08 އޯގަސްޓް 2022
އިންޑިޔާގެ މަދްޔަ ޕްރަދޭޝްގެ ޕަންޗްޔާތުތަކަށް އިންތިޚާބުވި އަންހެން މެމްބަރުންގެ ބަދަލުގައި އެމީހުންގެ ފިރިންނާއި ގާތްތިމާގެ ފިރިހެނުން މަގާމުގެ ހުވާކުރި މައްސަލައެއް ފެންމަތިވުމާ ގުޅިގެން، އެކަން ތަކުރާރުވިޔަ ނުދިނުމަށް މަދްޔަ ޕްރަދޭޝްގެ ސަރުކާރުން ފިޔަވަޅު އަޅައިފި އެވެ.
އިންޑިޔާގެ މަދްޔަ ޕްރަދޭޝްގެ ޕަންޗްޔާތުތަކަށް އިންތިޚާބުވި އަންހެން މެމްބަރުންގެ ބަދަލުގައި އެމީހުންގެ ފިރިންނާއި ގާތްތިމާގެ ފިރިހެނުން މަގާމުގެ ހުވާކުރި މައްސަލައެއް ފެންމަތިވުމާ ގުޅިގެން، އެކަން ތަކުރާރުވިޔަ ނުދިނުމަށް މަދްޔަ ޕްރަދޭޝްގެ ސަރުކާރުން ފިޔަވަޅު އަޅައިފި އެވެ.
އިންޑިޔާގެ އިތުރުން ޕާކިސްތާނާއި ބަނގްލަދޭޝް އަދި ނޭޕާލާއި ސްރީ ލަންކާގައި އޮންނަ ޕަންޗްޔާތު (އަވަށު މަޖިލިސް) ނިޒާމަކީ، ދުނިޔޭގެ އެންމެ ޒަމާންވީ ލާމަރުކަޒީ ނިޒާމެވެ.
އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި މަދްޔަ ޕްރަދޭޝްގައި އެކުލަވައިލި އާ އަވަށު މަޖިލިސްތަކުގެ ތެރެއިން ބައެއް މަޖިލިސްތަކަށް އިންތިޚާބުވި އަންހެން މެންބަރުންގެ ބަދަލުގައި، މަގާމުގެ ހުވާ ކުރީ އިންތިޚާބުވި އަންހެނުންގެ ފިރިންނެވެ. އަދި ފިރިން ނެތް އަންހެނުންގެ ބަދަލުގައި މަގާމުގެ ހުވަ ކުރީ، އެމީހުންގެ ގާތްތިމާގެ ފިރިހެނުންނެވެ.
މަދްޔަ ޕްރަދޭޝްގައި އިންތިޚާބުކުރި އަވަށު މަޖިލިސްތަކުގެ ތެރެއިން މި މައްސަލަ ކުރިމަތިވީ ބައެއް އަވަށްތަކުގައި ކަމަށް ނޫސްތަކުން ބުނެ އެވެ. އެއީ، ދާރް، ދާމޯހް، ސާގަރް، ޖައިސިނަގަރް، ޕަންނާ، ގައިސްއާބާދު، ޕިޕާރިއާ ކިރާއު އަދި ޖަންޕަދު އާއި ރޭވާ އަވަށެވެ. މި އަވަށްތަކުގެ އަވަށު މަޖިލިސްތަކަށް އިންތިޚާބުވި އަންހެނުންގެ ބަދަލުގައި އެމީހުންގެ ފިރިންނާއި ގާތްތިމާގެ ފިރިހެނުން މަގާމުގެ ހުވާކުރި އިރު، އިންތިޚާބުވި އަންހެން މެމްބަރުން ތިބީ، އެ މަންޒަރު ބަލާށެވެ. އަދި އިންތިޚާބުވި ބައެއް އަންހެނުން، ހުވާ ކުރުމުގެ ރަސްމިއްޔާތަށް ހާޒިރުވެސް ނުވެ ތިބީ ގޭގަ އެވެ.
ޖުލައި 29، 2022؛ އިންޑިޔާގެ މަދްޔަ ޕްރަދޭޝްގެ އަވަށު މަޖިލިސްތަކަށް މެމްބަރުން އިންތިޚާބުކުރުމަށް ވޯޓުލަނީ.
