Roadha Mihaaru
40 ވަނަ އުފަން ދުވަހަށް 40،000 ގަސް އިންދަނީ

މޮޑެލެއްގެ 40 ވަނަ އުފަން ދުވަސް ފާހަގަކުރަން 40،000 ގަސް އިންދަނީ

22 ޖުލައި 2020

ބްރެޒިލްގެ މަޝްހޫރު މޮޑެލް ޖިޒެލް ބަންޗަންގެ 40 ވަނަ އުފަން ދުވަހާ ދިމާކޮށް 40،000 ގަސް އިންދުމުގެ މަސައްކަތް ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބްރެޒިލްގެ މަޝްހޫރު މޮޑެލް ޖިޒެލް ބަންޗަންގެ 40 ވަނަ އުފަން ދުވަހާ ދިމާކޮށް 40،000 ގަސް އިންދުމުގެ މަސައްކަތް ފަށައިފި އެވެ.

ދެ ކުދިންގެ މަންމަގެ 40 ވަނަ އުފަން ދުވަސް ފާހަގަކުރީ ހޯމަ ދުވަހު އެވެ. ޖިޒެލް ބުނިގޮތުގައި މި އަހަރު އޭނާ ބޭނުންވީ އުފަން ދުވަސް ފާހަގަކުރަން ގްލެމަރަސް ޕާޓީއެއް ބޭއްވުމުގެ ބަދަލުގައި މާނަހުރި ބޭނުންތެރިކަމެއް ކުރުމަށެވެ. އެހެންވެ، ގަސް އިންދުމަކީ އެތައް ގޮތަކުން ފައިދާކުރާނެ ކަމަށް އޭނާ ބުންޏެވެ. އަދި ގަހެއް އިންދައިފި ނަމަ އޭގެ ފައިދާ އެތައް ޖީލަކަށް ދެމިގެންދާނެ ކަމަށާއި މިއީ ތިމާވެއްޓަށް ކޮށްދެވޭނެ އެންމެ އަގުހުރި އެއް ކަންތައް ކަމަށް ބުންޏެވެ.

ޖިޒެލް ވަނީ ގަސް އިންދަނިކޮށް ނަގާފައިވާ ފޮޓޯތަކެއް ވެސް އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ. އޭނާއާ އެކު ފިރިމީހާ/ބާސްކެޓް ތަރި ޓޮމް ބްރެޑީ އާއި ދެ ކުދިން ކަމަށްވާ ބެންޖަމިން، 10، އާއި ވިވިއަން، 7، ބައިވެރިވި އެވެ.

View this post on Instagram

As some of you know, my birthday is coming up on July 20th. And it’s not just any birthday! I can’t believe I am turning 40! I feel like a whole new chapter of my life is starting, and I wanted to celebrate it in a meaningful way, so I decided to plant 40,000 trees. I have been planting trees for different projects for years, as I feel that this is the best way I know to give back to Mother Earth. This year, to celebrate my birthday, my family and I had planned to plant trees in the Amazon rainforest in Brazil but, as we all know, that is not possible right now. Then I had another thought! What if I could come up with a way for others to help me plant trees there? I've already talked to my family and my friends—and they will all turn their gifts into trees. That way, we can all help give something back to our planet. In case you also feel inspired to give back to the Earth, you can join me and plant a tree in the Amazon rainforest. Just go to www.vivaavida.gift to donate (link in bio). #vivaavidagb40 ???? Talvez alguns de vocês já saibam, meu aniversário tá chegando, dia 20 de julho. E não é qualquer aniversário. Nem acredito que vou fazer 40 anos! Sinto que um novo capítulo está começando na minha vida e queria comemorar de um jeito especial, por isso decidi plantar 40.000 árvores. Há anos venho plantando árvores em diferentes projetos, pois sinto que essa é uma forma de retribuir a mãe Terra e, este ano, para celebrar meu aniversario tinha planejado ir como minha família plantar na Amazônia. Mas como sabemos, isso não é possível neste momento. Então, já que não dá para ir, pensei: que tal criar um jeito para que qualquer um possa me ajudar a plantar árvores lá? Já falei pra toda minha família e amigos: quem quiser me presentar pode me dar árvores. Desse jeito, nós todos podemos retribuir de alguma forma ao nosso planeta. Se você também se sentir inspirado e quiser contribuir com a ideia, pode se juntar a nós e plantar árvores. O link está lá na minha Bio! Viva a Vida! #vivaavida

A post shared by Gisele Bündchen (@gisele) on

ޖިޒެލް ބުނީ 40 އަހަރުވުމަކީ ހަޔާތުން އަނެއްކާ އާ ބާބެއް ފެށުން ކަމަށާއި އެހެންވެ މުހިއްމު ކަމަކީ ކޫސަނި ކަންކަމަށް ވުރެ ދުރު މުސްތަގުބަލަށް ފައިދާހުރި ކަންކަން ކުރުން ކަމަށެވެ. އެގޮތުން އުފަން ދުވަސް ފާހަގަކުރަން ގަސް އިންދުމަކީ ދުރާލައި ޕްލޭންކުރި ކަމެއް ކަމަށާއި 40،000 ގަސް އިންދުމުގެ ހަރަކާތް ފުރިހަމަކޮށް ދެނީ ދެ ފަރާތުގެ އާއިލާގެ މީހުންނާއި ގާތް ރައްޓެހިން ވެސް ބައިވެރިވެގެން ކަމަށް ބުންޏެވެ.

"އެއިން ކޮންމެ ގަހަކީ އުފަން ދުވަހަށް ލިބޭ ހަދިޔާއެއް." ޖިޒެލް ބުންޏެވެ.

އޭނާ ކުރިން ރާވައިގެން ހުރީ އާއިލާ އެކު އެމެޒޯން ޖަންގައްޔަށް ގޮސް އެތަނުގައި ގަސް އިންދާށެވެ. ނަމަވެސް ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި އެ ފުރުސަތު ނުލިބުނީ ކަމަށް ބުންޏެވެ.