09 ނޮވެމްބަރ 2020
ރޯޒްވޯޓާ ނުވަތަ ފިނިފެނަކީ ވަރަށް ގިނަ ކަންކަމަށް ބޭނުންކޮށް އުޅޭ އެއްޗެކެވެ. ހާއްސަކޮށް، ހަންގަނޑު ރީތިކުރަން ފިނިފެން ބޭނުންކުރެ އެވެ. ހަންގަނޑު މާ ބޮޑަށް ތެޔޮވާ ނަމަ ނުވަތަ ހިކޭ ނަމަ ފިނިފެނުން ހައްލު ހޯދަ އެވެ. މީގެ އިތުރުން އެކި ކަހަލަ ފޮނިކާތަކެތި ހަދަން ވެސް ފިނިފެނަކީ ޒަމާނުއްސުރެ ދިވެހިން ވެސް ބޭނުންކޮށް އުޅޭ އެއްޗެކެވެ.
ރޯޒްވޯޓާ ނުވަތަ ފިނިފެނަކީ ވަރަށް ގިނަ ކަންކަމަށް ބޭނުންކޮށް އުޅޭ އެއްޗެކެވެ. ހާއްސަކޮށް، ހަންގަނޑު ރީތިކުރަން ފިނިފެން ބޭނުންކުރެ އެވެ. ހަންގަނޑު މާ ބޮޑަށް ތެޔޮވާ ނަމަ ނުވަތަ ހިކޭ ނަމަ ފިނިފެނުން ހައްލު ހޯދަ އެވެ. މީގެ އިތުރުން އެކި ކަހަލަ ފޮނިކާތަކެތި ހަދަން ވެސް ފިނިފެނަކީ ޒަމާނުއްސުރެ ދިވެހިން ވެސް ބޭނުންކޮށް އުޅޭ އެއްޗެކެވެ.
އެކަމަކު މި ފަހަރު ތަންކޮޅެއް ތަފާތު ބޭނުންތަކެއްގެ ވާހަކަ އެވެ.
ރޯގާޖެހި ކަރުތެރެ ހަލާކުވެ ކެއްސާ ނަމަ އެކަމާ ދެކޮޅަށް ވެސް މި ބޭނުން ކުރެވިދާނެ އެވެ. ސަމުސަލެއްގެ ފިނިފެން ބޯލުމުން ލުއިވާން ފަށާނެ އެވެ. ފިނިފެނުގައި އެކުލެވޭ އިންފްލެމޭޓަރީ މާއްދާތަކުގެ ސަބަބުން އެކަމަށް މަގުފަހިކުރުވަ އެވެ.
ގައިގެ ތަނެއް ކެނޑި ޒަހަމްވެފައިވާ ނަމަ އެކަމަށް ވެސް ފިނފެން ބޭނުން ކުރެވިދާނެ އެވެ. ފިނިފެން ފޮދަކުން ކަފަކޮޅެއް ތެންމާލައި، ޒަހަމްވެފައިވާ ތަނުގައި އުނގުޅުމުން، އިންފެކްޝަން އުފެދުމުން ވެސް ރައްކާތެރިކޮށް ދޭނެ އެވެ. އަދި އަވަހަށް ޒަހަމް ފަސޭހަވާން ބާރަކަށްވެ އެވެ. ފިނިފެނަކީ އެންޓި-ބެކްޓީރިއަލް މާއްދާތަކުން މުއްސަނދި އެއްޗެކެވެ.
މައްސަރުގެ އުނދަގޫތަކާ ދެކޮޅަށް ވެސް ފިނިފެން ބޭނުން ކުރެވިދާނެ އެވެ. ފެނަށް ފިނިފެން އަޅައިގެން ބުއިމުން ދަށްބަނޑުގައި ރިއްސުމާއި މައްސަރުގެ އެހެން ވޭންތައް ވެސް ކުޑަކޮށް ދޭނެ އެވެ.
ހިރުގަނޑާއި ދަތުގެ ސިއްހަތަށް ވެސް ފިނިފެން ބޭނުންކުރެވިދާނެ އެވެ. މި ފެނުން އަނގަ ދޮވުމުން ހިރުގަނޑު ވަރުގަދަވެ، އަނގައިގެ ސާފުތާހިރުކަން ވެސް އިތުރުކޮށް ދޭނެ އެވެ. އަނގައިން ނުބައި ވެސް ކަނޑުވައިދޭނެއޭ އެވެ.
ބޮލުގައި ރިއްސައި، ބޮލަށް ބަރުވާ ނަމަ އެކަމުގެ ސަބަބުން ނަފުސާނީ ގޮތުން އުނދަގޫތައް ކުރިމަތިކުރުވާނެ އެވެ. ފިނިފެނަކީ ވަރަށް އަރާމު، މަޑު ވަހެއް ހުންނަ އެއްޗަކަށްވާތީ މީގެ ވަހަކީ ސިކުނޑި އާއި ހިތަށް އުފާވެރިކަމާއި ލުއިކަން ގެނެސްދޭނެ އެއްޗެވެ. ސްޕްރޭ ކުރެވޭ ގޮތަށް ހުންނަ ފިނިފެން ފުޅިއަކުން ގޭތެރެ އާއި ވަކިން ހާއްސަކޮށް ނިދާ ކޮޓަރީތެރޭގެ ވަސް ރަނގަޅުކޮށްލުމަކީ ނަފުސަށް ހަމަޖެހުން ގެނުވާނެ ކަމެކެވެ.
ލޯކައިރި ކަޅުވާ ނަމަ ކުރެވިދާނެ ފަސް ކަމެއް
ނޭވާލެވޭ ގޮތަކުން ވެސް ހަންގަނޑު ހިކޭ
މޫނު ތާޒާކޮށްލަން ވަރަށް ފަސޭހަ މާސްކެއް
އެެލޯ ވެރާގެ ބޭނުންހިފޭނެ ކިތަންމެ ގޮތެއް
އެސްޓީ ލޯޑާގެ އުފެއްދުމެއް ޖައްވުގައި ލޯންޗްކުރަނީ
އިސްތަށިގަނޑަށް އޮފުކަން ގެނެވޭނެ ތިން ގޮތެއް
މޫނުގެ ތެޔޮކަން ފިލުވަން ޓޮމާޓޯ އާއި އޯޓްސް
ތެތް އިސްތަށިގަނޑާ އެކު ނުނިދާތި
ނޭފަތުން ބްލެކްހެޑްސް ނައްތާލަން ފަސޭހަ ގޮތެއް
ލޯ ތާޒާކޮށްލާނެ ހަތަރު ގޮތެއް