޓަކާއި އެޓޮމީ ބްރޭންޑުގެ އެބްޒަލިއުޓް ސްކިން ކެއާ ސިސްޓަމެވެ.

ސްކިން ކެއާ ފަށާ އިރު، އާއްމުކޮށް ކުރިމަތިވާ އެއް މައްސަލައަކީ މާ ގިނަ އެއްޗިހި މޫނުގައި އުނގުޅަން ޖެހުމުން ކޮންމެ ދުވަހަކު އެކަން ކުރަން ބުރަ އަކަށްވުމެވެ. ވީހާ ވެސް ލުއި ކޮށް، ސްކިންކެއާ ނިންމާލަން ބޭނުންވާ ފަރާތްތަކަށް "އެޓޮމީ"ގެ އިވްނިން ސެޓަކީ ރަނގަޅު ސެޓަކަށް ވާނެ އެވެ. އެ ސެޓުގައި ހިމެނޭ "ޑީޕް ކްލެންޒާ" އާއި "ފޯމް ކްލެންޒާ" އަކީ ކޮންމެ ދުވަހަކު ވެސް ދެ އިރަށް ބޭނުން ކުރަން ޖެހޭ އެއްޗެކެވެ. އެ ސެޓުގައި ހިމެނޭ "ޕީލިން ޖެލް" އާއި "ޕީލް އޮފް މާސް" އަކީ ހަފްތާއަކު އެއް ފަހަރު ނުވަތަ ދެ ފަހަރު ބޭނުން ކުރަން ޖެހޭ އެއްޗެކެވެ. މި ސެޓުގައި ހިމެނޭ ޕްރޮޑަކްޓުތަކަކީ މޫނުގައި ހުންނަ "ޕޯޒްތައް" ސާފުކޮށް، ހަމުގެ އިލާސްޓިސިޓީ އިތުރު ކޮށްދޭ ގޮތަށް ފަރުމާ ކޮށްފައިވާ ސެޓެކެވެ.

އެޓޮމީ"ގެ އިވްނިން ސެޓު ބޭނުން ކުރާނެ ގޮތް.

ސްކިންކެއާ ގައި ވަގުތު ހޭދަކޮށް، ހަންގަނޑު ރީތި ކޮށް ބެހެއްޓުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ހަ ޕްރޮޑަކްޓެއް އެކުލެވޭ "އެޓޮމީ"ގެ އެބްޒަލިއުޓް ސްކިންކެއާ ސިސްޓަމް އަކީ ފުރިހަމަ ރޫޓިން އަކަށް ވާނެ އެވެ. އެ ސިސްޓަމްގެ ޕްރޮޑަކްޓުތަކަކީ އެންޓި އޭޖިން އަށް އަމާޒުކޮށް ހަނގަނޑު ސާފު ކޮށް، އިލާސްޓިސިޓީ އިތުރު ކޮށްދޭ ޕްރޮޑަކްޓުތަކެކެވެ. އެ ޕްރޮޑަކްޓުތަކުގެ ތެރޭގައި ހިމެނެނީ ސެލް އެކްޓިވް ޓޯނާ، އެމްޕޯލް، ސިރަމް، އައި ކޮމްޕްލެކްސް، ލޯޝަން އަދި ނިއުޓްރިޝަން ކްރީމެކެވެ. އެ ޕްރޑަކްޓުތަކަކީ ހަންގަނޑު ހައިޑްރޭޓު ކޮށް ބެހެއްޓުމަށް އެހީތެރިވެދޭނެ ޕްރޮޑަކްޓުތަކެކެވެ. "އެޓޮމީ"ގެ އެ ސިސްޓަމް އާ އެއްކޮށް އީވްނިން ކެއާގެ ޕްރޮޑަކްޓުތައް ވެސް ބޭނުން ކުރެވޭނެ އެވެ.

ވަން ކްލިކް އިން ފިރިހެނުންނަށް ހާއްސަކޮށް ގެނެސްފައިވާ "އެޓޮމީ"ގެ ޕްރޮޑަކްޓަކީ ފިރިހެނުންނަށް ދިމާވާ ހަމުގެ ހުރިހާ މައްސަލައަކަށް ހައްލު ހޯދައިދޭ "އޯލް އިން ވަން" ޕްރޮޑަކްޓެކެވެ. އެގޮތުން، "ހޯމް އެނަޖައިޒިން އޯލް އިން ވަން" ޕްރޮޑަކްޓަކީ އާފްޓާޝޭވެއް ގޮތުގައި ވެސް ބޭނުން ކުރެވޭ ޕްރޮޑަކްޓެކެވެ. އަދި ކޮންމެ ދުވަހަކު ވެސް ހަންގަނޑު މޮއިސްޗަރައިޒް ކޮށްފައި ބެހެއްޓުމަށް ވެސް އެ ޕްރޮޑަކްޓު ބޭނުން ކުރެވޭނެ އެވެ. އެ ޕްރޮޑަކްޓަކީ ވެސް އެންޓި އޭޖިން ޕްރޮމޯޓު ކުރާ ޕްރޮޑަކްޓެކެވެ. ސްކިންކެއާގެ އެންމެ މުހިންމު ޕްރޮޑަކްޓު ކަމަށްވާ ސަންސްކްރީން ވެސް ވަން ކްލިކް އިން ލިބެން ހުންނާނެ އެވެ. އެއީ ދެ ޖިންސަށް ވެސް ބޭނުން ކުރެވޭނެ ޕްރޮޑަކްޓެކެވެ.

ކޮރެއާ ބްރޭންޑު "އެޓޮމީ" އަކީ ކޮރެއާ އާއި ދުނިޔޭގެ ބޮޑެތި ގިނަ ގައުމުތަކެއްގައި ވެސް މަގުބޫލުކަން ހޯދާފައިވާ ޕްރޮޑަކްޓެކެވެ. "އެޓޮމީ"ގެ ޕްރޮޑަކްޓުތައް ދުނިޔޭގެ 23 ގައުމެއްގައި ވިއްކަމުން ދާއިރު، އެމެރިކާ އާއި އިނގެރޭސިވިލާތުގައި ވެސް އެ ބްރޭންޑަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. އެ ޕްރޮޑަކްޓަކުގައި ބޭނުން ކޮށްފައި ވަނީ ނެޗުރަލް އިންގްރިޑިއަންޓު ތަކެކެވެ.

އެ ޕްރޮޑަކްޓުތައް ވިއްކަމުންދާ ވަން ކްލިކް ފިހާރަ ހުންނަނީ މައްޗަންގޮޅި ސަހަރާ ކުރިމަތީގައެވެ. އެ ފިހާރައިން "އެޓޮމީ"ގެ ޕްރޮޑަކްޓުތަކާއި އިތުރު އެހެން ޕްރޮޑަކްޓުތައް ލިބެން ހުންނާނެ އެވެ. އެ ފިހާރައިން ލިބެން ހުރި ޕްރޮޑަކްޓުތަކުގެ މައުލޫމާތު ފިހާރައިގެ ނަމްބަރު 7491234 އަށް ގުޅައިގެން ލިބޭނެ އެވެ. އަދި އެ ފިހާރައިގެ ޕްރޮޑަކްޓުތަކުގެ މައުލޫމާތު ފިހާރައިގެ ވެބްސައިޓް https://oneclick.com.mv/ އިން ވެސް ލިބޭނެ އެވެ.