Roadha Mihaaru

އެލައިޑަށް 40 އަހަރު ފުރުން ފާހަގަކުރީ ކަސްޓަމަރުންނާ އެކު

އެލައިޑުގެ ހިދުމަތަށް 40 އަހަރު ފުރުން އެ ކުންފުނީގެ ކަސްޓަމަރުންނާ އެކު ރޭ ބާއްވައިފި އެވެ.

އެލައިޑަށް 40 އަހަރު ފުރުން ކަސްޓަމަރުންނާ އެކު

އެލައިޑުގެ ހިދުމަތަށް 40 އަހަރު ފުރުން އެ ކުންފުނީގެ ކަސްޓަމަރުންނާ އެކު ރޭ ބާއްވައިފި އެވެ.

ގިނަ އަދަދެއްގެ ކަސްޓަމަރުން ބައިވެރިވެގެން "އެލައިޑް 40: މައިލްސްޓޯންސް އެންޑް މުމެންޓަމް"ގެ ނަމުގައި އެ ހާއްސަ ހަފުލާ ބޭއްވުމުގެ ބޭނުމަކީ އެލައިޑުން ބުނިގޮތުގައި، އެ ކުންފުނީގެ ބޮޑެތި ކާމިޔާބީތަކުގެ މާޒީގެ ފަހަތުގައިވާ އަގު ހުރި، ހިދުމަތްތެރި ކަސްޓަމަރުންގެ އަގުވަޒަންކޮށް އެ މީހުންނާ އެކު ވަގުތު ހޭދަކޮށް، ހިޔާލު ބަދަލުކުރުމެވެ.

އެލައިޑް އިންޝުއަރަންސުގެ "ޕްރޮޑަކްޓް ޕޯޓްފޯލިއޯ" މުއްސަނދި ކުރުމަށް މި އަހަރަށް ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ ބައެއް އުފެއްދުންތަކުގެ މައުލޫމާތު ވެސް ވަނީ ކަސްޓަމަރުންނާ ހިއްސާ ކޮށްފަ އެވެ. އޭގެ ތެރޭގައި، ކްރިޓިކަލް އިލްނެސް ކަވަ، ސައިބަ އިންޝުއަރަންސް ކަވަ އަދި އެމްޕްލޯޔަސް ލައިބިލިޓީ ކަވަ ހިމެނެ އެވެ.

އެ ޕްލޭންތަކާ ގުޅޭގޮތުން އެލައިޑުން ބުނީ، އެ ކުންފުނީގެ އުފެއްދުންތައް ބައްޓަން ކުރުމުގައި ބަވަނަވަމުންދާ ދުނިޔޭގެ ބަދަލުތަކަށް ފެތޭ ގޮތަށް ޕްލޭންތައް ފަރުމާކުރުމަށް ހާއްސަ އިސްކަމެއް ދޭ ކަމަށެވެ. އެ ޕްލޭންތަކުގެ އެހީގައި ކަސްޓަމަރުންނަށް އިތުރު ރައްކާތެރިކަމެއް ފޯރުކޮށްދިނުމަކީ އުއްމީދެއް ކަމަށް އެލައިޑުން ބުންޏެވެ.

އެލައިންޑް އިންޝުއަރެންސް އިން ބޭއްވި ހާއްސަ އިވެންޓްގެ ތެރެއިން -- ފޮޓޯ: އެލައިޑް

އެލައިންޑް އިންޝުއަރެންސް އިން ބޭއްވި ހާއްސަ އިވެންޓްގެ ތެރެއިން -- ފޮޓޯ: އެލައިޑް

ރޭގެ ހަފުލާގައި އެލައިޑުން ވަނީ އެ ކުންފުނީގެ އިސްލާމިކް ވިންޑޯ "އަޔާދީ ތަކާފުލް" ރީބްރޭންޑްކޮށް، "އެލައިޑް ތަކާފުލް" އަށް ބަދަލުކޮށްފަ އެވެ. ޝަރީއާ ކޮމްޕްލައިންޓް އިންޝުއަރަންސް ހިދުމަތްތައް ހޯދަން ބޭނުންވާ ފަރާތްތަކަށް ހާއްސަ އިސްލާމިކް އިންޝުއަރަންސް ސޮލިއުޝަންސް ފޯރުކޮށްދެމުން އަންނަ މި ގޮތްޕަށް މިއަހަރު ވަނީ 11 އަހަރު ފުރިފަ އެވެ.

ކަސްޓަމަރުންނަށް ހާއްސަ ކޮށްގެން ބޭއްވި ހަރަކާތުގައި އެލައިޑުން ވަނީ ކޮންމެ ބައިވެރިއަކަށް ހާއްސަ ހޯމް ކޮންޓެންޓް ޕްލޭނެއް ހަދިޔާ ކޮށްފަ އެވެ. ޖުމުލަ 150،000ރ. ގެ އަގު ހުރި ގޭތެރޭގެ މުދާ ރައްކާތެރިކުރާ އެ ޕްލޭނަކީ ގޭތެރޭގައި ހުންނަ ސާމާނަށް ކުރިމަތިވެދާނެ ފަދަ ގެއްލުންތަކަށް ބަދަލު ލިބޭ ގޮތަށް ތައްޔާރު ކޮށްފައިވާ ޕްލޭނެކެވެ.

ހަފުލާގެ ބައިވެރިންގެ ތެރެއިން ނަސީބު ގުރުއަތުން ހޮވުނު ތިން މީހަކަށް އެލައިޑުން ވަނީ އެއް އަހަރުގެ ދުވަހުގެ ވަލްޑްވައިޑް ޓްރެވަލް ޕްލޭނެއް (އޫއެސްއޭ އާއި ކެނެޑާ ނުހިމެނޭ ގޮތަށް) ވެސް ހަދިޔާކޮށްފަ އެވެ.

އެ ޕްލޭނުގެ ދަށުން ރާއްޖެ އިން ބޭރަށް ކުރާ ދަތުރުތަކުގައި ނަގާ ސިއްހީ ފަރުވާ އަށް ހޭދަވާ ހަރަދާއި ދަތުރު ޑިލޭވުމާއި ކެންސަލްވުން އަދި ލަސްވެ ނުވަތަ ގެއްލޭ ދަބަސް ފަދަ ތަކެއްޗަށް ބަދަލު ލިބޭނެ އެވެ.