އެމްއައި ކޮލެޖު (މައި ކޮލެޖު) ރާއްޖޭގެ ބައެއް ކައުންސިލްތަކަށާއި ސްކޫލުތަކަށް 6،000 ގަސް ހަދިޔާކޮށްފި އެވެ.
20 މެއި 2025
އެމްއައި ކޮލެޖު (މައި ކޮލެޖު) ރާއްޖޭގެ ބައެއް ކައުންސިލްތަކަށާއި ސްކޫލުތަކަށް 6،000 ގަސް ހަދިޔާކޮށްފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު އެމްއައި ކޮލެޖުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކައުންސިލްތަކުންނާއި ސްކޫލުތަކުން ވަނީ އެ ގަސްތަކާ ހަވާލުވެފަ އެވެ. ގަސްތައް ހަވާލު ކޮށްދެއްވީ އެމްއައި ކޮލެޖުގެ ޗެއާމަން އަދި ސީއީއޯ އަހުމަދު މޮޓާކީ އެވެ.
މޮޓާކީ ވިދާޅުވީ، އެއީ މިދިޔަ އަހަރުގެ ތިމާވެށީގެ ދުވަހު ސަރުކާރުން އިފުތިތާހު ކޮށްފައިވާ ފަސް މިލިއަން ގަސް ޕްރޮގްރާމްގައި ބައިވެރިވުމުގެ ގޮތުން އެމްއައި ކޮލެޖުން ހަދިޔާކުރި ގަސްތަކެއް ކަމަށެވެ.
މައި ކޮލެޖުން ރާއްޖޭގެ ބައެއް ކައުންސިލް ތަކަށާއި ސްކޫލުތަކަށް ގަސް ހަވާލު ކުރަނީ-- ފޮޓޯ: މިހާރު
ކޮންމެ ކައުންސިލަކަށް ތިން ގަސް ދޭއިރު، މޮޓާކީ ވިދާޅުވީ އަމިއްލަ ޖަމިއްޔާ ތަކަށާއި 17 ކައުންސިލަށް ގަސްތައް ހަދިޔާ ކޮށްފައިވާ ކަމަށެވެ.
އެ ކޮލެޖުން ދެނީ "ސްޕެނިސް ޗެރީ ޕްލާންޓް ނުވަތަ މޫނި ގަހެވެ.
"މައި ކޮލެޖުން މަސައްކަތް ކުރަނީ ގައުމަށްޓަކައި، މި ގައުމުގެ ކުދިން ގާބިލް ބަޔަކަށް ހެދުމަށް. އަންނަން އޮތް ޖީލުތަކަށް ނާޒުކު ތިމާވެށި ރައްކާތެރިކަމާ އެކު ފޯރުކޮށްދޭން ގަސްތައް އިންދައި، ވެށި ފެހިކުރަންޖެހޭ،" މައި ކޮލެޖުގެ ސީއީއޯ ވިދާޅުވި އެވެ.
އެ ކޮލެޖުން ބުނީ ގަސްތައް ބޭނުންވާ އިތުރު ކައުންސިލްތަކަށް މިހާރު ވެސް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މައި ކޮލެޖުން ރާއްޖޭގެ ބައެއް ކައުންސިލް ތަކަށާއި ސްކޫލުތަކަށް ގަސް ހަވާލު ކުރަނީ-- ފޮޓޯ: މިހާރު
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މި ސަރުކާރުން ފެށި ޕްރޮޖެކްޓެކެވެ.
އެ ޕްރޮގުރާމުގެ ދަށުން ސަރުކަރުގެ އެކި ކުންފުނިތަކުން ވަނީ ގިނަ އަދަދަކަށް ގަސް އިންދައިފަ އެވެ.
މައިކޮލެޖުގެ ގަސް އިންދުމުގެ އެއްވަނައަށް 3،000ރ.
ހައިވަކަރު ގަސްތައް، ގަސް ޕްރޮގްރާމްގެ ލޭންޑްމާކަކަށް
ބަލަން ހުއްޓާ ވެއްޓުނީ އަމިއްލަ އަތުން އިންދި ގަސް!
ލަންކާއިން ރާއްޖެއަށް ހައިވަކަރު ގަސް ހަދިޔާކުރަނީ
ރަންފަރު ރިސޯޓުގައި 1.4 މިލިއަން ގަސް އިންދަނީ
ޕީޓްރަލް ކައިރީ ހުރި 35 އަހަރުވީ ނިކަގަސް ކަނޑާލަނީ
އެމްއައި ކޮލެޖުން 300 ގަސް ހަދިޔާކޮށްފި
މޯލްޑިވިއަންއިން ހުޅުމާލެ 2 ގައި ގަސް އިންދައިފި
އައްޑޫން ގަސް ކެނޑުން "ހައްދުން ނައްޓައިފި"
އެމްޕީއެލްއިން އެއް މިލިއަން ގަސް އިންދަނީ