08 ޑިސެމްބަރ 2019
ތިމާވެއްޓާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރަން މައި ކޮލެޖުން ހިންގި ގަސް އިންދުމުގެ މުބާރާތުން އެއްވަނަ އަށް ދިޔަ ގްރޫޕަށް 3،000 ރުފިޔާގެ ފައިސާގެ އިނާމެއް އިއްޔެ ދީފި އެވެ.
ތިމާވެއްޓާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރަން މައި ކޮލެޖުން ހިންގި ގަސް އިންދުމުގެ މުބާރާތުން އެއްވަނަ އަށް ދިޔަ ގްރޫޕަށް 3،000 ރުފިޔާގެ ފައިސާގެ އިނާމެއް އިއްޔެ ދީފި އެވެ.
"ލެޓްސް ގްރީން އިޓް-އިންޑޯ ޕްލާންޓޭޝަން ކޮންޓެސްޓް" އިން އެއްވަނަ އަށް ދިޔައީ "ކޮފީ ބަޑީޒް" ގެ ނަމުގައި ބައިވެރިވި ގްރޫޕްގައި ހިމެނޭ ނަޝްފާ މުހައްމަދާއި މަރިޔަމް މަނޫހާ އާއި އައިމިނަތް ނާދިޔާ އާއި އައިމިނަތު މުނައްވަރާ އަދި ފާތިމަތު ރަޝީދެވެ.
އިނާމު ހަވާލު ކުރީ މައި ކޮލެޖުގެ އަހަރީ ސްޓުޑެންޓް ނައިޓްގަ އެވެ.
މިއީ، އެއް މަސް ދުވަހަށް ކުރިއަށް ގެންދިޔަ މުބާރާތެއް ކަމަށް މައި ކޮލެޖުން ބުންޏެވެ. ހޭލުންތެރިކަން އިތުުރުކުރަން ކުރިއަށް ގެންދިޔަ މުބާރާތެއް ކަމަށް ވުމުން، ބައިވެރިން އިންދި ގަސްތަކުގެ ފޮޓޯ ސޯޝަލް މީޑިއާގައި ޕޯސްޓުކުރި އެވެ. އަދި އެއް ވަނަ އަށް ދިޔަ ގްރޫޕް ހޮވީ، އެ ފޮޓޯތަކަށް އެންމެ ގިނަ ލައިކްސް އާއި ޝެއާސް ލިބުނު ގްރޫޕަށެވެ.
ލެޓްސް ގްރީން އިޓް ޕްރޮގްރާމްގެ އިތުރު ހަރަކާތްތައް އަންނަ ޖެނުއަރީ މަހު ވެސް ކުރިއަށް ގެންދަން މައި ކޮލެޖުން ވަނީ ނިންމައިފަ އެވެ.
މިއަދު ވިސްނަންވީ ހަރަދު ކުޑަކުރަން: ފައިސަލް
އައްޑޫން ގަސް ކެނޑުން "ހައްދުން ނައްޓައިފި"
އެމްޕީއެލްއިން އެއް މިލިއަން ގަސް އިންދަނީ
ސްޓެލްކޯއިން 30،000 އަށްވުރެ ގިނަ ގަސް އިންދައިފި
1.3 މިލިއަން ގަސް އިންދަން ޝައުގުވެރިކަން ފާޅުކޮށްފި
ހުޅުމާލެއިން އިތުރު ފިތުރޯނު ގަސްތައް ނަގަނީ
ބިޒްނަސް އެކްސެލެންސްގެ 6 އެވޯޑެއް އެމްއައި ކޮލެޖަށް
އާ ފުރުސަތުތައް ހޯދަން އެމްއައި ކޮލެޖުން ބަންގްލަދޭޝަށް
ބީއެމްއެލްގެ ފެހި ޕްރޮޖެކްޓްގެ ރަށްތައް އިއުލާނުކޮށްފި
ބީޗު ހަދަން ހޭޅިފަށަށް ގެއްލުން ދިން މައްސަލަ ބަލަނީ