Roadha Mihaaru
މާސްކާ ހެދި ލިޕްސްޓިކްގެ ޑިމާންޑް ދަށެއް ނުވޭ

މާސްކާ ހެދި ލިޕްސްޓިކްގެ ޑިމާންޑް ދަށެއް ނުވޭ

21 ސެޕްޓެމްބަރ 2021

ކޮވިޑް-19 ގެ ބޮޑު ބަލިމަޑުކަމާ އެކު އެތައް ކަމަކަށް ބޮޑު ބަދަލެއް އައެ އެވެ. ހާއްސަކޮށް، ބައެއް ކަހަލަ ވިޔަފާރިތައް ދަށްވުމާއި އާންމުންގެ ދިރިއުޅުމަށް ގެންނަން ޖެހުނު ބޮޑު ބަދަލު ހިމެނެ އެވެ. މި ބަދަލުގެ ތެރެއިން އެންމެ ބޮޑު އަދި އެންމެ މުހިއްމު އެއް ބަދަލަކީ ފޭސް މާސްކް އަޅަން ޖެހުމެވެ. މިއިން އެއްކޮށް ސަލާމަތްވާނެ އިރެއް އަދިވެސް ނޭނގެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮވިޑް-19 ގެ ބޮޑު ބަލިމަޑުކަމާ އެކު އެތައް ކަމަކަށް ބޮޑު ބަދަލެއް އައެ އެވެ. ހާއްސަކޮށް، ބައެއް ކަހަލަ ވިޔަފާރިތައް ދަށްވުމާއި އާންމުންގެ ދިރިއުޅުމަށް ގެންނަން ޖެހުނު ބޮޑު ބަދަލު ހިމެނެ އެވެ. މި ބަދަލުގެ ތެރެއިން އެންމެ ބޮޑު އަދި އެންމެ މުހިއްމު އެއް ބަދަލަކީ ފޭސް މާސްކް އަޅަން ޖެހުމެވެ. މިއިން އެއްކޮށް ސަލާމަތްވާނެ އިރެއް އަދިވެސް ނޭނގެ އެވެ.

ކޮވިޑުން ގެނައި ބަދަލުތަކުގައި، މޭކަޕް ވެސް ވަރަށް ބޮޑަށް ފޮރުވުމެވެ.

އަންހެނަކު މޭކަޕްކުރަނީ.

އަންހެނަކު މޭކަޕްކުރަނީ.

ތުންފަތުގައި ލިޕްސްޓިކް ޖެއްސުމަކީ މޫނުމަތީގެ މޭކަޕްގެ އެންމެ މުހިއްމު އެއް ބައެވެ. އެކަމަކު މާސްކާ އެކު މުޅި އަނގަމަތި ނިވާކޮށްގެން އުޅެން ޖެހޭތީ ލިޕްސްޓިކްގެ ބޭނުމެއް އެބަ އޮތް ހެއްޔެވެ؟

ބައެއް ގައުމުތަކުގައި މިފަދަ ކަންކަމާ ގުޅުވައިގެން ހަދާފައިވާ ކުދިކުދި ލުއި ދިރާސާތަކުން ދައްކާ ގޮތުގައި މާސްކް އަޅަން ޖެހުމަކުން ލިޕްސްޓިކަށް އޮތް ޑިމާންޑާއި ތުންފަތުގައި ކުލަތައް ޖެއްސުމުގެ ފޯރިއެއް އެއްކޮށެއް ނުކެނޑެ އެވެ. ކޮވިޑާ ހެދި އައި އެންމެ ބޮޑު ބަދަލަކީ ކުރިން އުޅުނުހެން ބޭރުތެރޭގައި އުޅެވެން ނެތުމެވެ. ވަކިން ހާއްސަކޮށް މިދިޔަ އަހަރުގެ ލޮކްޑައުންތަކާ ހެދި ބޭރުތެރެ އަށް ނުކުމެ ކުރަން ޖެހުނު ހުރިހާ ކަމެއް ހުއްޓާލައި، ގިނަ ބަޔަކަށް ޖެހުނީ ކުރަން ޖެހޭ ކަންކަން ގޭތެރޭގައި ތިބެގެން ކުރާށެވެ.

އަންހެނަކު މާސްކަކާ އެކު.

އަންހެނަކު މާސްކަކާ އެކު.

މިއާ އެކު ކުރިންހެން މޭކަޕްކޮށް ނަލެހެދުމުގެ ބޭނުން ކުޑަވި އެވެ. އެކަމަކު ވަރަށް ގިނަ ކަންކަން އޮންލައިންކޮށް ކެމެރާތަކުގެ ކުރިމަތީގައި ކުރަން ޖެހުމުން މޭކަޕަށް އޮތް ފުރުސަތު އެއްކޮށް ގެއްލިގެންނެއް ނުދެ އެވެ. އޮންލައިން އެކި ބައްދަލުވުންތަކަށް ނަލަ ހެދުމަކީ ގިނަ ބަޔަކު މިހާރު ވެސް ކުރަމުން އަންނަ ކަމެކެވެ.

އަންހެނުންތަކެއް މާސްކާ އެކު.

އަންހެނުންތަކެއް މާސްކާ އެކު.

ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ކޮވިޑާ ހެދި ގިނަ ދުވަސްތަކެއް ވަންދެން ގޭތެރޭގައި ބަންދުވެގެން ގިނަ ތިބެން ޖެހުމުން އަންނައުނުގެ ވިޔަފާރި އާއި ކޮސްމެޓިކް އެއްޗެހީގެ ވިޔަފާރި އަށް ދަށްވުމެއް އަ އެވެ. އޭގެ ތެރެއިން ލިޕްސްޓިކަކީ ވެސް ވިޔަފާރި އަށް އަސަރެއްކުރި އެއްޗެކެވެ. އެފަދަ އުފެއްދުން ވިއްކާ ބައެއް ކުންފުނިތަކުން ބުނެފައިވާ ގޮތުގައި މަޑުމަޑުން މިހާރު ކޮސްމެޓިކާއި މޭކަޕްކުރާ ސާމާނުގެ ވިޔަފާރި އަންނަނީ ރަނގަޅުވަމުންނެވެ.

އަންހެނަކު މާސްކަކާ އެކު.

އަންހެނަކު މާސްކަކާ އެކު.

މާސްކާ އެކު ތުންފަތް ފޮރުވި، ދެން އައި އެންމެ ބޮޑު އެއް ފޯރިއަކީ ތަފާތު އެކި ޑިޒައިންތަކަށް މާސްކް އެޅުމުގެ ފޯރި އެވެ. އެގޮތުން ހެދުމާ ގުޅޭ ގޮތާ މާސްކް އެޅުމާއި ތަފާތު އެކި ޑިޒައިންތަކަށް ފަރުމާކޮށްފައިވާ މާސްކްގެ ފޯރި އަންހެނުންގެ ތެރޭގައި ވަކިން ގަދަ އެވެ.

މާސްކުން އެއްކޮށް ސަލާމަތްވާނެ ދުވަހެއް ނޭނގޭތީ މާސްކަކީ މިހާރު ކޮންމެ މީހަކަށް ވެސް ވަރަށް މުހިއްމު އެއްޗެކެވެ. ކޮވިޑް-19 އިން ރައްކާތެރިކަން ހޯދަން ކުރެވެން އޮތް އެންމެ އަސާސީ ތިން ކަމުގެ ތެރެއިން އެއް ކަމަކީ ވެސް މާސްކް އެޅުމެވެ. ދެން އޮތީ ގިނައިން އަތް ދޮވުމާއި ގައިދުރުކަން ބެހެއްޓުމެވެ.