24 ފެބުރުއަރީ 2018
އެލައިޑް އިންޝުއަރެންސްގެ އިސްލާމިކް ވިންޑޯ ކަމަށްވާ އަޔާދީ ތަކާފުލް އަށް ހަތަރު އަހަރު ފުރުން ފާހަގަކުރަން މާދަމާ ހިންގާ ޚާއްސަ ޕްރޮމޯޝަނެއްގެ ދަށުން، އަޔާދީ ތަކާފުލްގެ އިންޝުއަރެންސް ޕެކޭޖުތައް ނަގާ ފަރާތްތަކަށް 50،000ރ.ގެ އިންޝުއަރެންސް ވައުޗަރެއް ދޫކުރާނެ ކަމަށް ބުނެފި އެވެ.
އެލައިޑް އިންޝުއަރެންސްގެ އިސްލާމިކް ވިންޑޯ ކަމަށްވާ އަޔާދީ ތަކާފުލް އަށް ހަތަރު އަހަރު ފުރުން ފާހަގަކުރަން މާދަމާ ހިންގާ ޚާއްސަ ޕްރޮމޯޝަނެއްގެ ދަށުން، އަޔާދީ ތަކާފުލްގެ އިންޝުއަރެންސް ޕެކޭޖުތައް ނަގާ ފަރާތްތަކަށް 50،000ރ.ގެ އިންޝުއަރެންސް ވައުޗަރެއް ދޫކުރާނެ ކަމަށް ބުނެފި އެވެ.
އެ ކުންފުނިން ބުނީ މިއީ މާދަމާ އެކަނި ހިންގާ "ވަން ޑޭ" ޕްރޮމޯޝަނެއް ކަމަށެވެ. ޕްރޮމޯޝަނުގެ ދަށުން އިންޝުއަރެންސް ވައުޗާ ލިބޭނީ ގާނޫނަކުން ލާޒިމް ނުކުރާ އިންޝުއަރެންސް ޕެކޭޖެއް ނަގާ ފަރާތްތަކަށެވެ.
"ތާޑް ޕާޓީ މޮޓޯ އިންޝުއަރެންސް ނުވަތަ އެކްސްޕެޓް ތަކާފުލް އަކީ މެންޑެޓަރީ ޕްލޭންތައް. މާދަމާ އެ ނޫން އިންޝުއަރެންސް ޕްލޭނެއް ނަގާ ކޮންމެ ފަރާތަކަށް ވެސް ވައުޗާ ލިބޭނެ،" އެލައިޑްގެ އޮފިޝަލަކު ވިދާޅުވި އެވެ.
މާދަމާގެ ޕްރޮމޯޝަންގެ ދަށުން ދޫކުރާނީ ހޯމް ކޮންޓެންޓް ތަކާފުލް ވައުޗަރެވެ. ހޯމް ކޮންޓެންޓް ވައުޗަރަކީ އިމާރާތްތައް އިންޝުއާ ކުރުމުގެ ބަދަލުގައި، އެ އިމާރާތެއްގައި ކުއްޔަށް އުޅޭ މީހުން ގެންގުޅޭ މުދާ އިންޝުއާ ކުރުމުގެ ހިދުމަތެކެވެ. މިގޮތުން ގުދުރަތީ ކަމަކުން ނުވަތަ އެފަދަ އެހެން ކަމަކުން މުދަލަށް ލިބޭ ގެއްލުމުގެ ބަދަލު ކަވަރުކުރާނެ އެވެ.
އެލައިޑް އިންޝުއަރެންސްގެ އިސްލާމިކް ވިންޑޯގެ ގޮތުގައި އަޔާދީ ތަކާފުލް ވަކިން ހިންގި ނަމަވެސް، މައި ކުންފުނިން ލިބޭ ގިނަ އިންޝުއަރެންސް ޕެކޭޖުތައް އަޔާދީން ވެސް ދޫކުރެ އެވެ.
ޗައިލްޑް އެޑިއުކޭޝަން ޕްލޭނުން ޑިސްކައުންޓު ދޭ މުއްދަތު އިތުރުކޮށްފި
ކޮމިއުނިޓީ ފަންޑުން އެހީ ލިބޭ ޖަމިއްޔާތައް ހޮވައިފި
ޝްވެކްގެ ޓިކެޓު ލިބޭ އެލައިޑުގެ ޕްރޮމޯޝަނެއް
އަޔާދީ ތަކާފުލްއަށް ބައިނަލްއަގްވާމީ އެވޯޑެއް ލިބިއްޖެ
އަޔާދީ ތަކާފުލްގެ ހޯމް ކޮންޓެންޓް ޕްލޭންސް ޕްރޮމޯޝަނެއް
އެލައިޑުން ޓީޗަރުންގެ ދުވަސް ފާހަގަކޮށްފި
"އެލައިޑް ފެސްޓް" މާދަމާ ބާއްވަނީ
އެލައިޑުން ވެހިކަލް އިންޝުއަރެންސް އޮންލައިންކޮށްފި
ދަނޑުވެރިންނަށް އެލައިޑުން ކަވަރޭޖު ދެނީ
އަޔާދީތަކަފުލް އިން ގެސްޓް ވިޔަފާރިވެރިންގެ ގާތަށް