25 މެއި 2021
ޖަޕާނުގައި ދަނޑުވެރިކަމަށް މަޝްހޫރުޖަޕާންގެ ސަރަހަދެއްގެ އާންމު ރައްޔިތުން ކޮވިޑް-19 އިން ރައްކާތެރިކަން ހޯދަން، ބިދޭސީންނާ އެކު ކައިބޮއި ނުހެދުމަށް އަންގައި ނެރުނު އިރުޝާދަކަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވުމުން އެ ބާތިލުކޮށް، މާފަށް އެދިއްޖެ އެވެ.
ޖަޕާނުގައި ދަނޑުވެރިކަމަށް މަޝްހޫރުޖަޕާންގެ ސަރަހަދެއްގެ އާންމު ރައްޔިތުން ކޮވިޑް-19 އިން ރައްކާތެރިކަން ހޯދަން، ބިދޭސީންނާ އެކު ކައިބޮއި ނުހެދުމަށް އަންގައި ނެރުނު އިރުޝާދަކަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވުމުން އެ ބާތިލުކޮށް، މާފަށް އެދިއްޖެ އެވެ.
މީޑިއާތަކުން ބުނީ މިދިޔަ ހަފުތާގެ ކުރީކޮޅު ޖަޕާންގެ އިބަރާކީ ޕްރިފެކްޗާގައި މި އެންގުން ނެރުނީ އެތަން ހިމެނޭ އިޓާކޯގެ ސިޓީގެ ހެލްތު ސެންޓަރުން ކަމަށާއި ގިނަ ބައެއްގެ ފާޑުކިޔުންތައް އަަމާޒުވުމުން އެ އެންގުން ހުކުރު ދުވަހު ބާތިލްކުރީ ކަމަށެވެ. އޭގައި ބުނެފައި ވަނީ އިބަރާކީ ރައްޔިތުން، ބިދޭސީންނާ ބައްދަލުކޮށް ވާހަކަދައްކާ ނަމަ މާސްކް އަޅަން ލާޒިމުވާނެ ކަމަށާއި ކޮވިޑުން ރައްކާތެރިކަން ހޯދަން އަޅާ ފިޔަވަޅެއްގެ ގޮތުން، ބިދޭސީންނާ އެކު ކައިބޮއި ނުހެދުމަށެވެ. އިޓާކޯގެ ކަމާ ބެހޭ ފަރާތްތަކުން ބުނާ ގޮތުގައި އެ ސިޓީގައި ކޮވިޑް ފެތުރިގެން ދިއުމުގައި އެންމެ ބޮޑު ސަބަބަކީ ބިދޭސީންނެވެ.
"Don't eat with foreigners". Wow, excellent pandemic advice. Good job, Ibaraki prefecture. Not racist at all, right? https://t.co/8ManJ1NJsT
— KuroPixel (@kuropixel) May 22, 2021
ކޮވިޑުން ރައްކާތެރިވާން ދިން މި އިރުޝާދުގެ ވާހަކަ މީޑިއާތަކުގައި އާންމުވުމާ އެކު، ޖަޕާނުގައި އުޅޭ ވަރަށް ގިނަ ބޭރު ގައުމުތަކުގެ މީހުން ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. މިއީ ބިދޭސީންނާ މެދު ތަފާތުކުރުން ގެންގުޅުމަށް ހިތްވަރުދޭ އެންގުމެއް ކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ. އަދި ބައެއް މީހުން ބުނީ މިއީ ނަސްލީ ގޮތުން ބަޔަކާ ޖައްސައިލާއި ރުޅިވެރިކަމާއި ނަފުރަތު އުފެއްދުމުގެ އަމަލެއް ކަމަށެވެ.
Most of the time, I love living in #Japan. Some other times (or when magical thinking meets #racism and #xenophobia).
