Roadha Mihaaru
"އެލައިޑް ފެސްޓް" މާދަމާ ބާއްވަނީ

"އެލައިޑް ފެސްޓް" މާދަމާ ބާއްވަނީ

21 ސެޕްޓެމްބަރ 2023

ކުޑަކުދިންނަށް ހާއްސަކޮށް މި މަހުގެ ދެ ވަނަ ދުވަހު ބޭއްވުމަށް އިންތިޒާމު ކޮށް މޫސުން ގޯސްވުމުގެ ސަބަބުން ފަސްކުރި "އެލައިޑް ފެސްޓް" މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެލައިޑުން ބުނެފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ކުޑަކުދިންނަށް ހާއްސަކޮށް މި މަހުގެ ދެ ވަނަ ދުވަހު ބޭއްވުމަށް އިންތިޒާމު ކޮށް މޫސުން ގޯސްވުމުގެ ސަބަބުން ފަސްކުރި "އެލައިޑް ފެސްޓް" މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެލައިޑުން ބުނެފި އެވެ.

"އެލައިޑު ފެސްޓް" އަކީ އެލައިޑް އިންޝުއަރެންސްއިން ކުޑަކުދިންނަށް ގިނަ ހަރަކާތްތަކަކާ އެކު ބާއްވާ ކުޑަކުދިންގެ ހަވީރެކެވެ. މި ހަރަކާތް އޮންނާނީ ސެންޓްރަލް ޕާކުގައި ހަވީރު 4 އިން 6 އަށެވެ.

އެލައިޑުން ބުނީ މި ހަރަކާތުގައި ބީންބޭގް ޓޮސް، ފިޝިން، ސްނޭކް އެންޑް ލެޑާ އަދި ޓުވިސްޓާ ފަދަ މަޖާ ގޭމުތަކެއް ކުރިއަށް ދާނެ ކަމަށެވެ. އަދި ކުރެހުމުގެ އެކި ހަރަކާތްތަކަށް ހާއްސަ އާޓް ކޯނަރެއް ވެސް ހުންނާނެ ކަމަށް އެލައިޑުން ބުންޏެވެ.

މި ހަރަކާތުގައި ބައިވެރިންގެ މެދުގައި ހާއްސަ ލަކީޑްރޯއެއް ނަގާ ތިން ފަރާތަކަށް ހާއްސަ އިނާމެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

އެލައިޑުން ބުނީ މި ހަރަކާތުގެ ތެރެއިން ބެލެނިވެރިންނަށް އެލައިޑުގެ ފެމެލީ އެންޑް ލައިފް ޕްލޭނާ ގުޅޭ މައުލޫމާތުތައް ދޭނެ ކަމަށެވެ. އަދި މި ފަދަ ޕްލޭންތަކުގެ މުހިންމުކަމާއި، އެކި ޕްލޭންތަކުން ލިބޭ ފައިދާތައް ހިއްސާކުރާނެ ކަމަށް ވެސް އެލައިޑުން ބުންޏެވެ.

އެލައިޑް އިންޝުއަރެންސްއިން މި ދިޔަ އަހަރު ވެސް ވަނީ "އެލައިޑް ފެސްޓް" ބާއްވައިފަ އެވެ. އެ ހަރަކާތަށް ގިނަ ބައެއްގެ ތަރުހީބު ލިބުނުކަން އެލައިޑުން ފާހަގަކުރެ އެވެ.