08 ޖޫން 2020
މޫނުގެ ހަންގަނޑު ރީތިކޮށް ހުރުމަކީ ކޮންމެ މީހަކު ވެސް އެންމެ ބޭނުންވާނެ އެއް ކަންތަކެވެ. އެހެންގެ މޫނުމަތީގެ އުޖާލާކަމާއި އޮމާންކަމަށް ވަރަށް ގިނަ މީހުން އެކި އެއްޗެހި ބޭނުންކުރެ އެވެ.
މޫނުގެ ހަންގަނޑު ރީތިކޮށް ހުރުމަކީ ކޮންމެ މީހަކު ވެސް އެންމެ ބޭނުންވާނެ އެއް ކަންތަކެވެ. އެހެންގެ މޫނުމަތީގެ އުޖާލާކަމާއި އޮމާންކަމަށް ވަރަށް ގިނަ މީހުން އެކި އެއްޗެހި ބޭނުންކުރެ އެވެ.
ބާޒާރުގައި ވިއްކަން ހުންނަ ތައްޔާރީ ތަކެތީގެ ބަދަލުގައި ތާޒާ އެއްޗެހި ބޭނުންކޮށްލައިގެން އަމިއްލަށް ތައްޔާރުކޮށްލެވޭ އެއްޗަކުން ވެސް މޫނުގެ ހަންގަނޑު ރީތިކޮށްލެވިދާނެ އެވެ. ހާއްސަކޮށް ތެޔޮ ހަންނޑު ހުންނަ މީހުންނަށް މިއީ ހާއްސަ އެއްޗެކެވެ، މިއަކަށް މާ ގިނަ އެއްޗެއް ވެސް ބޭނުމެއް ނުވެ އެވެ.. ތައްޔާރުކޮށްލަން ވެސް ފަސޭހަ އެވެ.
2 ސައިސަމުސާ އޯޓް
1 ޓޮމާޓޯ
ޓޮމާޓޯ ފަޅިކޮށްލާފައި ބްލެންޑަރަކުން ގިރައިލާށެވެ. ދެން ޖޯޑަކަށް ނުވަތަ ބޯތައްޓަކަށް އަޅައިލުމަށް ފަހު، އޭގެ ތެރެއަށް އޯޓްކޮޅު އަޅާލުމަށް ފަހު، ރަނގަޅަށް އެއްކޮށްލާށެވެ. އެ ހިސާބުން އެހެރީ މާސްކްގަނޑު ތައްޔާރުވެފަ އެވެ. ދެން މޫނު އެއްކޮށް ކަވަރުވާ ގޮތަށް އުނގުޅާލާށެވެ. ދެން 15 މިނިޓް ފަހުން ދޮވެލާނީ އެވެ.
މޫނުގައި ހުންނަ ޑްރައިލް ސެލްތައް ވެސް މި މާސްކްގެ ސަބަބުން ނައްތައިލެވި މޫނުގެ ތެޔޮކަން ކަނޑުވައިދޭނެ އެވެ. ރަނގަޅީ ހަފުތާއަކު އެއް ފަހަރު މި މާސްކް ބޭނުންކުރުމެވެ. މީގެ ސަބަބުން، މޫނުގެ ހަންގަނޑުގައި ކަޅުވެފައި ހުންނަ ތަންތަން ވެސް އަލިކޮށްދީ، މޫނަށް ތާޒާކަމާއި އުޖާލާކަން ގެނެސްދޭނެ އެވެ.
ޓޮމާޓޯ އަކީ ވިޓަމިން ސީން މުއްސަނދި މޭވާއަކަށްވާތީ މިއީ ހަމަށް އެތައް ފައިދާއެއް ލިއްބައިދޭ އެއްޗެކެވެ. އެގޮތުން ޓޮމާޓޯ ބޭނުންކުރުމަކީ އުމުރުން ދުވަސްވުމުގެ އަލާމާތްތައް ވެސް ހަންގަނޑުން ކުޑަކޮށްދޭ އެއްޗެކެވެ.
އޯޓަކީ އޭގެ ޒާތުގައި ވެސް ހަމުގައި އުފެދޭ ބޭކާރު ތެޔޮކަން ކަނޑުވައިލަދިނުމުގެ ބާރު ލިބިފައިވާ އެއްޗެކެވެ.
ފިނިފެން ފަރުވާއެއްގެ ގޮތުގައި
އިސްތަށިގަނޑަށް އޮފުކަން ގެނެވޭނެ ތިން ގޮތެއް
ތެތް އިސްތަށިގަނޑާ އެކު ނުނިދާތި
ލޯ ތާޒާކޮށްލާނެ ހަތަރު ގޮތެއް
ބައިވެރިންތަކަކަށް ކޮވިޑް ޖެހި، މިސް ވޯލްޑް ފަސްކޮށްފި
މިސް ޔުނިވާސްގެ މަގާމު އިންޑިއާގެ ހަރްނާޒަށް
އަތްތިލަ ހަރު ނަމަ މަޑު ކޮށްލެވިދާނެ ގޮތްތަކެއް
މަރާޔާ އަކީ އެންމެ ދިގު އަންހެން ބޮޑީ ބިލްޑަރު
ބޯ ކޮށާލި ގޮތުން 2.7 މިލިއަނުގެ ބަދަލުދޭން ޖެހިއްޖެ
މާސްކާ ހެދި ލިޕްސްޓިކްގެ ޑިމާންޑް ދަށެއް ނުވޭ