25 ސެޕްޓެމްބަރ 2021
ދިގު އިސްތަށިގަނޑެއް އޮތް އިންޑިއާގެ އަންހެން މޮޑެލްއެއްގެ އިސްތަށިގަނޑު ކުރުކޮށް ކޮށައިލި މައްސަލައެއްގައި ކުރި ދައުވާއަކާ ގުޅިގެން އެކަން ކުރި ތަނުން ބަދަލެއްގެ ގޮތުގައި 20 ކްރޯޑް ރުޕީސް (2.7 މިލިއަން ޑޮލަރު) ދޭން އިންޑިއާގެ ކޮންޒިއުމާ ކޯޓަކުން ހުކުމްކޮށްފި އެވެ.
ދިގު އިސްތަށިގަނޑެއް އޮތް އިންޑިއާގެ އަންހެން މޮޑެލްއެއްގެ އިސްތަށިގަނޑު ކުރުކޮށް ކޮށައިލި މައްސަލައެއްގައި ކުރި ދައުވާއަކާ ގުޅިގެން އެކަން ކުރި ތަނުން ބަދަލެއްގެ ގޮތުގައި 20 ކްރޯޑް ރުޕީސް (2.7 މިލިއަން ޑޮލަރު) ދޭން އިންޑިއާގެ ކޮންޒިއުމާ ކޯޓަކުން ހުކުމްކޮށްފި އެވެ.
ދައުވާކުރި މޮޑެލް ބުނެފަވާ ގޮތުގައި އޭނާގެ ބުރަކައްޓާ ހަމައަށް އޮތް އިސްތަށިގަނޑުގެ ތިރިން ހަތަރު ވަރަކަށް އިންޗި ކުރުކޮށް ކޮށަން ބުނުމުން ބޯކޮށަން ހުރި މީހާ ވަނީ ކޮނޑާ ހަމައަށް އިސްތަށިގަނޑު ކޮށާލައިފަ އެވެ. އަންހެން މީހާ ބުނި ގޮތުގައި ބޯކޮށާނެ ގޮތް ކިޔައިދީފައި އިނީ ނިމެންދެން އިސްޖަހައިގެން ލޯނޑަށް ވެސް ނުބަލަ އެވެ. އެހެންވެ ކޮށައި ނިމުނު އިރު ވެސް އިސްތަށިގަނޑު އެވަރަށް ކޮށައިލިކަމެއް ނޭނގޭ ކަމަށް ބުންޏެވެ.
،މޮޑެލްގެ ދައުވާގައި ބުނީ ސެލޫނުން ދިން ގެއްލުމާ ގުޅިގެން މާލީ ގޮތުން ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. ސަބަބަކީ އޭނާގެ ދިގު އިސްތަށިގަނޑުގެ ސަބަބުން، އިސްތގަށިގަނޑަށް ހާއްސަ އުފެއްދުންތައް އިޝްތިހާރުކޮށްދޭން ފުރުސަތު ލިބި، އާމްދަނީ ލިބޭތީ އެވެ.
މީޑިއާތަކުން ބުނީ މޮޑެލްގެ އިސްތަށިގަނޑު 2018 ވަނަ އަހަރުގެ ތެރޭގައި ކުރުކޮށް ކޮށައިލީ ވެރިރަށް ނިއު ދިއްލީގެ މަޝްހޫރު ހޮޓެލް ޗެއިނެއްގެ ދަށުން ހިންގާ ސެލޫނެއްގައި ކަމަށެވެ.ބުނ އެކަމަކު އެތަނާއި މޮޑެލްގެ އެއްވެސް ވަނަވަރެއް ހާމައެއްނުކުރެ އެވެ.
މި މައްސަލަ ބެލި ނެޝަނަލް ކޮންޒިއުމާ ޑިސްޕިއުޓްސް ރެޑްރެސަލް ކޮމިޝަން (އެންސީޑީއާރްސީ) އިން ބުނީ އިސްތަށިގަނޑު ކުރުކޮށް ކޮށައިލުމާ ގުޅިގެން މޮޑެލް އަށް މާލީ ގެއްލުމުގެ އިތުރަށް ނަފުސާނީ ގޮތުން ވެސް ގެއްލުންވެފައިވާ ކަމަށެވެ. އެހެންވެ ބަދަލަށް 20 ކްރޯޑް ރުޕީސް ދޭން އަމުރުކޮށްފައިވެ އެވެ. އެކަމަކު އެތަނަށް މިކަން އިސްތިއުނާފުކުރުމުގެ ފުރުސަތު ލިބިދީފައިވެ އެވެ.
އިންޑިއާގެ ރީތީގެ ރާނީއެއް ސިޔާސީ ދާއިރާ އަށް
މިސް ޔުނިވާސްގެ މަގާމު އިންޑިއާގެ ހަރްނާޒަށް
މިސް ޔުނިވާސްގެ ތާޖު މެކްސިކޯގެ ރީތީގެ ރާނީ އަށް
ހުވާގެ ރަސްމިއްޔާތުން ކަމަލާގެ ދޮންދަރި މޮޑެލްއަކަށް
އާލިއާ ވެސް ވިޔަފާރިއަކަށް އިންވެސްޓްކުރަނީ
މަތިންދާބޯޓުގައި އުފަންވުމުން އުމުރު ދުވަހު ހިލޭ ދަތުރު
އިންޑިއާ މީހެއްގެ އޯވަރީން 50 ކިލޯގެ ޓިއުމަރެއް
40 ވަނަ އުފަން ދުވަހަށް 40،000 ގަސް އިންދަނީ
ރީތީގެ ރާނީ ކޮރޯނާވައިރަހުގެ ބަލި މީހުންނާ އެކު
ޗިންކީ-މިންކީގެ ޖާދޫގައި އެންމެން ޖެހެނީ