Roadha Mihaaru
އިންޑިއާ ސިފައިންގެ މީހަކު މާސްކް ނޭޅުމުން އަނިޔާކޮށްފި

އިންޑިއާގައި ސިފައިންގެ މީހަކު މާސްކް ނޭޅުމުން ފުލުހުން އަނިޔާކޮށްފި

04 ސެޕްޓެމްބަރ 2021

އިންޑިއާގެ އަވަށެއްގެ ބާޒާރުމަތީގައި ފޭސް މާސްކް ނާޅައި އުޅުނު ސިފައިންގެ މީހަކަށް، ފުލުހުންތަކެއް ހަމަލާދީ ވަރަށް ބޮޑަށް އަނިޔާކުރި މައްސަލައެއް ހޫނުވެ، ފުލުހުންތަކެއް ވަޒީފާ އިން ސަސްޕެންޑްކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ އަވަށެއްގެ ބާޒާރުމަތީގައި ފޭސް މާސްކް ނާޅައި އުޅުނު ސިފައިންގެ މީހަކަށް، ފުލުހުންތަކެއް ހަމަލާދީ ވަރަށް ބޮޑަށް އަނިޔާކުރި މައްސަލައެއް ހޫނުވެ، ފުލުހުންތަކެއް ވަޒީފާ އިން ސަސްޕެންޑްކޮށްފި އެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބުރާސްފަތި ދުވަހު މި ހާދިސާ ހިނގާފައި ވަނީ ޖާކަންދުގެ ޗަތުރާ ޑިސްޓްރިކްޓްގެ މަޔޫރްހަންޑްގަ އެވެ.

މާސްކް ނާޅައި، ޕަވަން ކުމާރު ކިޔާ ސިފައިންގެ މީހާ ސައިކަލުގައި ދަނިިކޮށް މަގުމަތި ޕެޓްރޯލްކުރަން އުޅުނު ފުލުހުންގެ ބަޔަކު އޭނާ ހުއްޓުވައި، ސައިކަލުގެ ތަޅުދަނޑު ޖަހައިގަނެ، މާސްކް ނާޅައި އިނުމުން ކަމަށް ބުނެ ސައިކަލުން ވައްޓާލައި ތަޅައި އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް އާންމުވެފައިވެ އެވެ. އެއިން ފެންނަ ގޮތުގައި މާސްކް ނާޅައިގެން ސިފައިންގެ މީހާ އަށް ފުލުހުން އަނިޔާކުރި އިރު އޭގެ ތެރެއިން ބައެއް މީހުން ވެސް ތިބީ މާސްކް ނާޅަ އެވެ.

ފުލުހުންތަކެއް ސިފައިންގެ މީހާ އަށް އަނިޔާކުރި ހާދިސާއާ ގުޅިގެން އާންމުންގެ ބަޔަކު ފުލުހުންނާ ދެކޮޅަށް ނުކުމެ މުޒާހަރާ ވެސް ކޮށްފައިވެ އެވެ. ސިފައިންގެ މީހާ އަށް އަނިޔާކުރީ ފަސް ފުލުހަކުވެގެންނެވެ

މި ހާދިސާއާ ގުޅިގެން ފުލުހުންގެ ތިން އޮފިސަރަކު ސަސްޕެންޑްކޮށްފައިވެ އެވެ.

ޗަތުރާގެ ފުލުހުންގެ ސުޕްރިންޑެންޓް ރާކޭޝް ރަންޖަން ޓައިމްސް އޮފް އިންޑިއާ ވިދާޅުވީ ފުލުހުންގެ ފަރާތުން ފެނުނު އެ އަމަލަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ހާދިސާގެ މައުލޫމާތު ލިބުނީ ދައުރުވަމުން ދިޔަ ވީޑިއޯގެ ސަބަބުންނެވެ.