— DavidB (@DavidBHimself) May 22, 2021
FYI: foreigners have been pretty much barred from entering the country for more than a year now. https://t.co/HO2aleBkCM
އެއަށް ފާޑުކީ މީހުން ވަނީ މިއީ 21 ވަނަ ގަރުނަށް ވެސް ފެތޭ އެއްޗެއް ނޫން ކަމަށާއި އެއީ ކޮވިޑް ފަދަ ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި އެއް ބަޔަކު އަނެއް ބަޔަކު ގުޅިގެން މަސައްކަތްކުރަންވީ ވަގުތެއްގައި ގައުމަށް ދިން ހުތުރު ނަމެއް ކަމަށެވެ.
Awful racial discrimination. Ibaraki Health Center recommended not to eat with foreigners and take extra precautions associating non Japanese to pandemic. The original wording in Japanese as read in TV is horrifying. https://t.co/lacSZDIlub
— Piero Carninci (@carninci) May 22, 2021
އޭގެ މައްސަލަ ހޫނުވުމުން އިޓާކޯ ހެލްތު ސެންޓަރުން އެ ބާތިލުކޮށް މާފަށް އެދި ބުނީ ބިދޭސީންނާ އެކު އާންމު ރައްޔިތުން ކައިބޮއި ނަހަދަން އެންގީ ތަފާތުކުރުމުގެ ނިޔަތުގައި ނޫން ކަމަށެވެ.
"އެހެންވެ އޭގެ ސަބަބުން އުފެދުނު ނުތަނަވަސްކަމާއި ކަންބޮޑުވުންތަކަށް މާފަށް އެދެން،" ހެލްތު ސެންޓަރުން ބުންޏެވެ.
"Do not eat with foreigners," says Ibaraki Health Center in infection prevention guidelines.
— Anoma van der Veere (@AnomaV) May 22, 2021
I want to be angry but at the same time I also want to be left alone so I've decided to aggressively eat by myself. https://t.co/tlQ189vb9Y
ޖަޕާނުގެ ވެރިރަށް ޓޯކިއޯގެ އުތުރުއިރުމަތީގައި އޮންނަ އިބަރާކީ ޕްރިފެކްޗާ އަކީ އެ ގައުމުގައި ފުޅާކޮށް ދަނޑުވެރިކަންކުރާ ސަރައްހައްދެކެވެ. އަދި އެތަނަށް ބިދޭސީންގެ ވަރަށް ގިނައިން އަބަދު ވެސް ޒިޔާރަތްކުރެ އެވެ. އިބަރާކީގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރު 9،3500 އަށް ވުރެ ގިނަ އެވެ. އަދި މިދިޔަ އެތަނުން 140 އަށް ވުރެ ގިނަ މީހުން ބަލީގައި މަރުވެފައިވެ އެވެ.
އޭޝިއާގެ އެންމެ ތަރައްގީ އެއް ގައުމު ކަމަށްވާ ޖަޕާނުގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 730،000 އާ ގާތްކޮށްފައިވާ އިރު، މަރުވި މީހުންގެ އަދަދު 13،000 އާ ގާތްކުރެ އެވެ.
ބަސް ތަރުޖަމާކޮށްދޭ ސްމާޓް މާސްކެއް
ލަފަޔަކީ ދެ އަހަރު ނުވާ ކުދިން މާސްކް ނޭޅުވުން
މާސްކް ނޭޅި ދަރިވަރަކު ހައްޔަރުކޮށް ޖަލަށް
މާސްކާ ހެދި ލިޕްސްޓިކްގެ ޑިމާންޑް ދަށެއް ނުވޭ
މާސްކް ނޭޅުމުން ދަތުރުކުރުން އުމުރަށް މަނާ
އިންޑިއާ ސިފައިންގެ މީހަކު މާސްކް ނޭޅުމުން އަނިޔާކޮށްފި
މާސްކް ނޭޅުމުން ސިންގަޕޫރުގައި މީހަކު ޖަލަށް ލައިފި
މާސްކް އެޅުމުގައި ލުއިކޮށްލި 8 ގައުމު
ދިރިއުޅެން މިހާރު އެންމެ ކަމުދާ ސިޓީ އަކީ އޯކްލޭންޑް
އޮލިމްޕިކްސް އަށް ދާ ނޫސްވެރިން ޓްރެކްކުރާނެ