09 އެޕްރީލް 2021
ދާދި ފަހުން ވީޑިއޯ ލަވައެއް ކުޅުނު އިންޑިއާގެ ރީތީގެ ރާނީއަކު ސިޔާސީ ދާއިރާ އަށް ނުކުންނަން ނިންމައި، އުއްތަރު ޕްރަދޭޝް (ޔޫޕީ) ގައި މިހާރު ބާއްވަން ތައްޔާރުވަމުން އަންނަ އިންތިހާބެއްގައި ވާދަކުރަން ހުށަހަޅައިފި އެވެ.
ދާދި ފަހުން ވީޑިއޯ ލަވައެއް ކުޅުނު އިންޑިއާގެ ރީތީގެ ރާނީއަކު ސިޔާސީ ދާއިރާ އަށް ނުކުންނަން ނިންމައި، އުއްތަރު ޕްރަދޭޝް (ޔޫޕީ) ގައި މިހާރު ބާއްވަން ތައްޔާރުވަމުން އަންނަ އިންތިހާބެއްގައި ވާދަކުރަން ހުށަހަޅައިފި އެވެ.
މީޑިއާތަކުން ބުނީ 2015 ގެ ފެމިނާ މިސް އިންޑިއާ މުބާރާތުގައި ދެވަނަ އަށް ދިޔަ ދިކްޝާ ސިންގް ޔޫޕީގެ ޖައުޕޫރް ޑިސްޓްރިކްޓް ގޮނޑިއަކަށް، ޔޫޕީ ޕަންޗަޔަކު އިންތިހާބުގައި ވާދަކުރަން ރަސްމީކޮށް ހުށަހެޅީ މިދިޔަ އާދީއްތަ ދުވަހު ކަމަށެވެ.
އިންޑިއާގެ ރީތީގެ ރާނީންނަކީ ފިލްމީ ދާއިރާ އަށް އާންމުކޮށް މިސްރާބުޖަހާ ބަޔަކަށް ވިޔަސް ދިކްޝާ ސިޔާސީ ދާއިރާ އަށް ނުކުންނަން ނިންމީ އޭނާގެ ބައްޕަ އަދި ވިޔަފާރިވެރިޔާ ޖިތެންދުރަ ސިންގްގެ އެދުމަކަށެވެ. މީޑިއާތަކުން ބުނީ ދަރިފުޅު ސިޔާސީ ދާއިރާ އަށް ނެރެން އޭނާ ނިންމީ އަމިއްލަ އަށް ސިޔާސީ ދާއިރާ އަށް ވަންނަން މަސައްކަތްކުރި ނަމަވެސް ވިޔަފަރީގައި ވަރަށް ބޮޑަށް ބިޒީވުމުގެ އިތުރަށް ދަރިފުޅު ވާދަކުރަން ނިންމި ދާއިރާ އަކީ މިހާރު އަންހެން ކެންޑިޑޭޓުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަކަށްވާތީ އެވެ.
ޖިތެންދުރަ އަކީ ގޯއާ އާއި ރާޖަސްތާނުގައި ވަރަށް މަޝްހޫރު ވިޔަފާވެރިއެކެވެ.
ސިޔާސީ ދާއިރާ އަށް ނުކުތުމާ ބެހޭ ގޮތުން ދިކްޝާ ބުނީ ރައްޔިތުންނަށް ހިދުމަތްކުރަން އަބަދު ވެސް ވަރަށް ބޭނުންވާ ކަމަށެވެ.
"ވަކިން ހާއްސަކޮށް އަހަރެންގެ އަވަށް ދެކެ ވަރަށް ލޯބިވާ މީހެއް އަހަންނަކީ. އެހެންވީމާ ކުރިއަށް އޮތް ތަނުގައި ސިޔާސީ ދާއިރާ އިން އަމިއްލަ އަވަށުގެ ކުރިއެރުމާއި ތަރައްގީ އަށް ވަރަށް ގިނަ މަސައްކަތްތައް ކުރާނަން،" އޭނާ ބުންޏެވެ.
ދިކްޝާ ބުނި ގޮތުގައި އެންމެ ބޮޑު އިސްކަމެއް ދޭނެ އެއް ކަމަމީ އަންހެނުންނާ ގުޅުން ހުރި މައްސަލަތަކާ ދެކޮޅަށް ވަކާލާތުކުރުމެވެ.
ދިކްޝާގެ ވީޑިއޯ ލަވަ "ރައްބާ މެހެރު ކަރޭ" ނެރުނީ މިދިޔަ ފެބްރުއަރީ މަހު އެވެ. އެ ލަވައިގައި އޭނާ ފެނިފައި ވަނީ ލަވަކިޔުންތެރިޔާ ދަރުޝަން ރަވަލްއާ އެކީގަ އެވެ.
ބޯ ކޮށާލި ގޮތުން 2.7 މިލިއަނުގެ ބަދަލުދޭން ޖެހިއްޖެ
މިސް ޔުނިވާސްގެ މަގާމު އިންޑިއާގެ ހަރްނާޒަށް
މިސް ޔުނިވާސްގެ ތާޖު މެކްސިކޯގެ ރީތީގެ ރާނީ އަށް
ހުވާގެ ރަސްމިއްޔާތުން ކަމަލާގެ ދޮންދަރި މޮޑެލްއަކަށް
އާލިއާ ވެސް ވިޔަފާރިއަކަށް އިންވެސްޓްކުރަނީ
40 ވަނަ އުފަން ދުވަހަށް 40،000 ގަސް އިންދަނީ
ރީތީގެ ރާނީ ކޮރޯނާވައިރަހުގެ ބަލި މީހުންނާ އެކު
ޗިންކީ-މިންކީގެ ޖާދޫގައި އެންމެން ޖެހެނީ
ޕޫނަމް މަރުވި ކަމަށް ބުނެ އޮޅުވާލުމުން އާންމުން ރަތަށް
އިންތިޚާބުވީ އަންހެނުން، މަގާމުގެ ހުވާކުރީ ފިރިހެނުން