ސޯޝަލް މީޑިއާގައި އާންމު ވީޑިއޯތަކުގެ ސަބަބުން، މި މައްސަލަ ފަޅާއެރުމާއެކު ސާގަރް އަވަށުގެ އަވަށު މަޖިލީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ވަނީ، ޖައިސިނަގަރް އަވަށުގެ އަވަށު މަޖިލީހުގެ ސެކްރެޓަރީ އަޝަރާމް ސާހޫ، މަގާމުން އެކަހެރިކޮށްފަ އެވެ. އޭނާ އެކަހެރި ކުރީ، އިންޑިއާގެ ގާނޫނުއަސާސީގައި ބުނާ އުސޫލުތަކާ ޚިލާފަށް، އިންތިޚާބުވި މެމްބަރުން ނޫން ބަޔަކަށް މަގާމުގެ ހުވައި ލައިދިނުމުގެ ކުށުގަ އެވެ.
މި މައްސަލައިގައި މަގާމުން އެކަހެރި ކުރި އަޝަރާމް ސާހޫ ބުނި ގޮތުގައި، އިންތިޚާބުވި އަންހެން މެމްބަރުންގެ ބަދަލުގައި އެމީހުންގެ ފިރިންނާއި ބައްޕައިންނާއި ގާތްތިމާގެ އެހެން ފިރިހެނުންނަށް މަގާމުގެ ހުވައި ލައިދޭން ޖެހުނީ، މަގާމުގެ ހުވައި ކުރުމަށް ހާޒިރުވުމަށް ތަކުރާރުކޮށް އެންގުމުން ވެސް ހާޒިރު ނުވުމުންނެވެ. އޭގެ ބަދަލުގައި އެ އަންހެނުން ގޭގައި ތިބުމަށް ފަހު، ހުވައި ކުރުމުގެ ރަސްމިއްޔާތަށް ފޮނުވީ ގާތްތިމާގެ ފިރިހެނުން ކަމަށް އޭނާ ބުންޏެވެ.
ޖައިސިނަގަރްގެ އަވަށު މަޖިލީހަށް އިންތިޚާބުވި 10 އަންހެން މެމްބަރުންގެ ތެރެއިން، އެކަކުގެ ބަދަލުގައި ހުވައި ކުރީ އޭނާގެ ބައްޕަ އެވެ. އަދި ދެ އަންހެނެއްގެ ބަދަލުގައި ހުވައި ކުރީ އެ ދެ އަންހެނުންގެ ފިރިންނެވެ. އަދި އިތުރު އަންހެނެއްގެ ބަދަލުގައި ހުވައިކުރީ އޭނާގެ ޅިޔަނެކެވެ.
ސަރަހައްދީ ސްޓޭޓްތައް ލާމަރުކަޒީ ނިޒާމުން ހިންގުމުގައި އަންހެނުން ބާރުވެރިކުރުމަށް އިންޑިއާގައި މުހިންމު މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެ ގޮތުން އަވަށު މަޖިލިސްތަކަށް އިންތިޚާބުކުރާ މެމްބަރުންގެ ވަކި ނިސްބަތެއް އަންހެނުންނަށް ޚާއްސަކުރުމަށް ނިންމައި، އިންޑިއާގެ 20 ސްޓޭޓެއްގެ އަވަށު މަޖިލިސްތަކުގެ މެމްބަރުންގެ 50 ޕަސެންޓް އަންހެނުންނަށް ވަނީ ޚާއްސަކޮށްފަ އެވެ.
އަންހެނުންގެ ކޮމެޓީގެ އިންތިޚާބަށް ދެން 1އަހަރު ލިބޭނެ
އަންހެނުން ކޮމިޓީގެ އެލަވަންސް މި މަހު ބޮޑުވާނެ
އިންޑިއާގެ ކާރު ފެކްޓަރީއަކަށް މުޅިން އަންހެނުން
މިސް ވޯލްޑަކަށް ޖެމެއިކާގެ ރީތީގެ ރާނީ
ޗިންކީ-މިންކީގެ ޖާދޫގައި އެންމެން ޖެހެނީ
އަންހެނުންނަށް ގޮނޑި ހާއްސަކުރުން ގާނޫނުއަސާސީއާ ޚިލާފު
ޕެޑް ލޯންޗްކުރި އިވެންޓްގައި އަންހެނުން ނެތުމުން ފާޑުކިޔައިފި
ބޯކޮށުމުގެ ވިޔަފާރި މި ކުދިން ކުރާ ގޮތް ތަފާތު
ރަޖާނީ ޕަންޑިތު: އަންހެން ޖޭމްސް ބޮންޑް
ޖިންސީ ފުރައްސާރައިގެ އަދަބު ދިނީ މަގުމަތިން